ރަހީނު ކުރުމަށް ފަހު މަރާލާފައިވާ އުމުރުން 13 އަހަރުގެ ކުޑަ ކުއްޖާ މަރުވި ގޮތް ބެލުމަށް ޕޯސްޓު މޯޓަމް ހަދަން ރާއްޖެއިން ބޭރަށް ގެންދަން ނިންމައިފިއެވެ.

ކުއްޖާ ގެއްލިގެން ރިޕޯޓް ކުރީ މިދިޔަ އާދީއްތަ ދުވަހުގެ ރޭގައެވެ. ދެކުނުގެ އަތޮޅުގެ ރަށަކަށް ނިސްބަތްވާ އެ ކުއްޖާ ފެނުނީ ހުޅުމާލެ ދެވަނަ ފިޔަވައްސާއި ދިމާ މޫދުން ފޮށްޓެއްގައި އޮއްވައެވެ. އޭރު އެ ކުއްޖާ އޮތީ މަރާލާފައެވެ.

އައިޖީއެމްއެޗްގައި ހުރި އާއިލާގެ މީހަކު "ވަގުތު" އަށް ބުނީ، ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާ ކަމަށެވެ. ޕޯސްޓުމޯޓަށް ހަދަން ގެންދިޔުމަށް ހަމެޖެހިފައިވަނީ އިންޑިއާ އަށް ކަމަށް ވެސް އާއިލާ އިން މައުލޫމާތު ދެއެވެ.

މިއަދުގެ ވަގުތެއްގައި ހަށިގަނޑު އިންޑިއާ އަށް ގެންދަން ފުލުހުން އަންނަނީ މަސައްކަތް ކުރަމުން ކަމަށް ވެސް ކުއްޖާގެ އާއިލާ އިން ބުނެއެވެ.

ނަމަވެސް ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމާއި ގުޅޭ ގޮތުން ފުލުހުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

މި މައްސަލައާ ގުޅިގެން އުމުރުން 17 އަހަރުގެ ދިވެހި ފިރިހެނަކާއި އުމުރުން 27 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރުކުރި ދެ މީހުންނަކީ ކުއްޖާގެ ދެ އެކުވެރިން ކަމަށްވެއެވެ. މިކަމުގެ އިތުރު މައުލޫމާތު ލިބޭގޮތް ވަނީ ނުވެފައެވެ.

ކުއްޖާގެ މަރާ ގުޅިގެން މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ކުއްލި ބައްދަލުވުމެއް ތާވަލުކޮށްފައެވެ. މި ވަގުތު އެ ކުއްޖާގެ ހަށިގަނޑު އޮތީ އައިޖީއެމްއެޗްގައެވެ. ގިނައިރުތަކެއް ވަންދެން މޫދުގައި އޮތުމުގެ ސަބަބުން ކުއްޖާގެ ސިފަވަނީ ވަރަށް ބޮޑަށް ގެއްލިފައެވެ.

ކުއްޖެއްގެ ފުރާނަ ގަސްތުގައި ދުއްވާލުމަކީ މުޅި ގައުމު ކަރުނަ އަޅަން ޖެހޭ ވަރުގެ ކަމެއް ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވަނީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ނުސީދާ

  ޕޯސްޓްމޯޓަމް ހެދުމަކީ ވަރަށް މުހިއް ކަމެއް
  ކުއްޖާފުޅު އެހާރަހުމް ކުޑަކޮށް މަރާލާ މީހުންނަށް ފޮރުވަން ކަޑުފައްތާނީ އެކުއްޖާ ފުލަށް ލައްކަ އަނިޔާދެވި އެކުއްޖާގެ އެތެރެހަށީގެ ގުނަވަންތައް އެބަހުރި ބާއޭ ހަމަ ހިތައްއަރަނީ
  އެހާތުއްތު ކުއްޖެއް މަރާފަ ފޮރުވުމުގެ ބޭނުމަކީކޮބާ

  14
 2. އައިޝާ

  ވަރަށް ދެރަވެއްޖެ😭😭😭މަރަށް މަރުގެ އަދަބުދީ އަވަ ހަށް. 18އަ ހަރު ނުފުރޭ ކުޑަކުއްޖެކޭ ކިޔާފަ ދެން ތި 17އަ ހަރުގެ ކުއްޖާ
  ދެން ދޫކޮއްލާނީއެއްނޫން

  15
 3. މިތުރާ

  ކަރުނަ އަޅާފަ ނިދާލާ . ނިދާފަހޭލާޔިރު ހުރި ހާކަމެއް ބަރާބަރު ވާނެ. ކުއްވެރިން ހިމާޔައް ކޮއްފަ ގާނޫނު އޮތީ! މީފުރަތަމަ މަރެއްނޫން، ފުރަތަމަ ހާދިސާ އެއްވެސްނޫން، ،މަރަށް މަރުހިފަންޖެ ހޭ، ކޮބާއުމަރުގެ ބަހަކީ!🤔

  15
 4. މުހަންމަދު

  ދެން ޕޯސްތު މޯސަން ހެދުމުގެ ބޭނުމެއް ކޮބާ ؟ ކުއްޖާ ވަނީ ނިޔާވެފާ ެ އެކަން ޔަގީން ، ޕޯސްތު މޯސަން ހެދުމުން އެކަން ކުރިބައެއް އެގޭނެ ނަމަ އޯކޭެ ހަދަންވީ ނޫން ނަމަ އެ މައްޔިތާގެ ހަށިގަދްށް އިތުރު އަނިޔާ ދީގެން ނުވަަނެ

  4
  1