ކުއްޖާ މަރާލާފައި އޮތް މައްސަލައިގެ ރިޕޯޓް ލިބުމާއިއކެު ވަގުތުން މައްސަލަ ބަަަލަން ފަށާފައިވާ ކަމަށް ރާއްޖޭގެ އިންސާނީ ހައްގުތަކާއި ބެހޭ އިދާރާ (އެޗްއާރުސީއެމް) އިން ވިދާޅުވެއްޖެއެވެ.

އެޗްއާރުސީއެމްގެ މެމްބަރު ޑރ.އަހުމަދު އަދުހަމް އަބްދުﷲ "ވަގުތު" އަށް ވިދާޅުވީ އެ ހާދިސާ ހިނގި ރިޕޯޓް ލިބުމާއިއެކު ފަތިހު އެޗްއާރުސީއެމްގެ ޓީމަކުން ހޮސްޕިޓަލަށް ޒިޔާރަތްކޮށްފައިވާ ކަމަށާއި، އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

ކަމާއި ބެހޭ އިދާރާތަކާއި އެކު މަސައްކަތްކޮށް، މައްސަަލައިގެ ތަހުގީގު ކުރިއަށް ދާގޮތް އެޗްއާރްސީއެމް އިން ބަލަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

"5 ޖަހާކަށް ހާއިރު ހޮސްޕިޓަލަށް އެޗްއާރުސީއެމްގެ އެޑްވާންސްޑް ޓީމެއް ދިޔަ. އަދި ކަމާއި ބެހޭ ފަރާތްތަކާއި އެކު ތަހުގީގު ކުރިއަށް ދާ ގޮތް ދަނީ ބަލަމުން." އަދުހަމް ވިދާޅުވިއެވެ.

އުމުރުން 13 އަހަރުގެ ފިިރިހެން ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލަ ފެންމަތިވީ ރޭ ދަންވަރެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ބަޔަކު 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކުރި މައްސަލަ މި މަހުގެ 20 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ކުއްޖާ ހޯދުމަށް ކުރި މަސައްކަތުގެ ދަށުން އެ ކުއްޖާ ފެނުނީ މަރާލާފައި އޮއްވާ ކަމަށާއި، އެ ކުއްޖާ ފެނުނީ ރޭ މެންދަމު 2:30 ހާއިރު ފެނިފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް ދެ މީހަކު ހައްޔަރުކޮށްފައިވާ އިރު އޭގެ ތެރޭގައި ހިމެނެނީ 17 އަހަރުގެ ފިރިހެން ކުއްޖަކާއި 27 އަހަރުގެ ފިރިހެނެކެވެ. އެ ދެ މީހުންނަކީ ވެސް ދިވެހިންނެވެ.

އެ މީހުން ހައްޔަރުކޮށްފަައި ވަނީ މާލެ ސަރަހައްދުން ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

މަރުވި ކުއްޖާ ފެނިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހި ސަރަހައްދު ކައިރީ މޫދުންނެވެ. އެ ކުއްޖާގެ ހަށިގަނޑު މިހާރު ވަނީ އައިޖީއެމްއެޗްއަށް ގެންގޮސްފައެވެ. ފުލުހުން ދަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބޯހަލާކު

    ތިކަހަލަ ރައިޓްސް ތައް އޮވެގެންނޭ މި ހަލާކުވަނީ؟ ކޮބާތަ ތި ރައިޓްސް ތަކަށް ކުރެވޭ ކަމަކީ؟ އަފްރާސީމް ، ރިލްވާން، ޔާމީން. މިސްކާ ، ކޮބާ މި ފުރާނަތކުގެ އާއިލާ އައް އޮތް ރައިޓްސްއަކީ؟ ތި އެޗްއާރުސީއެމް އެ އާއިލާ ދިން އެއްޗެއް ކިޔާބަލަ. ޕޮލިހުންނާ ދިމާއަށް ގޮވާނެ ޓެކްސް ފައިސާއިން މުސާރަ އޭ ބަލަ އެޗްއާރުސީއެމް އެމީހުންގެ މުސާރަ އެއީ މަތިން ބާއްވާލައްވާ އެއްޗެއްތޯ؟ އެޗްއާރުސީއެމް އަކީ އޮންޓައިމްގަ މަންޒަރު ބަލާލަން ދާ ބައެއް ދެން ރިޕޯޓް ނެރުނީމަ ނިމުނީ. ވައްސަލާމް.

  2. ހިފާފް

    ތި ކޮމިށަނުން ނުބެލިއްޔާ ރަނގަޅީ.

  3. ޠުއްތު

    މިމީހުންގެ ކޮންކަހަލަ ފަންނީ ޢިލްމެއް ހުރީ ޖިނާއީ ކަމެއް ބަލަން؟

    2
    1
  4. ފައިސަލް

    ތުހުމަތުގަ ހައްޔަރު ކުރި މީހުންގެ ރައިއިޓްސް ތައް ހަމަޔައް ދޭދޯ ބަލާ ތިޔަތަނުން، އެއީ ތިޔަބައި މީހުންގެ މަސައްކަތަކީ

  5. އައޫ

    ހިއުމަން ރައިޓްސް އަކީ ކުއް ކުރާ މީހާ އަށް ލިބޭ ވަރުގަދަ ހައްގެއް. ނުވިތާކަށް ރައްޔިތުން ޖެހޭ ވަކީލުންވެސް ހަމަ ޖައްސައިދޭން. އެހެން ނޫނީ ހިއުމަން ރައިޓް ކޮމިޝަނުން މައްސަލަ ބަލާނެ. ބޮއެ ހަލާކު.