ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގައި އޮންލައިންކޮށް ބައިވެރިވަނީ އެނާ ހުންނަވާ ތަން ސާފު ނުވާ ގޮތަށް ކަމަށް ވިދާޅުވެ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.
އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ ހަ ދައުވާއެއް އުފުލާފައިވަނިކޮށް ރާއްޖެ ދޫކުރައްވައި ވަޑައިގަތީ ކްރިމިނަލް ކޯޓުން އެ ހުއްދަ ދިނުމުންނެވެ. އެ ހުއްދަ އަލީ ވަހީދަށް ދީ، ޕާސްޕޯޓް ދޫކޮށްލީ، އެ ކަމުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑޭ) ޒިންމާވާ ގޮތަށް ޖާމިނުވާ އެއްބަސްވުމެއް ކޯޓަށް ހުށަހަޅައިގެންނެވެ.
އެ އެއްބަސްވުން ވެސް ހަމަވެފައިވަނިކޮށް އިއްޔެ ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި އަލީ ވަހީދު ބައިވެރިވެވަޑައިގަތީ އޮންލައިންކޮށެވެ. ކްރިމިނަލް ކޯޓުން މި ހުއްދަ ދިނީ އަލީ ވަހީދުގެ ސިއްޚި ހާލަތު ލިޔެކިއުންތަކަށް ރިއާޔަތްކޮށް އިނގިރޭސިވިލާތުގައި ހުންނަ ދިވެހި އެމްބަސީ މެދުވެރިކޮށް ބައިވެރިވާ ގޮތަށެވެ.
އެކަމަކު ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަލީ ވަހީދު އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވީ އޭނާ ހުރި ތަން ސާފު ނުވާ ގޮތަށް ކަމަށާއި އެ ހުރި ތަން ސާފުވާ ގޮތަށް ޝަރީއަތް ގެންދަން ނޫން ގޮތަކަށް ޝަރީއަތް ގެންދަން ދައުލަތުން އިއުތިރާޒް ކުރި ކަމުގައެވެ.
ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސްކޮށް ޖިނާއީ މައްސަލައެއްގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވި މިއީ ފުރަތަމަ ފަހަރެވެ. މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ދަންނަ ކަމެއް ނޫނެވެ.
އެހެން ވިޔަސް ދައުލަތުން އުފެއްދެވި ސުވާލުތަކުގެ ޖަވާބުގައި މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވެފައިވަނީ އެ ކަމަށް ކޯޓުން ގޮތެއް ކަނޑައަޅާފައިވާ ކަމަށާއި އެ ކަމާ ގުޅިގެން އިތުރަށް ބަހުސް ނުކުރެވޭނެ ކަމަށް ޕީޖީ އޮފީހުގެ ބަޔާނުގައިވެއެވެ.
ޕީޖީން އިތުރަށް ވިދާޅުވި ގޮތުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ހިންގުމަށް ހަދާފައިވާ ގަވާއިދުގައިވާ އެއްވެސް ހާލަތަށް އަލީ ވަހީދުގެ މައްސަލަ ނުފެތޭތީއާ ވެސް އެކު، އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރަން ހުށަހަޅަން ނިންމާފައިެވއެވެ.
ޕީޖީން ވަނީ ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދުގެ އެކި ނިންމުންތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. ޝަރީއަތުގެ ކުރިން ހުށަހަޅަން ޖެހޭ ހުށަހެޅުންތައް އަލީ ވަހީދު ހުށަހެޅީ ވެސް ޝަރީއަތުން ދިން މުއްދަތު ފަހަނައަޅައިދިޔަ ފަހުން ކަމާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ މުއްދަތު ހަމަވި ފަހުން ޝަރީއަތުގައި ހުށަހަޅާ ކަންކަން ހުށަހަޅަން ވެސް އިތުރު ފަސް ދުވަސް ދީފައިވާ ކަން ޕީޖީން ފާހަގަކުރެއެވެ.
އަލީ ވަހީދު ރާއްޖޭން ބޭރަށް ދިއުމަށް ކްރިމިނަލް ކޯޓުން ހުއްދަ ދިން އިރު ކޯޓަށް ހުށަހެޅި ކަމަށް ބުނާ ސިއްޚީ ލިޔެކިއުންތަކާއި ރާއްޖޭން ބޭރުގައި އޮންލައިންކޮށް ބައިވެރިވުމަށް އެދި ހުށަހެޅި ލިޔެކިއުންތައް ދޭން ޕީޖީ އޮފީހުން އެދުމުން މިހާތަނަށް ވެސް ކޯޓުން އެ ލިޔެކިއުންތައް ހުށަހަޅާފައި ނުވެއެވެ. ޕީޖީން ވަނީ މި ކަމާ ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.
އިނގިރޭސިވިލާތުގައި ހުންނަ ދިވެހި އެމްބަސީ މެދުވެރިކޮށް އެތާގަ ހުރެ ބައިވެރިވިކަން އިނގޭ ކަމަށް ވަނީ އެތަނުގައި ހުންނެވި ސަފީރާއެއްކޮށް ފޮޓޯނެގީމަތަ؟ އަބަދު އިސްތިއުނާފްކުރުމުގައި ނޫޅެ އެމްބަސީއިން އެކަން ކަށަވަރުކޮށްލުން ކީއްތޯ؟ ގައިމު އެމްބަސީގައި ސީސީޓީވީ ފުޓޭޖްވެސް ހުންނާނެ.
ހާދަހާވާ ނުފޫޒް ފޯތުވަން މަސައްކަތްކުރޭއޭދޯ އެމް.އެމް.ޕީ.އާރް.ސީގެ ދިފާއީވަކީލް
އެމްބަސިޑާ އެވިދާޅުވާގޮތަށް އައްޔަ އެމްބަސީއަށް އިއްޔަ ދިޔަކަން ނުވަތަ ނުދާކަންވެސް ސާފުކޮށް ޕީޖީއަށް ވިދާޅުވެ ދެއްވަ ފާނަންތޯ؟
ޕީޖީޝަމީމޫ ދެބޯގެރިދުއްވުންހުއްޓާފަ ކޮންމެވެސްއެހެންކަމަކާ އުޅެންވީނުދޯ؟ ތިޔައަޅަނީ ފޫނެއްބާލިދީއަކަށްފެނެވެ. އާޒިމްގެންގުޅުނުކަހަލަދަބަހެއްގެންގުޅޭނަމަ ދިޔާއެއްޗެއްއެޅިޔަސް އޯކޭވާނެއެވެ. އެކަހަލަފެންހަރުލާއެއްޗެއް ނުލިބުނީތޯ؟ ތިޔަކުރާކަންތަކަށްވުރެމާރަނގަޅުވާނެ ދޮހާލައިގެން ފެތެންދިޔަސް ވަރުބަލިވީމަ އެމްއެމްޕީއާރުސީގެހަލާލުބައިން ހެދިގެއަށްވަދެއޭސީޖަހާލާ ކޫލްދޯ؟
އަލީވަޙީދު ސިއްޙަތަށް ލިބިގެން އުޅެނީ ކޮންކަހަލަ އަނިޔާއެއްބާ! އަނެއްކާ ޖިންސީ އަމަލުގެ ސަބަނުން ލިބުނު އަނިޔާއެއްބާ!
ޑްރާމާ ކުޅުއްވަނީތޯ.