21:45

ގދ. ތިނަދޫން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 500 އިން މައްޗަށް އަރައިފި.

20:12

ކޮވިޑް-19 ޖެހޭ ކުދިންނަށް ޖެހޭ ނުރައްކާތެރި ބައްޔެއް ރާއްޖެއިން ފެންނަން ފަށައިފި

20:03

މިހާރު ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 އިން ރައްކާތެރިވުމަށް ޔޯގާ ހެދުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވިދާޅުވެއްޖެ.

19:37

އައްޑޫސިޓީން އިތުރު ހަ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

16:07

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ހާއްސަ ފިޔަވަޅުތަކުގެ ދަށުން މި މަހުގެ 29 ވަނަ ދުވަހާއި ހަމައަށް ސަރުކާރު އޮފީސްތައް ބަންދުވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެ

14:59

ކޮވިޑް-19 އިން ދިފާއު ވުމަށް ޖަހާ ވެކްސިން ޕްރޮގްރާމުގެ އާ ފިޔަވަހީގައި އެއް ދުވަހުން 8.5 މިލިއަން ޑޯޒް ވެކްސިން ދީ އިންޑިއާގައި ރެކޯޑެއް ހަދައިފި

00:19

ދެ ދުވަސް ފަހުން ރާއްޖެއިން ކޮވިޑް-19 ބަލީގައި އަންހެނަކު ނިޔާވެއްޖެ

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މާލޭގައި ކެފޭތަކާއި ރެސްޓޯރެންޓްތައް ބަންދުކުރިތާ މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. ހުއްދަ ނެތި ގެއިން ބޭރަށް ނިކުތުން މަނާކުރިތާ މިހަފްތާގައި އެއްމަސް ދުވަސް ވެގެން ދާނެއެވެ. ކޮވިޑް ކޮންޓްރޯލް ކުރަން އެޅި ފިޔަވަޅުތަކުގެ ނަތީޖާ ވެސް އަންނަނީ ކޮންމެވެސް ވަރަކަށް ފެންނަމުންނެވެ. ފައްސިވާ މީހުންގެ އަދަދު އަންނަނީ މަދުވަމުންނެވެ.

ނަމަވެސް ކޮވިޑް ކޮންޓްރޯލް ކުރަން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ވަޒީފާ ގެއްލި، އާމްދަނީއަށް އަސަރު ކުރަމުންދާ އެތައް ބަޔަކާއި އަދި އެތައް ވިޔަފާރިއަކަށް މާބޮޑު އުފަލެއް ނެތެވެ. ފިޔަވަޅުތަކަށް ލުއިދޭނެ ވަގުތެއްގެ އިންތިޒާރުގައި އެތައް ބަޔަކު މަޑުކޮށްގެން އެބަތިއްބެވެ.

އަލުން އާއްމުހާލަތައް އެނބުރި ދިއުމަށް ކުރެވޭ އުއްމީދު ކިތައްމެ ބޮޑު ނަމަވެސް ރާއްޖެ އާއި އަދި ދުނިޔޭގެ ހާލަތައް ބަލާއިރު ވެސް މިބަލިމަޑުކަމުން އައިގަންނަން ކުރަން ޖެހޭ މަސައްކަތް އަދިވެސް ވަރަށް ގިނައެވެ.

މިއަދު ފައްސިވި މީހުންގެ ތެރެއިން މާލެ އިން ފައްސިވީ 35 މީހުންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު 164 މީހުން ފައްސިވިއެވެ. މިއަދު ހިންގަމުންދާ ރިސޯޓްތަކުން ތިން މީހުން އަދި ތަރައްގީ ކުރަމުންދާ ރިސޯޓްތަކުން 43 މީހުން ފައްސިވިއެވެ. އޭގެ އިތުރުން އިންޑަސްޓްރިއަލް ރަށްތަކުން އަށް މީހުން މިއަދު ފައްސިވިއެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދަށް ބަލާއިރު މިއަދަކީ މިމަހުގެ 14 ވަނަ ދުވަހަށް ފަހު އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ. ނަމަވެސް މިއަދަކީ ފާއިތުވި ދެތިން މަސް ތެރޭގައި މާލެ އިން އެންމެ މަދުއަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

މިއަދު 5296 މީހުން ވަނީ ކޮވިޑަށް ޓެސްޓް ކޮށްފައެވެ. މިއަދު ޓެސްޓް ކުރި މީހުންގެ %5 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

މިހާރު ކޮވިޑް ޖެހިފައި ތިބީ 4784 މީހުންނެވެ. ފާއިތުވި ދެމަސް ދުވަސް ތެރޭގައި ކޮވިޑް ބަލި މީހުންގެ އަދަދު ނުވަތަ އެކްޓިވް ކޭސްގެ އަދަދު ދަށަށް ނުދާމިންވަރަށް މިހާރު އެއަދަދު ވަނީ ދަށަށް ގޮސްފައެވެ.

މާލެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު 100 އިން ދަށުގައި ހުންނަތާ މިއަދަށް މިވަނީ ހަދުވަސް ވެފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަ

    އަދަދުތައް ދަށަށް ދިއުމަކީ އުފަލެއް ނޫންތަ؟

  2. މައިމޫނާ

    އާން..... އޭރުން މީހުން އަޓުން ނަގާ ރުފިޔާ ނުލިބިދާނެތީ ބޭނުމެއް ނުވާނެ މިކަމުން ސަލާމެތް ވާކައް އެވެރިންނެށް... ވަރަށް ފޫހިވޭ .... ޔާ ޔާ ގާތު ބުނާނަން މިފަހަރު ތިވާހަކަ