ގެއްލިގެން ހޯދަމުންދިޔަ އުމުރުން 20 އަހަރުގެ ޒުވާނާ ފެނިފައިވާ ކަަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ގެއްލިގެން ހޯދަމުން ގޮސްފައި ވަނީ ހދ. ކުޅުދުއްފުށި / ރިންސޯ، އަބޫބަކުރު އިބްރާހީމް (20އ) އެވެ.

އަބޫބަކުރު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ޖޫން މަހުގެ 16 ވަނަ ދުވަހުން ފެށިގެން އާއިލާއަށް އެއްވެސް ހަބަރެއްނުވެ، ވީނުވީއެއް ނޭނގިގެންނެވެ.

އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކުރި އެ ޒުވާނާ ފެނިފައިވާކަން ފުލުހުން ހާމަކޮށްފައި ވަނީ މީގެ އިރުކޮޅެއް ކުރިންނެވެ.

ފުލުހުން ވިދާޅުވީ، އެ ޒުވާނާ ފެނިފައިވާ ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކިހާ

    ދެން މިދުވަސްކޮޅު އޮންނާނީ ގެއްލުމާއި ފެނުމާ

    10
  2. ޒަބާދުކުޑޭ

    ފެނުނުތަކާ ފެނުނުގޮތެއް ހާމަ ނުކުރާތި. ގައުމީ ސަލާމަތަށް ނުރައްކާވެދާނެ.