އެޕަލް ސައިޑާ ވިނެގާ އަކީ ވަރަށް ގިނަ ކަންކަމަށް ބޭނުން ކުރެވިދާނެ އެއްޗެކެވެ. އެންމެންވެސް ދަންނަ އެޕަލް ސައިޑާ ވިނެގާ އަކީ އޭގެ ޒާތުގަ ހަށިގަނޑަށް އެކި ގޮތްގޮތަށް ފައިދާހުރި އެއްޗެކެވެ.

މިގޮތުން އެޕަލް ސައިޑާ ވިނެގާ އަކީ ކޮލެސްޓްރޯލް ލެވެލް މަތި މީހުންގެ ކޮލެސްޓްރޯލް ލެވެލް ދަށް ކޮށްދޭ އެއްޗެކެވެ. ކޮލެސްޓްރޯލް އަކީ ނާރުތަކު ތެރޭ އުފެދޭ ސަރުބީއަށް ކިޔާ ނަމެވެ. ނާރުތަކުތެރޭ ސަރުބީ އުފެދުމުން ހަށިގަނޑަށް ލޭ ދައުރުކޮށްދޭ ގުނަވަން ކަމަށްވާ ހިތް ހަށިގަނޑަށް ލޭ ދައުރުކޮށް ދިނުމަށްޓަކައި އެކަށީގެން ނުވާ ވަރަށް މަސައްކަތް ކުރަން ޖެހެއެވެ. ނަތީޖާއެއް ގޮތުން ހާޓް އެޓޭކާއި ސްޓްރޯކް ފަދަ ނުރައްކާތެރި ކަންކަމުގެ ޝިކާރައަކަށް ވެގެން ދެއެވެ.

 

އެޕަލް ސައިޑާ ވިނެގާ އަކީ ނާރުތަކުތެރޭ އެޖަހާ ސަރުބީ އަށް އޮތް ހައްލެއް ކަމުގައި ވާއިރު، ކޮލެސްޓްރޯލް ހުންނަ މީހުން، ކޮންމެ ދުވަހަކު 2 މޭޒުމަތީ ސަމުސާ އެޕަލް ސައިޑާ ވިނެގާ ކެއުމުގައި ހިމެނުން ރަނގަޅުވާނެއެވެ.

މީގެ އިތުރުން އެޕަލް ސައިޑާ ވިނެގާ އަކީ ބްލަޑް ޕްރެޝާ ނުވަތަ ލޭމައްޗައް ދާ މީހުންވެސް ބޭނުންކުރަން ވަރަށް ރަނގަޅު އެއްޗެކެވެ. ލޭމައްޗައް ދިއުމަކީ ހިތުގެ ބަލި ޖެހުމަށް މެދުވެރިވާ އެންމެ ބޮޑު އެއްސަބަބު ކަމުގައި ވާއިރު މިކަމުގެ ހައްލަކަށް އެޕަލް ސައިޑާ ވިނެގާ ބޭނުން ކުރެވިދާނެއެވެ.

އެޕަލް ސައިޑާ ވިނެގާ އަކީ ކަންމަތީ ފިހާރަތަކުންވެސް ވަރަށް ހެޔޮ އަގުގައި ލިބެން ހުންނަ އެއްޗެއް ކަމުގައި ވާއިރު، ތިބާގެ ހަށިގަނޑު ދުޅަހެޔޮކަންމަތީ ބަހައްޓަން ބޭނުންނަމަ ކެއުމުގައި މީތި ހިމެނުން ބުއްދިވެރި ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުކި

    އެޕަލް ސައިޑާއެއްނޫން. އެޕަލްސިޑަރ