މުޅި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެއެވެ.

ސްޓެލްކޯގެ އޮފިޝަލް އަލީ މުޖުތަބާ މިއަދު ވަގުތަށް ވިދާޅުވީ، އެ ކުންފުނީގެ ހައި ވޮލްޓޭޖް ކޭބަލް އަކަށް ދިމާވި މައްސަލައަކާ ގުޅިގެން ހުޅުމާލެއިން ކަރަންޓް ކެނޑުނީ މިއަދު ހެނދުނު 9:45 އެހާކަންހާއިރު ކަމަށެވެ.

އަދި ސްޓެލްކޯގެ ޓީމެއް ހުޅުމާލޭގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި މިހާރު ހުޅުމާލޭގެ ބޮޑު ބަޔަކަށް ކަރަންޓު ދެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި މުޅި ހުޅުމާލެއަށް ކަރަންޓު ދެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި ކަރަންޓު ދެވުމުން އެކަން ސްޓެލްކޯގެ ޓްވިޓަރ އަދި ފޭސްބުކް ޕޭޖުން އަންގާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.