ނަފްރަތުގެ ކުށް މާނަކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލް ވިހައިވެސް އަވަހަށް މަޖިލީހުން ފާސްކުރަން ބޭނުންވާ ކަމަށް އެމްޑީޕީ އިން ބުނެފިއެވެ.

ފާޑުކިޔުންތައް އަމާޒުވެފައިވާ ބިލާއި ގުޅޭ ގޮތުން އެމްޑީޕީ އިން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ އެބިލް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ދީން ހަތިޔާރަކަށް ބޭނުންކޮށްގެން، މުސްލިމުންގެ ބޮލުގައި ދީނާއި ގުޅުވައި ތަފާތު ލޭބަލްތައް އަޅުވައި، މުޖުތަމައުގައި ވަކިވަކި ފަރުދުންނާއިމެދު ނަފްރަތު އުފައްދައި، އާޚިރު ނަތީޖާއެއްގެ ގޮތުން، އެމީހުންގެ ލޭ ހުއްދަކަމަށް ބަޔަކަށް ޤަބޫލުކުރެވި، އެމީހުން މަރައި އަދި، ގެއްލުވާލުމުގެ ހާދިސާތަކެއް ދިވެހިރާއްޖޭގައި ހިނގާފައިވާތީ، ނަފްރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމުގެ ބޭނުމުގައި ކަމަށެވެ.

މި ބިލު ފާސްކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއިން ކޮންމެ ފަރުދަކަށްވެސް ލިބިގެންވާ ނަފްސު ރައްކާތެރިކުރުމާއި، ދިރިހުރުމުގެ ހައްޤު ކަށަވަރުކުރުމަށް ނުހަނު މުހިއްމު ކަމެއްކަމަށް ދެކޭކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

"ނަމަވެސް، މި ބިލު ރައްޔިތުންގެ މަޖިލީހަށް ފޮނުވި ހިސާބުން ފެށިގެން މި ބިލާ މެދު ރައްޔިތުންގެ ހިތްތަކުގައި ނުބައި ޝުއޫރުތަކެއް އުފައްދައި، މި ބިލަކީ ދީނާއި ޚިލާފު ބިލެއްކަމަށް ރައްޔިތުންނަށް ވިސްނަދޭން ބަޔަކު މީހުން ކުރަމުން ގެންދާ ނުރައްކާތެރި މަސައްކަތް މި ޕާޓީއިން ހަރުއަޑުން ކުށްވެރިކުރަމެވެ. އަދި މި ބިލަށް ތާއިދުކޮށް ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ޕެޓިޝަނެއްގައި ސޮއިކުރަމުންދާ މި ދަނިޑިވަޅުގައި، މި ބިލާއި ދެކޮޅަށް ޕެޓިޝަނެއް ހަދައި، އެ ޕެޓިޝަނަށް ނެތް ތާއީދެއް އޮތްކަމަށް ދެއްކުމަށް ހީލަތްތެރި އުކުޅުތައް ބޭނުންކުރާކަމީ މި ޕާޓީއިން ކަންބޮޑުވާ ކަމެކެވެ." އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

އެމްޑީޕީން ބުނީ އެޕާޓީން އ އެދެނީ ވީހާވެސް އަވަހަކަށް މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ދީނާއި ގުޅުވައިގެން، މުޖުތަމައުގައި ވަކިވަކި ފަރުދުންނާމެދު ނަފްރަތު އުފެއްދުމުގެ އަމަލުތަކަށް ނިމުމެއް ގެންނާށެވެ. އަދި ކޮންމެ ރައްޔިތަކަށްވެސް، އަމިއްލަ ނަފްސުގެ ރައްކާތެރިކަން އޮތް ތަނެއްގެ ގޮތުގައި މި ގައުމު ބިނާކުރުމަކީ އެމްޑީޕީގެ އެންމެ އިސް އެއް އަމާޒު ކަމަށް ވެސް އެޕާޓީން ބުންޏެވެ.

ނަފްރަތު ބިލް އަވަހަށް ފާސްކުރަން އެމްޑީޕީން ބޭނުންވާކަން ހާމަކުރަން ނެރުނު ބަޔާނުގައި ބިލަށް އެއްވެސް ބަދަލެއް ގެންނާނެ ކަމަށް ބުނެފައެއް ނުވެއެވެ. އެހެންކަމުން މިހާރު ގިނަ ބަޔަކު ގޮވާލަމުންދާ ގޮވާލުންތަކާއި އެއްގޮތައް ބިލް އިސްލާހް ކުރާނެކަމަކަށް ނުބެލެވެއެވެ.

ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނަނީ އިސްލާމްދީނާއި ހިލާފަށް އުޅޭ މީހަކާއި ދިމާއަށް އެއީ އިސްލާމްދީނާއި ހިލާފަށް އުޅޭ މީހެކޭ ބުނުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅަން ބިލްގައި ހިމަނާފައި އޮތުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

 1. ހޮޅޭ

  إن شاء الله ބިލު ހެރޭނީ ފާސްކުރާ މީހުންގެ ލޮލަށް

  90
 2. ރައްޔިތުން

  ބޭނުންވަނީ ލާދީނީ އެމްޑީޕީ ވީހާވެސް އަވަހަކައް ވެރިކަމުން ދުރުކޮއް ޝަރީއަތައް ގެންދަން.

  93
  1
 3. އަހުމަދު

  މެސެޖު ވަރައް ސާފު. މިއީ ރައްޔިތުން އެދޭ ގޮތައް ވެރިކަން ކުރަންޝޭ ކިޔައިގެން އުޅުނަސް އަމިއްލަ އެޖެންޑާގައި އުޅޭ ބައެއް. ލާދީނީ މުޖޫ ނައީމާއަ ލާދީނީ ޝަހިންދާ އާއި ލާދީނީ ނަށީދުގެ ވިސްނުން ސާފު ނުވެ އޮއިތް މީހަކަށްވެސް މިވަރުން ވިސްނެންވާނެ

  87
 4. ވަޒީރ

  ލާދީނީކަން ފޮރުވަން ބިލުހަދައިގެން ތިހެން ތިބޭކައް ލާހިކު ކުޅަދާނައެއް ކަލޭމެންނަކައް.. އަހަރެމެންނަކީ މުސްލިމުން.. މިތާގަ ތިހެން ދީނައް ފުރައްސާރަކުރާކައް ބައިގަނޑު ހަދައިގެން ތިބެވެނާނުދާނަން.. ދޭބަލަ މަހައް.

  70
 5. ޙަސަނާ

  ރަގަޅު ވާހަކައެއް ހުދުމުހުތާރުކަމާއެކު ތިކަންކުރާނެ ތިނޫނަސްކިތަންމެ ކަމެއް ތިޔަފިކުރުގަ އެޖެންޑާގަ އެބަ އޮތް މަގުސަދަކީ ލިބިފަ ތިއޮތް ބާރުގެ ބޭނުންކޮއް ރައްޔިތުން އަތައް 2023 ގެ ވޯޓުކަރުދާސްކޮޅުވެސް އެރިޔަނުދިނުން އަދި އިސްލާމް މައިނޯރެޓީއަެްހެދުމަެްހިންގާ ޕުރޮޕެގެންޑާ ބޭރުގެ އެހީ އާއެކު ހިންގާ ނިންމާލުން މިހާރު ތިގެންދަނީ ރައްޔިތުންނައްބިރުދައްކަމުން...

  64
 6. އަބްދޫ

  ތިޔަ ބިލްވާނީ އު ފެ
  ދުމުގަ ވެސް ބާތިލް ގާނޫނަކަށް.ސަބަބަކީ ގާނޫނުއަސާސި އާ ހިލާ ފް ވީމަ.ގާނޫނުއސާސީގަ ބުނޭ ގާނޫނު އަސާސީ އާ ހިލާ ފް ނަމަ ބާތިލް ކަމަށް. ގާނޫނު އަސާސީ އާ ހިލާ ފް ވާގޮތަކީ ތިޔަބިލް އިސްލާމްދީނާ ހިލާ ފް ވާތީ

  60
  • އަސްތާ

   އިސްލާމް ދީނުގަ ބަނގު ރާ، އޫރުމަސް ވިއްކުން އަދި ރިބާ ހ ހުއްދަ ވީމަތަ އކަން އެކުރަނީ.

   4
   7
 7. އަބްދޫ

  ތިޔަ ބިލަކީ އިސްލާމްދީނަށް ފުރައްސާރަ ކުރެވޭ ބިލަކަށްވުމުން ވޯޓް ދޭ އެންމެން ނަކީ މުސްލިމުންތޯ ކާ ފަރުންތޯ ސުވާލު އު ފެދޭ .ޢައްތައުބާ ސޫރަތުގެ 66،65 ބުނާގޮތުން ދީނަށް ފުރައްސާރަ ކުރާމީޙުންނަކީ މުސްލިމުންނެއްނޫން

  54
  1
 8. Anonymous

  މަޖިލީހުގެ ސަބަބުން ގައުމައްވަނީ ފައިދާތޯ ނުވަތަ ގެއްލުންތޯ އާމުންގެ ކުރެން ވޯޓެއް ނަގާކައް ނުފެނޭތޯ...؟؟؟
  ޢަޅުގަނޑު ކުޑަ ގޮޅިޔައްލާ އަވަހައް.

  56
 9. ޓެލެކޮމް

  ގައްދާރުންގެ ކިބައިން މިގައުމު ސަލާމަތް ކުރައްވާށި..އާމީން

  71
  • އާކިފް

   އާމީން

   20
 10. ރަހަ ތަފާތު

  ފޮނިރަހަ ކިޔޭނެ، ލޮނުރަހަ ކިޔޭނެ، ހުތްރަހަ ކިޔޭނެ، ކުޅިރަހަ ކިޔޭނެ.
  ހިތިރަހައެއް ނުކިޔޭނެ. އެއީ ރަހަތަކުގެ ކަރާމާތް ގެއްލޭތީ ހާއްސަ ގާނޫނަކުން މަނާކުރެވިފައިވާ ކަމެއް. މި ގާނޫނުގެ ދަށުންނާ މަތިން ހިތިގަސް އިންދާ ހެއްދުމާ ހިތިގަސްދަށުގޭ މަގުން ހިނގުމާ ހިތިގަހުގެ ހިޔަލުގަ މަޑުކުރުން ވެސް މަނާ.

  42
 11. މުހަމްމަދު

  ތިއުޅެނީ ހިތައްއައިހާ އެއްޗެއް ކިޔާފަފިލާތިބެން

  38
  1
 12. އަލްޖިބްރާ

  ސާބަހޭ އެމްޑީޕީ މަގޭ ވޯޓު ކަށަވަރުވާނެ ފާސްކޮށްލަދީ މިގަ އުމު ސަލާމަތުގެ އައްސޭރިއަކަށް ދާނީ އޭރުން

  3
  63
 13. ހުސޭނުބެ

  ފާޑުފާޑުގެ ޖަމިއްޔާ ހަދައިގެން ސަރުކާރަށް ދުއްޕާންކުރާނަމަ އުވާލަން ފެނޭ މިގޮތުން ސެލް ފީ ޖަމާއަތް ފުރަތަމަ

  6
  48
 14. ޝީޒާ

  މާރީއްޗެއް ނޫން ނަފްރަތުގެ ބިލަށްވުރެ ކުރިން ދިވެހި ރާއްޖޭގެ މިއޮށް ޒުވާން ޖީލު ނެތިގެން ދާއިރު މަސްތުވާތަކެތި ވިޔަފާރި ކުރާ މީހުންނާ މަސްތުވާ ތަކެތި ބޭނުން ކުރާ މީހުންނާއި މެދު އެކަށީގެންވާ ފިޔަވަޅެއް އެޅޭނެ ގާނޫނެއް ހެދީޔާ.

  53
  2
 15. ޙަސަން

  2023 އީސް ބިހައިންޑު ޔޫ

  23
 16. ބުރޯ

  މޑޕ އަށް މަގޭ ސުވާލެއް. ރާއްޖެއިން ބޭރުގައި އުޅޭ ޖިންސު އޮޅުވާލައިގެން އުޅޭ ދިވެހީންނަކީވެސް މުސްލިމުންނޭތަ ތި ކިޔަނީ. ހަމަ ގައިމުވެސް އަންހެން ހެދުން އަޅައިގެން ޓްރާންސް ޖެންޑާ ވެގެން އުޅޭ މީހުންނީ ކުރުފުވެ ދީނުން ބޭރުވެފައިވާ ބައެއް. މޑޕ ގެ ތި ބިލަކީ ރާއްޖޭގައި ޓްރާންސް ޖެންޑާ މީހުންނަށްވެސް އުޅެން ފަސޭހަ ވާނެ ބިލެއް. އެއީ އެމީހުންނަށް ކާފަރަކަށް ގޮވުމުން ދެން ގެންގޮސް ލާނީ ޖަލަށް. ހިސާނު އަކީ މަށަށް އިނގޭ، ދަންނަ މީހެއް ނޫން. އެކަމަކު މި ބިލު ހުށަހެޅުމުން ސިފަވަނީ ޔަހޫދީންގެ ސަޕޯޓު ހޯދަން އުޅޭ މީހަކާ.

  42
 17. ޙަލް

  ބަލަން މިތިބީ ވާގޮތެއް… އިންޝާ ﷲ ލާހިކެއްނޫން ތިބިލް ފާސްކުރާކަށް

  18
  1
 18. ގައުމީދޫ

  އަވަހަށް ބިލް ފާސްކުރޭ. ތިޔަ ޕާޓީގައި ދޫ ސަލާމަތުން ހުރި އެކަކުވެސް ހުރީއެއް ނޫން. މިރާއްޖޭގެ ހުރިހާ އަގެއް ދުއްވާލީ ކަލޭމެން. ފާސްކޮށްފައި ލާދީނީ މީހުން އަވަހަށް ޝަރީޢަތަށް ދާން ތައްޔާރުވޭ. ފާސްކޮށްފައި އަވަހަށް ޖަލަށް ދާން ތައްޔާރުވޭ.

  11
 19. ކާފަބޭ2020

  ތިޔައަވަސްމިނުގަ ޖަލުގެޖާގަތަށްވެސް އިތުރުކޮށްލާތި! ސޭޚުއިމްރާނަކަށްއެކަމެއްނުކުރެވޭނެ! ކުރަންބޭނުންނަމަ ކެބިނެޓުގަހުރި ޒުވާންމިނިސްޓަރުނަސީމާހަވާލުކުރޭ!

 20. ސސ

  ކަލޭމެންތީ 30 އަހަރުގެ ނަފުރަތުގެ ތެރެއިން އުފެދުނު ޔަހޫދީން އޮޅުކޮށްގެން ގެންގުޅޭ ބައިގަޑެއް ކަލޭމެނަށް ކުރެވޭނެ ކަންކަމަކީވެސް ރައްޔިތުން ނުރުހޭނެހާ ކަމެއްކުރުން އެއީ އިސްލާމަ ފޯބިޔާރ އަކީ !

  12
  2
 21. ވިސްނާލުމަށް އެދެމޭ

  ﷲގެ ކުޅަދުންވަތަކަން ދެކިބަލަ ތިޔަބިލެއްގެ ސަބަބުން މޑޕއަށްވެސް ތިބިލުގެ އިމާމުންނަވެސް ނަފްރަތު އިތުރުވުން ނޫންކަމެ އެބަވޭތަ...މޑޕގެ މެޖޯރިޓީ މެމްބަރުންނަ ކަންބޮޑުވެގެން އަވަސްއަރުވާފަ ފާސްކުރަން ތިއުޅޭބިލަކުން ރައްޔިތަކަށް އިތުރުވާ މަންފާއެއް އެބައޮތްތަ... ހުރި ހާ ރައްޔިތުންނޭ ކުރަންވީކަމަކީ އެބައެއްގެދާއިރާގެ މޑޕއަށް ނިސްބަތްވާ ހުރި ހާ މެމްބަރުންގެ ޕެޓިޝަނެ ހަދަންވީ ތިބިލަށް ވޯޓުދީފިނަމަ މެމްބަރުކަމުން ވަކިކުރަން ކޯޓަށްވެސް ދާންވީ.. އަ ހަރެމެންގެ އެއްވެސް ރައްޔިތަކު ވޯޓެނުދޭ އެއްވެސް މީ ހަކަށް އިސްލާމްދީނާ ދިވެ ހިގައުމަށް ނުރައްކާވާނެ އެއްވެސް ގާނޫނެ ހަދަން..ވީމާ ހަވާލުކުރި ޒިންމާއާ ޛިލާފުވާ މުއައްޒޮފުންނަ ފިޔަވަޅު އެޅެންޖެ ހޭނެ...

  14
 22. ސަފާ

  ހަދާންކުރާތި ތި ބިލު ފާސްކޮށްގެން މީހުންނަކީ ދީނީ ގޮތުން ނުވަތަ ސިޔާސީ ގޮތުން ނުވަތަ އެހެންވެސް ގޮތަކުން ހަރުކަށި ނުވަތަ މަޑުކަށި ނުވަތަ ހައްދު ފަހަނައަޅައި ތިބި މީހުނޭ ކިޔައިގެން ލޭބަލެއް ނުކުރެވޭނެ. މިހެން މީސްތަކުން ލޭބަލް ކުރަން ތިގާނުނު ހުއްދަދަ ކުރާކަމަށް ވާނަމަ ތިގާނޫން މަނާ ކުރިޔަސް ގޮވަން ޖެހޭ މަހައްލު ތސކުގައި ކާފަރެކޭ ވެސް ލާދީނީ އެކޭ ވެސް ގޮވާނަން ބުނާނަން...ދެން ޖެހޭނީ ދިވެހިރައްޔިތުން ޖަލަށް އަޅައި ޖަލުތައް ފުރަން ތިޔަ ލާދީނީ ބަެިގަޑަށް....

  11
 23. އަހްމަދު

  ބިލްފާސްކޮށްލާ! އެރުން ކަލޭމެންނަކަށް މީސްމީހުންނަކަށް ވަގަކަށް ނުގޮވޭނެ! ބާގީއޭނުކިޔޭނެ! ހައްދުފަހަނާޅާ ދީނީ މީހުންނޭ ނުލިޔޭނެ! ޓެރެރިސްޓަކޭ ނުކިޔޭނެ! ސާބިތު ނުހިފޭ ވާހަކައެއް ނުދެއްކޭނެ! 2023 އިންތިހާބުގެ ކެންޕޭނުގައި ކަލޭމެންނަށް މިބިލްގެ ސަބަބުން ގެއްލުންވާނެ!

  14
  1
 24. ކޮއްޕަން

  ވީމާ މިއީކީ ރައްޔިތުންގެ މަޖިލިހެއްނޫންތާ ؟

  15
  1
 25. ސަމާ

  އިސްލާމްދީނުގެ ހަމަތަކާއި ހިލާފަށް ހަދާ ގާނޫނެއްގެ ދަށުން ކުއްވެރިވެގެން ކޯޓްމަރުހަލާގައި އެއްވެސް މީހަކަށް ފިޔަވަޅެއް އެޅޭނެހެނެއް ހިއެއްނުވޭ.
  ހުކުމް ކުރާގާޒީއަށް ދީނުގައި ތިކަން ތިގޮތަށް އޮތަސް ކަލެއަށް މިހުކުމް މިގާނޫނުގެ ދަށުން ދޭންޖެހެއޭ ބުނާދުވަހަކީ ގާނޫނު އަސާސީގެ ބާރުކެނޑޭދުވަސް.

  10
  1
 26. ދުޝްމަން

  ކެލާދީނަކީ މު ހަންމަދު ނަޝީދުއްރައީސީ މިރާއްޖެއަށް އެތެރެކުރި ފިކުރީވަބާއެއް!!
  ރާއްޖޭގަމިއޮތް ކަށި ހަރުފިކުރަކީވެސް އެމްޑީޕީއޭކިޔުނު ޖަމާއަތަކުން މިރާއްޖެއަށް ފެތުރި އާލަމީވަބާއެއް!!
  މިކަންވަރަށްސާފުކޮށްއެނގޭ.. ފާސްކުރާއެއްޗެއް ފާސްކުރަންވީ !!

  15
  2
 27. Anonymous

  ކަނބުލޯ ޙިސާނޫ. ރައްޔިތުން ނަށް ހެޔޮވެރިކަން ކޮންދެން އައިސް މިހާރު ވ. ގިނަ ރައްޔިތުން ތަކެއް މިބިލާ ނުރުހޭކަން އެނގުނީމާ ގޮތްދޫ ކުރަން ވެއްޖެ ނޫންތޯ.
  އަސްލު މީ ހަދަން ޖެހޭ ބިލެއްވެސްނޫން. އެއްވެސް މުސްލިމަކު އިސްލާމް ދީނަށް، ނަބިއްޔާ އަށް ފުރައްސާރަ އެއް ނުކުރާނެ. އެކަން ކުރެވޭ މީހަކު ފުރިހަމަ މުސްލިމަކަށް ނުވާނެ ނޫންތޯ. އެންމެން ވެސް ހެއްދެވި ފަރާތަށް ބިރުވެތިވާންވީ.

 28. Anonymous

  އަޅުގަނޑުގެ ބައްޕަ އަކީ ކުރިން މޑޕ އާ ހެދި ބޫތު ކައިފަ ހުންނަ މީހެއް އެކަމަކު މޑޕ ކޮއްލި އެއްމެ ކަމަކުން މިހާރު އެއީ މޑޕ ގެ އެއްމެ ބޮޑު އަތުރުން ކުރެ އެކަކު ، އާދެ އަޅުގަނޑަކީ ފެށުނީސުރެންވެސް މޑޕ އާ ދެކޮޅު ބޭފުޅެއް ، މޑޕ މިގައުމުން ނެތިގެން ދާން އަބަދުވެސް ދުޢާ ކުރާނަން. إن شاء الله.

 29. ޙހހހ

  ގެންދަވާނީ ދައްކަވަން ހުރިތަނެއް ދައްކަވާފަކަމަށްވަނީ

  3
  2
 30. ޤައުމު

  ދިމާކުރަނީ ދިވެހި ރަތްޔިތުންނާތަ އެހެންވީއިރު ހޭވައްލާތަތްޔާރު!!!!!!

  2
  2
 31. ކޮއިފުޅު

  ވަރަންރަގަޅު ވާހަކަޔެށް ނަފުރަތަކީލޯބިއަވަހަން ފާސްކުރަންވީ

 32. ކޮރަލް

  ދީނައް ފުރައްސާރަ ކުރާ ބައެއް ނުވަތަ މީހެއްގެ ފަހަތުގަ މަސައްކަތް ކުރަން ދީން ހުއްދަ އެއް ނުދެ އެވެ. ވީމާ އެބަޔަކާ ދުރުވާން ޖެހެ އެވެ.

 33. ޔަހުޔާ

  އަވަހަށް ފާސް ކުރޭ
  ލަސް ކުރާނެ ކަމެއް ނެތް