ގެއްލިގެން ހޯދަމުން ދަނިކޮށް މަރާލާފައި އޮއްވާ ފެނުނު ކުއްޖާ ހޯދަން ފުލުހުން ކުރިން އާއްމުންގެ އެހީއަށް ނޭދި އޮތުމުން ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ފުލުހުންނާއި ސުވާލެއް އަމާޒު ކުރައްވައިފިއެވެ.

ފުލުހުން ރޭ ވިދާޅުވެފައި ވަނީ ރަހީނު ކުރުމަށްފަހު މަރާލާފައި އޮއްވާ ފެނުނީ އާދީއްތަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔަ 13 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ. އެކުއްޖާ މަރާލާފައި ވަނީ ރަހީނުކޮށްގެން ގެންގުޅުމަށް ފަހުއެވެ.

ޝިޔާމް ފުލުހުންގެ ކިބައިން ސާފުކުރަން އެދިވަޑައިގެން ކުރެއްވި ސުވާލަކީ އާދީއްތަ ދުވަހުން ފެށިގެން ކުއްޖާ ހޯދާކަން އާއްމުންނަށް ނޭންގީ ކީއްވެހެއްޔެވެ؟ އޭގެ އިތުރުން މިވެށީގައި ރައްކާތެރިކަން އޮތީ ކާކަށްތޯ ވެސް ޝިޔާމް ސުވާލު ކުރެއްވިއެވެ.

އާއްމުގޮތެއްގައި ގެއްލޭ ކުދިންނާއި މީހުން ހޯދަން ފުލުހުން އާއްމުކޮށް އިއުލާން ކުރެއެވެ. ނަމަވެސް ރޭ މަރާލާފައި އޮއްވާ ފެނުނު ކުއްޖާ ހޯދަން ފުލުހުން އިއުލާން ނުކުރި ސަބަބެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ބައެއް އާއްމުން މައުލޫމާތުދޭ ގޮތުގައި މަރާލާފައި އޮއްވާ ފެނުނު ކުއްޖާ ގެއްލިގެން ފުލުހުންނަށް މީގެ ކުރިން ވެސް ދޭތެރެެދޭތެރެއިން ރިޕޯޓް ކުރެއެވެ. ނަމަވެސް މީގެ ކުރިން ވެސް ފުލުހުން މިކުއްޖާ ހޯދަން އާއްމުކޮށް އެއްފަހަރު ވެސް އިއުލާން ކޮށްފައިވާ ކަމަކަށް ރެކޯޑް ތަކަކަކުން ނުދައްކައެވެ.

ކުއްޖާ މަރާލާފައި އޮއްވާ ފެނުނީ ހުޅުމާލޭ ހިޔާ ފްލެޓްތަކާއި ދިމާލުން މޫދުންނެވެ. ކުއްޖާގެ ހަށިގަނޑު ފެނުނީ ރޭ 02:30 ކަންހާއިރުއެވެ.

ކުއްޖާގެ މަރާއި ގުޅިގެން މިހާތަނަށް ވަނީ 17 އަހަރުގެ ފިރިހެން ކުއްޖަކާއި 27 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައެވެ. މިމައްސަލައިގައި ދެމީހަކު ހައްޔަރުކުރިކަން ހާމަކުރުން ފިޔަވައި އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ކޮވިޑް

  ޝިޔާމް! ޖަވާބު ވަރައްސާފް ކުއްޖާ އަކީ ސިޔާސީ އެމްޑީޕީ ރޯޔަލް ކުއްޖަކަށް ނުވުން، ކުއްޖާ އަކީ ކުރީގެ ރައީސް ނަޝީދައް ނުވުން، ކުއްޖާ އަކީ ނިކަމެތި ކުއްޖަކަށް ވުން، ބަލަ ނަޝީދު އަށް ދިން ކަމަށް ކިޔާ ހަމަލާގައި ފުލުހުން މޮޔަވެގެން އުޅޭހެން އާންމުންގެ ފަރާތުން އާދޭސް ކުރި މީހުން ހޯދުމަށް، ދެއިރު ދެ ދަޅައަށް ނޫސް ކޮންފަރެސް ބޭއްވި، ހެޔޮނުވާނެ އަހަރެމެން މިހެން ކިޔާލަ ކިޔާލާ ހަމަ ގޭގަ ތިބެން ވީތޯ؟ އަދި ވެސް މުޅި ގައުމު ގޭބަންދުގަ ތިބުންތޯ އޮތީ؟ ކިހާވަރެއް ވީމަތޯ ގޭންނުކުމެ ގައުމު ސަލާމަތް ކުރަން ޝިޔާމް މެން ރައްޔަތުން ގޮވައިގެން ނުކުންނަށް ތި ތިބެނީ؟

 2. ކާފަބޭ2020

  އަނެއްކާމިއީ ޖެނިފާބުނިގޮތަށް ކަންތައްވާންފެށީބާ؟؟؟؟؟؟ މިއީ އެސިލްސިލާގެފެށުންބާ؟؟؟؟؟؟ އެމަރުޙޫމަށް ސުވަރުގޭގެދާއިމީނިޢުމަތްމިންވަރުކުރަށްވާ އާއިލާއަށް ކެއްތެރިކަންދެވާށި! އާމީން!

 3. ޖުކިހާ މެޑަލް

  ތިޔަފުލުހުން ބަލަނީ ޖުރުމަނާއެއް ކޮށްލެވޭތޯ..ކައިކައިގެން ކޮންކަމެއްތޯ އިއްޒަތްތެރި ފުލުހުން ކުރަނީ..ދެން ކުރާކަމަކީ ޖޯޑުޖޯޑަށް ސައިކަލުބުރުޖެހުން.

 4. ތަބުރޫކު

  ފުލުންވެސް ދަނީ އަމާ ބުނީތީ ފަރަށް

 5. މިތުރާ

  ފޫވެއްޓިފަ އޮތް ބޮއްކުރަ އެއް ކޮންޑައްލައިގެން ފުލުހުން ވަކިކީއްކުރަނީ، ފެއިއްވެފަ އޮތްތަނެއްގަ ތިބޭ ފުލުހުންނާ ސިފައިންވެސް ތިބޭނީ ފެއިލްވެފަ،އެމޑޕ އެޖެންޑާ 19 ގަ ބުނި ދިވެހިންގެ މުސާރަ މިނިމަމް ވޭޖު ކަންޑަ އެޅި ޒުވާނުން މަގުމަތިން ނަގާ،ހިލޭ ތަމުރީނު ލިބޭނެ ކު ދި ކޮލެޖުތައްހަދާ އެކު ދިން ރިހިބިލީޓޭޓު ކޮށް މުޖުތަމައު ތެރެއަށްނެރެން ސަރުކާރުން ބަޖެޓުން މިކަންކުރަން، ހުސްއަނގަ ވިޔަފާރިވެރިން ގެ ޖީބަށްވެއްޓިފަ އޮތީ، މިނިމަމްވޭޖު ކަންޑައަޅާ ޓެކުސް ނަގަންނަ ،ވިޔަފާރިވެރިން މަޖިލިސް މެމްބަރ އަތުން ގިނަ ޓެކުސް ދާނީ ، ހުރިހާ މީހުންވެސް ބަލަނީ އެބަޔަކު ހުރިހިސާބަކުން އަތުވި އެއްޗަކުން ޖީބުފުރޭތޯ،