ރަހީނުކޮށް 13 އަހަރުގެ ފިރިހެން ކުއްޖަކު މަރާލައި މޫދަށް އެއްލާލާފައި އޮއްވާ ފެނުނު މައްސަލައިގައި ހައްޔަރުކުރި ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާންއަކީ ކުށުގެ ރެކޯޑް އޮތް މީހެއްކަން "ވަގުތަށް" ކަށަވަރުވެއްޖެއެވެ.

ދެކުނުގެ ރަށަކަށް އުފަން އުފަން އެ ކުއްޖާ މަރާލި މައްސަލައިގައި ރޭގެ ވަގުތެއްގައި ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ. އެއީ އުމުރުން 27 އަހަރުގެ ފިރިހެނަކާއި 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖެކެވެ. އޭގެ ތެރެއިން 27 އަހަރުގެ މީހާއަކީ ޒިހާންއެވެ.

އެނގިފައިވާ ގޮތުން އޭނާ ޖަލުގައި އޮތީ ތިން އަހަރު ދުވަހުގެ ހުކުމެއްގައި ކަމަށް ބައެއް މަސްދަރުތަކުން ހާމަކުރި ނަމަވެސް ޖަލުގައި އޮތް ސީދާ މުއްދަތެއް ސާފެއް ނުވެއެވެ. މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ ޒިހާން ޖަލުން ދޫކޮށްލީ ތަންފީޒު ކުރަމުން ދިޔަ ހުކުމް ފުރިހަމަވުމުންނެވެ. އޭނާ މިނިވަންވި ފަހުން އަދި ވެފައި ވަނީ އެންމެ ހަތަރު މަސް ދުވަސް ކަން އެނގިފައިވެއެވެ.

ޒިހާން އެންމެ ފަހުން ލަންދޫ އަށް ދިޔައީ ލޯކަލް ކައުންސިލް އިންތިހާބުގެ ތެރޭގައެވެ. ޒިހާންއަކީ މަސްތުވާތަކެތީގެ އިތުރުން މާރާމާރީގެ ކުށުގެ ރިކޯޑު ވެސް އޮތް މީހެކެވެ.

ކުޑަ ކުއްޖާގެ މަރުގެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ. އަދި އެ ކުއްޖާ މަރާލި ގޮތް ބެލުމަށް ޕޯސްޓު މޯޓަމް ހަދަން ރާއްޖެއިން ބޭރަށް ގެންދަން ވަނީ ނިންމައިފައެވެ. އެ ކުއްޖާގެ ހަށިގަނޑު ގެންދަނީ އިންޑިއާއަށެވެ.

ކުއްޖާ ގެއްލިގެން ރިޕޯޓް ކުރީ މިދިޔަ އާދީއްތަ ދުވަހުގެ ރޭގައި ކަމަށް ވާއިރު ދެކުނުގެ ރަށަކަށް އުފަން އެ ކުއްޖާ ފެނުނީ ހުޅުމާލެ ދެވަނަ ފިޔަވައްސާއި ދިމާ މޫދުން ފޮށްޓެއްގައި އޮއްވައެވެ. އޭރު އެ ކުއްޖާ އޮތީ މަރާލާފައެވެ.

ކުއްޖާގެ މަރާ ގުޅިގެން މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ކުއްލި ބައްދަލުވުމެއް ބާއްވާފައެވެ. މި މައްސަލަ އާއި ގުޅިގެން ކުއްޖެއްގެ ފުރާނަ ގަސްތުގައި ދުއްވާލުމަކީ މުޅި ގައުމު ކަރުނަ އަޅަން ޖެހޭ ވަރުގެ ކަމެއް ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވެސް ވަނީ ވިދާޅުވެފެއެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

 1. ...

  މަރަށް މަރު ހިފަންޖެހޭނެ މިފަހަރު. އެހެންނޫނީ ކުރިއަށްއޮތްތާ ވަރަށް ބައިވަރު މިކަހަލަ މަރުތައް އިތުރުވާނެ.

  114
 2. ....

  ކީއްވެ އެހާ ކުޑަ ކުއްޖަކު ރަހީނު ކުރަން ޖެހުނީ....ކީއްވެ އެވަރު ކުއްޖަކު މަރާލަން ޖެހުނީ...އެ ކުޑަ ކުއްޖާގެ އެވަރުގެ ދެބަސްވުމެއް އޮތީބާ....މީހަމަ ހިތައް އަރާ ސުވާލުތަކެއް....

  130
  3
  • ނޭނގޭ

   އަވަހައް މޮޅު ލޯޔަރެއް އުޅޭ ލަރީގަޑެއްކާލަން...މީ ސިކުނޑި ހަމަނުޖެހޭ މޮޔައެކޭ ކިޔައިގެން މީނާ ސަލާމައިކުރަން.

   57
   • ޚަދީޖާ

    އެމް.ޑީ.ޕީގައި އުޅޭނެ ތިޔަކަހަލަ ލޯޔަރުން.

    14
    3
 3. މުހަންމަދު

  ޥަރައް ދެރަކަމެއް

  73
  1
 4. އިބްރާހިމް

  ފަންޑުކުރި ބަޔަކު ހޯދާނެކަމަށް އުންމީދުކުރަން. އެކަނި އެކަކަށް ތިޔަވަރު ބޮޑު ކަމެއް ރާވައި ނުހިންގޭނެ.

  54
  2
 5. ައަހުމަދު

  ތީ އިންސާނުންގެ ސިފައިގައި ތިބޭ ޝައިތާނުން އެނޫނީ ނުކެރޭނެ އެހާ ރަހުމްކުޑަކޮށް އެކުއްޖާ މަރާލާކަށް ، ދެން ހުކުމް ކޮށްފައި ތެދިންދުވަހު ޖަލުގައި ބައްވަފައި ދޫކޮށްލާ ، އެނިމުނީ މިވެސް 100%އިސްލާމީ ވެރިކަމެއްހިނގާ ޤައުމެކޯ ލަދެެއްނުގަނޭބާ އެހެންކިޔަން ، ދެން ތި ސައިތާނުގެ ދިފާއުގައި ހައްޤޭ ކިޔާފައި ނިކުންނަ ބައިގަނޑެއް އޮށްނާނެ ، މަރާލިފުރާނައިގެ ހައްޤެއްނޯއްނާނެ، އިސްލާމްދީނުގައި ޤިސާސް ހިފަން އޮންނަނީ ކޮންމެވެސް ކަމެއްވެގެން އޭގައި ދިރުމެއްވާތީ އެކަމަކު އެކަންނުކުރަން ވެގެން އުޅެނީ ކިއްވެބާ؟؟؟؟

  63
  1
 6. ދިވެހި ދަރިއެއް

  ޝޮކުގަ. ވަރަށް ބައިވަރު ސުވާލު އެބަހުރި

  42
  2
 7. އާދޭސްކޮށްފައި

  މާތްކަލާނގެ ޙުކުމްފުޅުތައް ޤާއިމު ކުރުމަށް ގޮވާލަން. އަމަން އަމާންކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށްޓަކައި. ރޮއިފަ ދެފައިގަ ހިފާ އާދޭސްކޮށްފައި މިބުނަނީ. ޤައުމުގެ ވެރިންނޭ. މުސްތަޤްބަލަށްޓަކައި.

  50
  2
 8. ޖަސްޓިސް ވޮރިއަރ

  ޕޯސްޓް މޯޓަމް ގަނޑެއް ހަދާލާނެ ފެންވަރު ގަޢުމުގައި ނެތުމަކީ ލަދުވެތި ކަމެއް. ޤަޢުމަށް ލިބޭހާ ލާރިއަށް ކީއްތޯ މިކުރަނީ؟

  80
  1
 9. ވަހީދު

  މިކަހަލަ ބޮޑެތި ކުއްތައް ހިންގާ މީހުން ގިނަ ފަހަރު ހުންނަނީ އެތައް ކުށެއްކޮށް އެތައް ފަހަރަކު ފުލުހުން ހައްޔަރުކޮށް ކޯޓްތަކުން ވެސް ބޮޑެތި ހުކުމްތައް އިއްވާފައި. ކީއްވެތަ މިމީހުންނަށް މުޖުތަމައުތެރޭ އުޅެން ފުރުސަތު ލިބެނީ. އެމީހުންގެ އުޅުމަށް ބަދަލު ނާންނަހާއިރު އެމީހުންނެރެ ދެވަނަ މީހަކަު މަރަން ރަހީނު ކުރަން ރޭޕްކުރަން ނޫނީ އެހެން ބޮޑު ކުށަކަށް އަރާގަންނަން ދޫކޮަށްލެވިގެން ނުވާނެ. މިމީހުން ގިންތިކޮށް މިމީހުން މުޖުތަމައު ތެރެއަށް ދޫކޮށްފައިވަނީ ކިހާވަރަކަށްތޯ ބަލާ އަޅަންޖެހޭ ފިޔަވަޅުތައް އަޅަންއެބަޖެހޭދަި

  61
  1
 10. ޢަފީ

  ކީއްވެބާ އެހާލަހުން ޕޮލިހަށް ރިޕޯޓުކުރީ

  36
  2
 11. ޢަޒު

  ﷲއަށްޓަކައި ﷲ ބާވައިލެއްވި ޙުކުމް ކުރީމަ ހުރިހާ ޖަރީމާއެއް ހުއްޓުވޭނެ އަމިއްލައަށް ކުޑަ ބޮޑު ގާނޫނު ހަދައިެން ހުކުމް ކުރާނަމަ ފެންނާނެ ހުރިހާ ޢަލާމާތެއްވެސް ގާނޫނު ހަދަމުން ގާނޫނު ކޮށަމުން ގާނޫނު ފުޅާކުރަމުން ހަނިކރަމުން ލުއިކުރަމުން ދާނަމަ އަހަރެމެންގެ ޙާލު ދުލަކުން ކިޔއެއްނުދެވޭނެ

  31
  1
  • ޢަހުމަދުވަގާރު

   ދުނިޔޭގެ ކޮން ގަ އުމެ އްގަ ބާ ސަރިޔަތް އޮތީ. އަދި ނެތް ކިތަށް ގަ އުމުގާ ބާ ދުނިޔޭގެ އެންމެ ކްރަ އިމް މަދު ގަ އުމު.ތަކުގެ ތެރޭ ހިމެނެނީ

   1
   5
 12. ދިވެހި ރައްޔިތުން

  ތިކަމާ އާއިލާ އާާ ސުވާލުކުރޭ އަދި ގާތިލަށް ހައްގު އަދަބު ދެއްވާ

  20
 13. ޖަމީ

  އއމަރަ އްމަރު ނުހިފޭތަންތާ މިކަން ކަންކަން އިތުރުވާނެ..

  17
  1
 14. Anonymous

  ޒިހާނަކީވެސް ލަންދޫގައި އުޅުނު އިރު މަޑުމައިތިރި ރަނގަޅު ކުއްޖެއް ކަމަށްވަނީ. ނިކަމެތި އެކަނިވެރި މަންމަ އަމިއްލަ މަސައްކަތުން ވ. ޙާލުގައި ބޮޑުކުރި ކުދިންކޮޅެއް.
  ބައްޕަ އެކުދިން ދޫކޮށް ބޭރުރަށެއްގައި ދިރިއުޅުން ފެށީ. އެހީއެއްނުވެ. މާލެއައިސް
  ވީގޮތެއް ނޭނގުނު. ނުބައިި އެކުވެރިންނާއި ޖެހުނީ. އެހާ ޙާލުގައި ބޮޑު ކުރި މަންމަ ކައިރިން މިފަހުން ޖަލުން ސަލާމަތްވެ މަޢާފަށް އެދުނުކަމަށްވެސްވޭ. މިއަދު އެމަންމަގެ ހިތައްކުރާނެ އަސަރާއި އެފަކީރަށް ވާނެގޮތެއް.. ބެލެނިވެރިން ވިސްނާލުން މުހިންމު. މިއަދުގެ މިޤައުމުގެ ޙާލަތު. ލޯބިން ބޮޑުކުރާ ޅަދަރިން މަގުގެއްލެނީ. ހިތާމަވެރި ދަރަޖައަކަށް މިތަން ގޮސްފި. ހުރިހާ ވެސް ކަމެއް މިގުޅެނީ މަސްތުވާތަކެއްޗާއި. ގްރޫޕް ތަކާއި. މިކަންކަން ޙައްލު ކުރުމަށް މަޖްލީހަށް ބިލު ހުށަހަޅާނެ މީހަކު ނުވެ. މުޖްތަމަޢުގެ ފައިދާއަށްވުރެ ބޭރުގެ ލާދީނީ އެޖެންޑާ ތައް މާމުހިންމު

  19
  1
 15. އާދަމުގެދަރި

  މީ ކޮން ފިކުރެއްގެ މީހެއްތޯ؟ ހަރުކަށިތޯ މަޑުކަށިތޯ؟ ހަރުކަށި ފިކުރުގެ މީހުން ހިފާ ހައްޔަރުކުރާއިރު މިކަލޭގެ ހިފާ ހައްޔަރު ނުކޮށް ބަހައްޓާފައި ތިޔަ ހުރީ މަޑުކަށި ހޭބުއްދިފިލާ ފިކުރަށް ނިސްބަތްވާތީތޯ؟

  10
 16. ގަފޫރު

  އަދިވެސް ނުރައްކަލީ ހައްދުފަހަނައެޅި ދީނީ ފިކުރުދޯ؟!

  ލާދީނީ ބިލުދޯއެންމެމުހިންމީ؟!

  13
 17. Anonymous

  ތިޔަގާތިލުންގެ ދިފާއުގައި ނުކުއްނަ ވަކީލުންނަކީވެސް ގާތިލުންކަމައް އާއިލާއިން ބަލާނަން .

  12
 18. ހިތާމަ

  އިންސާފެއް މިގައުމަކުން ނުލިބޭނެ އެންމެ ފަހުންވާނީ އެކުއްޖާ އަމިއްލަޔައް މަރުވެގެން ފޮއްޓަކައް އެރިއޮތްކަމައް.

  14
 19. ފާއިޒާ

  ތިކަމަށް ފަންޑުކުރީކޮން ބައެއްތޯވެސް ބަލާ!! ކޮ ބާ އިންކުއަރީ ކޮމިޓީ ؟؟
  ކޮ ބާ އަސްލަމު ؟؟

  10
 20. ާރައިން

  ގިސާސް ނުން ހައްލެއް މިކަމަށް ހޯދޭކަށްނެތް. ހިއުމަން ރައިޓްއޭ ކިޔާ ބައިގަނޑުގެ އަޑު އަހާނަމަ މުޖްތަމަޢުތައް ދާނީ އިންތިހާއަށް ނާމާން ވެގެން. ރަނގަޅަށް ހުންނަ މީހާއަށް ގޭންގު އުފައްދަން މަޖްބޫރު ކުރުވާނެ. ވަރަށް ވެދުން.

 21. ރާކަނި

  މަރަށް މަރު ހިފުމުގެ ގޮތުން މި ވަލު ޖަނަވާރަށް މަރުގެ އަދަބު ދިނުމަށް ގޮވާލަން