އުމުރުން 20 އަހަރުގެ ޒުވާނަކު ގެއްލިގެން ފުލުހުން ހޯދަން ފަށައިފިއެވެ.

 

ގެއްލިގެން ހޯދަމުންދަނީ ހދ. ކުޅުދުއްފުށި / ރިންސޯ، އަބޫބަކުރު އިބްރާހީމް (20އ) އެވެ.

ފުލުހުން މިއަދު ވިދާޅުވީ މި ޖޫން މަހުގެ 16 ވަނަ ދުވަހުން ފެށިގެން އާއިލާއަށް އޭނާގެ އެއްވެސް ހަބަރެއްނުވެ، ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް މިކަން ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަބޫބަކުރު އިބްރާހީމްގެ ޚަބަރެއް އެންމެ ފަހުން ވީއިރު އޭނާ ދިރިއުޅެމުން ދިޔައީ ރައްޓެއްސަކާއެކު މާލޭގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

އަބޫބަކުރު އިބްރާހީމްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ ލަސްނުކޮށް އެ މައުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާ ކުރުމަށް ފުލުހުން އެދެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފުލުހުން ފާހަގަކުރެއެވެ.

އުމުރުން 20 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފެށި އިރު، އުމުރުން 13 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކު ރަހީނުކޮށްގެން ގެންގުޅުމަށް ފަހު މޫދަށް އެއްލާފައި އޮއްވައި ރޭ ދަންވަރު ވަނީ ފެނިފައެވެ. މި މައްސަލައާ ގުޅިގެން ދެމީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އެނގިފައިވާ ގޮތުގައި ކުޑަ ފިރިހެން ކުއްޖާ މަރާލާފައި އޮއްވައި ފެނުނު އިރު، އޮތީ ފޮއްޓެއްގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަމީން

    ބޭސްދީ މަރަނީ

    11
  2. އަމީން

    ރޭވިގެން ހިންގާަ ކަންކަން.

    15
  3. އަލީ

    މިކަންތައްގަނޑުގަ އެންމެން އުޅެނިކޮއް ބިލް ފާސްކޮށް ނިންމާލާނެ. ޕްލޭން

    10
    1
  4. ދައްތަ

    ޢަނެއްކާ އޭނަ މަރު ނުވަނިިސް ހޯދޭތޯ ބަލައްޗޭ.