ރާއްޖެއިން ބޭރުގެ ޔޮޓެއް ހާލުގައި ޖެހިގެން އައިސް، މާލޭގެ ފަޅު ތެރެއަށް ވަން މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުންގެ މިީޑިއާ އޮފިޝަލް ވިދާޅުވީ، އެ ޔޮޓް ވަދެފައި ވަނީ ނަސަންދުރާ އާ ދިމާލު ފަޅުތެރެއަށް ކަމަށެވެ. އަދި އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހަވީރު 17:00 ހާއިރު ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ، މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

އަދި ފުލުހުންނާއި އެމައުލޫމާތު ހިއްސާ ކޮށްފައި ވަނީ އެމްއެންޑީއެފް އިން ކަމަށް ފުލުހުން ވިދާޅުވިއެވެ.

އާއްމުކޮށް މިފަދަ ހާލަތެއް މެދުވެރިވެގެން އެހީއަށް އެދޭ މީހުން އަންނަނީ ރަސްމީކޮށް އެކަން ކަމާއި ގުޅުން ހުރި އިދާރާތަކަށް އެންގުމަށް ފަހުއެވެ.

މީގެ ކުރިން މި ސަރަހައްދަށް ބޮޑެތި ޔޮޓް ފަހަރުތަކާއި، ސަފާރީތަކާއި، އަދި ފަތުރުވެރިންނާއެކު ބޮޑެތި އުޅަނދުތައް ބަނދަރު ކުރެއެވެ. އެހެން ނަމަވެސް ކޮވިޑް-19 އާ ގުޅިގެން އެކަން ވަނީ ހުއްޓުމަކަށް އައިސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮރަލް

    ހާލުގަ ޖެހިފަ ވާނަމަ އެހީވާން ޖެހެ އެވެ. ކޯސްޓް އަށް ނޭނގިމާލޭ ފަޅު ތެރެއަށް ބޭރުގެ ޔޮޓަކަށް ވަދެވުނުމައްސަލަތަހުގީގު ކުރަން ޖެހެ އެވެ.

  2. ކަރީމްބޭ

    އަސްތާ އެއްކަލަ ރާޑަރުތައް ކޮބާ؟ ވެރި ރަށް މާލޭ ބަނދަރަށް ވަދެ ނަގިލި އެޅީމަ ރާޑަރަށް މި އެރީ. އެހެންވީމަ ކިހާ އުޅަނދެއް ވަދެފަ ނިކުމެގެން ގޮސްފަ ހުންނާނެ ރޭކާ ނުލާ. މަސްތުވާ ތަކެތި މަދުނުވަނީ މި ގޮތަށް ބޯޑަރު ބަލަހައްޓާތީ ކަން އެނބަ އެނގޭ މިހާރު ރައްޔިތުންނަށް.