ރަހީނުކުރުމަށްފަހު އަނިޔާކޮށް 13 އަހަރުގެ ކުއްޖަކު މަރާލުމަކީ އެޖަރީމާ ހިންގި ބަޔަކުގެ އަނިޔާވެރިކަން އިންތިހާ ދަރަޖައަށް ގޮސްފައިވާކަމުގެ ހެއްކެއް ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން މިގޮތަށް ބުނެފައި ވަނީ، ހުޅުމާލޭގައި ރަހީނު ކުރުމަށް ފަހު އުމުރުން 13 އަހަރުގެ ކުޑަ ކުއްޖަކު މަރާލި މައްސަލައާ ގުޅިގެން، އެކަން ކުށްވެރިކޮށް ނެރުނު ބަޔާނުގައެވެ.
އެމްޑީޕީން ބުނީ، މި މުޖުތަމައުގައި މިފަދަ ޖަރީމާތައް ޖެހިލުމެއްނެތި ހިންގަން މެދުވެރިވާ ސަބަބުތައް އިތުރަށް ދެނެގަންނަން ޖެހޭ ކަމަށެވެ. އެހެންކަމުން ހަށިފުރާނައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވަރުގަދަ އަޒުމަކާއެކު ހަރުދަނާގޮތެއްގައި މުޅިދައުލަތް އެކުގައި މަސައްކަތްކުުރުން ނުހަނު މުހިންމު ކަމަށް އެމްޑީޕީން ބުނެފައި ވެއެވެ.
އެމްޑީޕީން ވަނީ، އެ ކުއްޖާގެ މަރުގެ މައްސަލައިގައި އަވަސް އަދި ފުރިހަމަ ޖިނާއީ ތަހްގީގެއް ހިންގައި، މުޖިރިމުންނަށް ހައްގު އަދަބު ލިބިދިނުން ކަށަވަރުކުރުމުގައި ފަރުވާކުޑަކުރުމެއްނެތި އަމަލުކުރުމަށް ގޮވާލާފައެވެ.
ދެކުނުގެ ރަށަކަށް ނިސްބަތްވާ އެ ކުއްޖާ މަރާލާފައި އޮއްވާ ފެނުނީ ރޭ މެންދަމުއެވެ. އެ ކުއްޖާ ފެނުނީ ހުޅުމާލެ ދެވަނަ ފިޔަވައްސާއި ދިމާ މޫދުން ފޮށްޓެއްގައި އޮއްވައެވެ. އޭރު އެ ކުއްޖާ އޮތީ މަރުވެފައެވެ.
ތަނެއް ދޯހަޅިކަމުން ބޮޑު އިހުމާލުން ދެވެންޖެހޭ ފަރުވާދެވުން ލަސްވެ ކުޑަކުއްޖަކު މަރުވުމަކީވެސް އަނިޔާވެރިކަން އިންތިހާއަށްގޮސްފައިވާ ކަމުގެ ހެއްކެ. ބައެއް ކަންކަމުގައިތޯ ބަސްވިދާޅުވެނީ؟
ރައްޔިތުން ލޮކްޑައުންކޮށް ނުހައްގުން ޖޫރިމަނާ ކުރުމަކީ އަނިޔާއެއް ނޫން ދެއްތޯ
މޮޅު ވާހަކަ ނުދައްކާ ރައްޔިތުންނަށް ކަން ދައްކަން..މި ބައިގަނޑު ބޭނުންވާނީ ވެރިކަމާ މުދާ.. ރައްޔިތުންނަށް ކަންކަން ނުކޮށްދީ ލޮކްޑައުންކޮށްގެން ބަނޑަށް ޖައްސައިފި
މިގައުމު ހަލާކު މިވަނީ ތި މޑޕ އެއއްގެ ނުބައިކަމުން. ފުރަތަމަވެސް ރެކްރޫޓް ކުރީ ހިމަންދޫ މީހުން. ދެން ކުޑަކުދިން. މުސްލިމުންގެ ޖަމާއަތް ހަލާކު ކޮށްލާނެ ހުރިހާ އުކުޅެއް ޒައިނިސްޓުންގެ އެހީގައި ތި ތަންފީޒު ކުރަނީ... މިގައުމުގެ ހަލާކަކީ މޑޕ.
ދިވެހިރާއްޖޭގައި އަނިޔާވެރިކަން ތައާރަފުކުރީ އެމް ޑީ ޕީ އިން ، އެކަންދަމަހައްޓާ ހިއްވަރުދެނީވެސް އެމް ޑީ ޕީ އިން ، މައުމޫނުގެ ވެރިކަން ނިންމަން ރީނދޫ ގުރޫޕަށް ހިޔާލަށް އައީ އަނިޔާކޮށް ތަންތާ އަލިފާން ރޯކޮށް ދިވެހި ސިފައިންނާ ފުލުހުންގެ އަގުވަށްޓާލާ ގައުމުގެ ވެރިން ބަދުނާމްކޮށް ، ގައުމުގެ އިޖުތިމާއީ ފޭރާން ވީދާކުދިކޮށްލުން މިއަދު ތިޔަގޮވަނީ ގުދޯ ގުދޯ ...
މަރުގެ ހުކުމް ތަންފީޒުކުރުމާދެކޮޅު އމީހުން މިވާހަކަ ނުބުނޭ
މޮޅެތި ވާހަކަނުދައްކާ އެކަން ކުރިމީހުން ނައް ހައްގު އަދަބު ދެވޭތޯ ބަލާބަލަ..ލުތުފީ ކިތައްމީހުން މެރި..ކޮބާ ވީކަމެއް ..އަޒުލީނާ މަރާނި މީހަވެސް މިނިވަން ވެފަ..
" ހުޅުޖެހީ މަށޭ ރަށުތެރޭގަ ކިޔާތަ؟ " މުސްކުޅިން ބުނާ ހަރުބަހެއް.
ކަމެއް ހުތްޖަތަކަށް ދައްކާފަ ލާދީނީ ބިލްފަސްކުރަން ޗިޕް ނުޖަހާ. މިސްކާ މިދުނިޔެއާ ވަކިވެގެން ދިޔައީ މިސަރުކާރުގެ އަނިޔާ ވެރިކަމުންކިޔާފަ މިސަރުކާރު އިސްތިއުފާ ދީބަލަ ކެރޭނެތަ؟ އިތުރަށް ދެނެގަންނާނެ އެއްޗެއްނެތް އިސްތިފާ ދިނުން ފިޔަވާ، ތީކީ މި ޤައުމާ ރައްޔަތުން ނައް ކުޑަވެސް ރަޙުމެއް ހަމްދަރުދީ އެއް ހުރި ބަޔަކު އުޅޭ ޕާތީއެއްނޫން.
ﷲ އަހަރުމެން އުޅެންވިގޮތް އަންގަވާފައި ވަނިކޮށް ތިމާމެން މީ އަދި މާމޮޅު ބައެއް ކަމަށް ދެކިގެން ހަދަމުން ދާ ޤާނޫނުތަކުގެ ބަލިކަށި ކަމުން މިހުރިކަމެއް މިދަނީ ދިމާވަމުން. މަރަށް މަރުހިފާކަށް ނުކެރޭ. ވައްކަންކުރީމާ އަތްކަނޑާކަށް ނުކެރޭ.
ފަޓާސް އެތެރެއެއް ނުކުރެވޭ. މަސްތުވާތަކެތި އެތެރެކުރެވޭ! ރަޖިސްޓްރީ ނުކޮށް ޖަމިއްޔާއެއް ނުހިންގޭ. އެކަމަކު ގޭންގުތައް ހިންގޭ. ގޭންގުތަކުން ކުދިން ހަލާކުކުރާކަންވެސް ސިޔާސީ ވެރިންނަށް އެނގޭ. އެކަމު އެކަން ހުއްޓުވާކަށް އެއްވެސް ކަމެއް ކުރާކަށް ނުކެރޭ. އެހެންވީމާ ގޭންގުތަކުގެ ބާރުދާނީ ގަދަވަމުން. ސަރުކާރުތަކުގެ ވެރިންނަށް ވުރެ ގޭންގުތަށް ހިންގާ މީހުން އުޅެނީ މާ ބާރުގަދަކޮށް
މީ ގަސްތުގަ ބަޔަކު އެމީހުންގެ ސިޔާސީ މަންފާ ހޯދުމަށް ހިންގި ނުބައި ޢަމަލުތަކުން ޖީލެއް ހަލާކުވެފައިވާ ކަމުގެ ހިތި ހަޤީޤަތެވެ. މިއަދު މިކަންކަން އައިސް ހެރެމުން މިދަނީ މުޅި ގައުމުގެ ހިތްތަކަށެވެ.
ފެއިލްވެފައިވާ ލާދީނީ ސަރުކާރުން ޒިންމާ ވާން ޖެހޭނެ އަނިޔާވެރިކަމައް
މިސަރުކާރުގެ އަނިޔާވެރިކަންތޯ؟
ޓީ ތިި ސިޔާސީ ބައިގަޑު ގެ އަމިއްލަ މަންފާއަށް ކުއްވެރިން ނަށް ހިމާޔަތް ދިނުމުން ނުކުންނަ ނަތީޖާ. ޜަގަޅު ހެޔޮ ނަމޫނާ ދެއްކޭތޯ ބަލާބަ މާ އަގަ ގަދަ ނުކޮށް
ސިޔާސީންއުފެއްދި މަސްތުގޭންގުން މިކަހަލަކަންކަންހިންގަނީ
އިސްލާމީ ސަރިޔަތް ގާއިމް ނުކުރާހާ ހިންދަކު ތިޔަކަން ދާނީ މައްޗަށް