ވެރިކަން ނުލިބުމުން ދީނީ ކާޑު ކުޅެގެން ވެރިކަން ބަދަލުކުރަން ދެ ވަނަ "23 އިއްތިހާދެއް" ގެންނަން މަސައްކަތް ކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) މިއަދު ވިދާޅުވެއްޖެއެެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމާ ދެކޮޅަށް އަޑު އުފުލަން 2011 ވަނަ އަހަރުގެ ފަހުކޮޅު ހިންގި ސިޔާސީ ހަރަކާތަށް އިންތިޒާމް ކުރީ 23 ޑިސެމްބަރ އިއްތިހާދުގެ ނަމުގައި އުފެއްދި އިއްތިހާދަކުންނެވެ. އެ އިއްތިހާދުން ރާއްޖޭގައި ވަރުގަދަ މުޒާހަރާތަކެއް އިންތިޒާމް ކުރިއެވެ. އެ މުޒާހަރާތަކުގައި އެތައް ހާސް ބަޔަކު ބައިވެރިވި އިރު، އެ އިއްތިހާދު ވެފައި ވަނީ ނަޝީދުގެ ސަރުކާރަށް ބޮޑު ޕްރެޝަރަކަށެވެ. ނަޝީދުގެ ސަރުކާރަށް އޭރުގައި ބޮޑެތި ފިއްތުންތަކެއް ވެސް ކުރިމަތިވެ އެންމެ ފަހުން އިސްތިއުފާ ދެއްވުމާއި ހަމައަށް ދިއުމުގައި ވެސް އިއްތިހާދުގެ ދައުރު ބޮޑެވެ.
ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބޮންޑޭ ވިދާޅުވީ ރާއްޖެ އަކީ އަދުލު އިންސާފު ނުހިނގާ ގައުމެއް ކަމަށް ދައްކާ މަގުމަތިން ކަންކަން ނިންމަން މަސައްކަތް ކުރާ ބަޔަކު ތިބި ކަމަށެެވެ. އަދިި ދީނުގެ ނަމުގައި ގަތުލު އާއްމު ހިންގަން ފުރުސަތު ހޯދައިދޭން ބާރުވެރިވާ ބަޔަކު ތިބި ކަމަށާއި އެފަދަ މީހުންގެ ތެރޭގައި ސިޔާސީ ބޭނުމަށް އެކަން ކުރާ ބަޔަކު ތިބި ކަމަށް ވެސް ބޮންޑެ ވިދާޅުވިއެވެ.
ވެރިކަމަށް ބަޔަކު އަންނަނީ ވައުދުވެގެން މެނިފެސްޓޯ އަކާއެކު ކަމަށާއި އެމްޑީޕީ ވެރިކަމަށް އައުމުން ވެރިކަން ނުލިބުނު ފަރާތުން މަސައްކަތް ކުރަނީ މަގުމަތިން ވެރިކަން ހޯދަން ކަމަށާ ރާއްޖޭގައި މަގުމަތިން ވެރިކަން ހޯދުމުގެ ސަގާފަތެއް އަށަގަންނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"23 ޑިސެމްބަރު އިއްތިހާދުގައި ލޮނުޒިޔާރަތްކޮޅަށް ބަޔަކު އެއްކޮށްފައި ކުރީ ހަރާން ބަޣާވާތެއް. އެ ބަޣާވާތުން ސަލާމަތް ނުވެގެން އުޅެނިކޮށް ޔާމީން ވެރިކަމަށް އައީ. އައިސް ޔާމީން އަނެއްކާ ބަޣާވާތް ކުރި މީހުންތައް ޖަލަށްލީ. ގާސިމްވެސް ޖަލަށްލީ ޖާބިރު ވެސް ޖަލަށްލީ." އޭނާ ވިދާޅުވިއެވެ.
އޭނާ ވަނީ މިހާރުގެ ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން އިމްރާން ވެސް މިހާރު އޮތް ރައީސް ސޯލިހުގެ ވެރިކަމާއި ދެކޮޅަށް މަސައްކަތް ކުރާ ކަމަށް ދޭހަވާ ގޮތަށް ވާހަކަދައްކަވާފައެވެ. އަދި އިލްމުވެރިންގެ ތާކިހާ އަޅައިގެން ތިބެ އަދާލަތު ޕާޓީގެ މީހުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ހަޑިހުތުރުބަހުން މުހާތަބުކޮށް ނަފްރަތު އުފައްދާ ކަމަށް ވެސް ތުހުމަތުކުރައްވާފައިވެއެވެ.
"އިމްރާން ވެސް އޮންނަނީ ކިޔަވާލަ ކިޔަވާލަ. ބިރުން. މޭޑޭގައި ވެސް ނިކުމެފައި ފިލީ ވަކި ހިސާބަކުން. ފިލާ އޮއްވާ ގެންދިޔައީ. އެހެން ތިއްބާ ބަޣާވާތްކުރި މީހުންގެ މެދުގައި ވެސް މައްސަލަޖެހިގެން އުޅެނިކޮށް އެމްޑީޕީ އިން ގޮސް ސަލާމަތްކުރީ. އެކަމަކު މިއަދު ހަނދާން ނެތިއްޖެ." އޭނާ ވިދާޅުވިއެވެ.
މިހާރު ރައީސް އަށް ގައުމު ހިންގަން ދަތިވާ ދަރަޖައަށް ގޮސްފައިވާ ކަމަށާއި، ބަޣާވާތްކުރަން މަގުމައްޗަށް ނުކުންނަން ބަޔަކު މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދީނުގެ ނަމުގައި ފިތުނަ އުފެއްދުމުގެ ފުރުސަތު ބަންދުކުރަން ޖެހޭ ކަމަށް ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި ވެރިކަން ވައްޓާލަން ފަންޑުކުރާ ވިޔަފާރިވެރިން ތިބި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވަނީ ކޯލިޝަން ސަރުކާރެއް އޮތުމުން ފިތުނަ އުފެދޭ ކަަމަށް ވެސް ވިދާޅުވެފައެވެ.
ދީނީކާޑު ކުޅެގެން ލާދީނީ ސެކިޔުލަރިސްޓުންނަށް ޤާނޫނީ ހިމާޔަތް ހޯދާދިނުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ. އިންޝާﷲ
ގެންނަން ވީ މާލަސްވެސް ވެއްޖެ. ސަރުކާރު ވައްޓާލަން ވީ މާލަސްވެސް ވެއްޖެ. ބޮންޑެ ވެސް މިކަމުގާ ބައިވެރިވާން ވީ، ސަރުކާރެއް އީސީ ޝަރީފް އަތުން ގަނެގެން ދެއަހަރު ވީރު ޤައުމު ހަލާކު ކުރުން ނޫން ކޮންކަމެއްވީ؟ މިސަރުކާރުގެ ކިބައިން މި ޤައުމު ސަލާމަތް ކުރަން ބޮންޑެ ވެސް ނުކުތުމަށް އާދޭސް ކުރަން.
ކަލޭގެ ކާޑުތަކާ ލާ ...
މިރާއްޖެ ހަލާކުވެއްޖެ ކަލޭމެންނަކާ ހެދީ !
ﷲ އަކުބަރު.. ﷲ އަކުބަރު.. އަހަރުމެން މިތިބީ ތައްޔާރައް
ކާކުބާ އެހެންވީމަ ލދނ ކާޑު ކުޅެނީ؟
މަގުމަތީ އުޅެނި ކޮށް މެމްބަރު ކަން ލިބޭ މީހުންނަށް ތަނެއް ދޮރެއް ނޭނގޭނެ އެވެ.
އަވަހަށް ބިލް ފާސްކޮށްލާ
ވަގުންނައި ދިމާލަށް ވަގެކެޭ ނުބުނެވޭ، ދީނާއި ހިލާފްވެ މުރުތައްދުވާ މީހުންނަށް ނަސޭހަތެއް ނުދެވޭ ަދި އެއީ މަނާކަމަކަށް ހަދަން އެބައުޅޭ.
އަހަރެން މިތާކު ހުންނާކަށް ބޭނުމެއްނުން. އަހަރެން މިގައުމުން ފައިބައިގެން މިދަނީ އައްޑޫއަށް.
2050ގައި އައްޑޫގައި ނަގާނެ ދިދައެއްގެ ސައިޒެއްވެސް ނޭނގޭ.
ބޮނޑޭގެ މޭރުމުގައިވަނީ ޤައުމުގައި ނަފުރަތުގެ ބޮޑު ހުޅުގަނޑެއް ރޯވާ މޭރުމެއް. މީ މުޖުތައުގައި ބިރުވެރިކަން އެފެދި ނަފުރަތު އެފެދޭނެ މޭރުމެއެ. މީނާގެ މިވާ ހަކަތައް ތަޙްޤީޤުކޮށް ދެއްވުމަށް ރާއްޖޭގެ ތަޙްޤީޤީ އިދާރާތަކަށް ގޮވާލަން. މީ ޤަވްމުގެ އަމަން އަމަން ކަމާގުޅި ލާމެ ހިފައިވާ ކަމެއް.
ކަލޭމެން އުޅެނީ ސިޔާސީ ކާޑު ކުޅެގެން މިގައުމުން ދީނުގެ އަޑު ކަނޑުވާލަން.
ތަރުޖަމާ: އެން.ޑީ.ޕީ ލާދީނީ ކަމުން އެހެން ޕާޓީތައް އެމީހުނާ ދެކޮޅަށް އަރާފާނެ ކަމަށް އެމީހުން ޖެހިލުން ވާން ފަށައިފި
މަގުމަތިން ވެރިކަން ހޯދަންއުޅުނު ހަނދާނެއްނެއް ލޮނުޒިޔާރައްކޮޅުގަ ބަނޑަހަގެ ޖާހާ ކާބޮއެ އުޅުނުހަނދާނެއްވެސްނެއް އިންޑިޔާއެންބަސީގަ ދިރިއުޅުނުހަނދާނެއްވެސްނެއް މުލިއާގެއިން ރަންތަޝި ފެނިފަ ހޭނެތުނު މީހުން އޭރުގެ ރައީސް ގެގެކޮޅުގަ ހަތިޔާރާއެކް ބެލެހެއްޓީމަ ހަޖަމުނުވެގެން އުޅުނުމީހުން މިހުރިހާ އެއްޗެއް މިހާރުވެސް ދިވެހި އޮބްޒާވާގަ އެބަހުރި ފެއްނަން 2008 ލިއުނުތަކެތި
ބޮންޑާ ބުނަން. މުސްލިމު ޖަމާއަތުގެ މެދުގައި ނަފްރަތު އުފައްދަން ނޫޅޭ.. ތިއީ ކުށެއް. ދީނީ ކުށެއް. މިއީ ފްރާންސެއްނޫން. ސެކިއުލަރ ވެރިކަމެއްގައި ދީނާ ސިޔާސަތު ވަކި ކުރާނެ.. މިގައުމަކީ މުސްލިމު ގައުމެއް. ކޮންމެ ކަމެއްގައި ފުރަތަމަ ބަލާނީ ދީނުގައި އެކަން އޮތް ގޮތަށް. އެއީ ފައިސާ ހޯދުން، އަދުލުއިންސާފު ގާއިމުކުރުން، ވެރިކަންކުރުން ކަމުގައި ވިޔަސް.. އެހެން ވީމަ މުސްލިމުންގެ މެދުގައި ނަފްރަތު އުފަންދުން ހުއްޓާލުމަށް ގޮވާލަން.
ހަރުގަހެއްގައި މީހުންބުނޭ ވަގުންނަށް އަބަދުވެސް ހީވާނީ އެހެންމީހުންނަކީ ވެސް ވަގުންއެހެންނެވެ! ފާޑްފާގެ ބިލްހަދާފައި އެހެންމީހުންގެ ބޮލަންކަނޑަން ނޫޅޭ! ﷲގެ އިރާދަފޫޅުން އެބަޔަކު ފޭސި އިލޮށިގަނޑެއް ހެރޭނީ އެބަޔެއްގެ ލޮލަށް! ވެރިކަމާ ތޮޅެނީ ހަމަ ވެރިކަން ހިންގާ ޕާޓީތެރެއިން!
މާލަސްވެެއްޖެ ދެވަނަ އިއްތިޙާދެއް ގެންނަން. އެއީ މިހާރު އަވަހަށް ކުރަންޖެހޭ ކަމެއް.
ބޮންޑޭ މެން ސިޔާސީ ހަށިވިއްކައިގެން އުޅުން ހަމަ އޯކޭ !
ބޮނޑޭ މެން އަތަކުނެތޭ ކުޅޭނެ ކާޑެއް އަތްބައި ހުސްވެފަ ތިއޮތީ އެއްކަމެއްވެސް ނުވެ ކުރެވުނީ ނިޒާމުގެ ނާޒާއިޒު ފައިދާއިން ވައްކަމާ އިހުމާލު ނުވިތާކައް ގައުމު ނީލަން ކިޔާ ދިވެހިން އަޅުވެތިކޮށް ވިޔަފާރިތައް އިނދަޖައްސާ ރައްޔިތުން ނިކަމެތިކޮށް .... ދެން އޮތީ ކޮންޗެއްތޯ އަނގަހުޅުވަން... ވިއްކާނެ ވާނެ ވައުދެއްވެސް ނެތް މިހާރަކު ލަދުނުގަންނަންޏާ އަގަހުޅުވިދާނެ
ކަލޯ ބޮންޑޭ. އިއްތިހާދު އޮތީ ހަދާފަ. ދެން އޮތީ މުޒާހިރާ ކޮށްލުން އެކަނި..
ނަމާދު ކުރަންތަ
އަވަހަށް ފާސްކޮށްލާ
މާ ބޮޑަށް ލަސް ކުރާނޭ ކަމެއް ނެތް
އިންޑީޔާ އައުޓް
މީނަ ވެރިކަން ކަކުލުން ތިރިޔަށް ފައިބާންފެށީމާ ދީނޭ ފަޅޮލޭ ބަޓާނާއޭ ކިޔައިގެން ދީނީކާޑު ޖަހަމުން ދުވިޔަސް އޯކޭ ކީކޭ ދެން އަހަރެން ލިޔާނީ
މީނަ މިބުނާ ކަމެއްގައި. ކެނެރީގޭ ސޮރު. ޢެބަ ދެފަޔަށް ހިނިއަރާގެން އުޅޭ މޮޔައެއްހެން އެހެން ތާކު އޮވެ މަޖިލިސް ހިންގާ. މި ގައުމުގައި. ޥެރިކަން ކުރޭ