ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ހިނގަނީ ގާނޫނު އަސާސީގެ ހަމަހަމަ އުސޫލުން ނޫންކަމަށް ހިލާފަށް ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޖިންސީ ގޯނާގެ ހަ ދައުވާއެއް އުފުލާފައިވަނިކޮށް ރާއްޖެ ދޫކުރައްވައި އަލީ ވަހީދު ވަޑައިގަތީ ކްރިމިނަލް ކޯޓުން އެ ހުއްދަ ދިނުމުންނެވެ. އެ ހުއްދަ އަލީ ވަހީދަށް ދީ، ޕާސްޕޯޓް ދޫކޮށްލީ، އެ ކަމުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑޭ) ޒިންމާވާ ގޮތަށް ޖާމިނުވާ އެއްބަސްވުމެއް ކޯޓަށް ހުށަހަޅައިގެންނެވެ.

އެ އެއްބަސްވުން ވެސް ހަމަވެފައިވަނިކޮށް އިއްޔެ ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި އަލީ ވަހީދު ބައިވެރިވެވަޑައިގަތީ އޮންލައިންކޮށެވެ. ކްރިމިނަލް ކޯޓުން މި ހުއްދަ ދިނީ އަލީ ވަހީދުގެ ސިއްހީ ހާލަތު ލިޔެކިއުންތަކަށް ރިއާޔަތްކޮށް އިނގިރޭސިވިލާތުގައި ހުންނަ ދިވެހި އެމްބަސީ މެދުވެރިކޮށް ބައިވެރިވާ ގޮތަށެވެ.

މިކަމާއި ގުޅިގެން ޕީޖީ ޝަމީމް ވިދާޅުވީ، ‏"ރިހާކުރުފުޅި ވަގަށް ނެގި މީހާ"ގެ މައްސަލައިގައި، އޭނާ ކޯޓަށް ހާޒިރުކޮށް ޝަރީއަތް ކޮށްފައި، އެހެން މީހަކު ވުމުން، ރާއްޖޭގެ އިިހްތިސާސް ނުހިނގާ ތަނެއްގައި، ސުޕްރީމް ކޯޓުގެ ގަވައިދާ ހިލާފަށް ޝަރީއަތް ކުރުން ރަނގަޅެއް ނޫން ކަމަށެވެ.

"އެއީ ޤއ ގެ 19 ގައި ބުނާ ހަމައެއް ނޫން". ޝަމީމް ކުރި ޓްވީޓްގައި ވިދާޅުވިއެވެ.

އަލީ ވަހީދު އޮންލައިން ޝަރީއަތުގައި ބައިވެރިވާ މައްސަލާގައި ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އަލީ ވަހީދު އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވީ އޭނާ ހުރި ތަން ސާފު ނުވާ ގޮތަށް ކަމަށާއި އެ ހުރި ތަން ސާފުވާ ގޮތަށް ޝަރީއަތް ގެންދަން ނޫން ގޮތަކަށް ޝަރީއަތް ގެންދަން ދައުލަތުން އިއުތިރާޒް ކުރި ކަމުގައެވެ.

އަދި ޕީޖީން ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ހިންގުމަށް ހަދާފައިވާ ގަވާއިދުގައިވާ އެއްވެސް ހާލަތަށް އަލީ ވަހީދުގެ މައްސަލަ ނުފެތޭތީއާ ވެސް އެކު، އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރަން ހުށަހަޅަން ނިންމާފައެވެ.

މިއީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސްކޮށް ޖިނާއީ މައްސަލައެއްގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވި ފުރަތަމަ ފަހަރެވެ. މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ދަންނަ ކަމެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަންތަރީސް

    ސިއްރު ޝަރީއަތެއްގެ އަޑުއެހުމުގައި އަައްޔަ ރައްދުދީ ބުނިއެއްޗަކުން ހާދަވަރެއް އެބައަރުވާލައޭ. އޭނަ ކީކޭ ކިޔާފާނެތީބާ މިއުޅެނީ ؟

  2. އުންސުރު

    މިހާރު ޝަރީއަތް ކުރިއަށް ގެންދާތީވެސް ގޯސްތަވަނީ؟

    4
    1
  3. ސާލިމް

    ސަލާމަތެއްނެތް

  4. ލޯބި

    ބަލަ ތިއީ ބޮޑުވަޒީރުގެ ބާރުގައި ކޯޓްތަކުން ކުރާ ކަންތައްތައް!

  5. އައްޔު

    ކެނެރީގޭ ނަޝީދު ރަ އްޔިތުންގެ ކުރިމަތީ ދެން އިންސާފޭ ކިޔައ އިގެން އަގަ ފުޅާ ނުކުރާތި. އެމްޑީޕީގެ ހަގީގަތް ސާފުވެ އްޖެ

  6. ޚަލީލު

    ޙިސާން ޙުސައިން ގާތުގައި ބުނެގެން ފަނޑިޔާރާމެދު ފިޔަވަޅުއަޅަންވީނު. އެއީ ޕީޖީ ޝަމީމުގެ ވަރަށް ގާތް މިތުރެއްނު.

  7. ދުންމާރި

    ސަމީމޫ ބަލަގަ ސަރުކާރުން ރާވައިގެން ކޮން ގޭސްގަނޑެއްތަ ތިޔަ އަނބުރަނީ ކޮބާ ސަރުކާރުގެ ޤާނޫނީ ބާރު ޢަލީވަހީދު ފޮނުވާލީ ޕާސްޕޯޓު ދޫކުރީ ޖާމިންވީ ޖާމިންވި މީހާ ނަގަންޖެހުނު ޒިންމާއެއްނެތް ޢަލީވަހީދުހުރީ ލަންޑަނުގަ ޝަރީޢަތުގަ މަޖިލީހުގަ ބައިވެރިވނީ ރާއްޖޭގެ އެމްބަސީ މެދުވެރިވެގެން ޢަލީވަހީދު ގެނެވޭނެ ފަދަ ބާރެއް ސަރުކާރަކުނެތް އެކަމަކު އެމްބަސީއާ ބަރާބަރަށް މުއާމަލާތުކުރޭ ޝަރީޢަތް ބާއްވަނީ އެމްބަސީއަށް ޙާޟިރުވެގެން އެކަމަކު މާލެ ގެނެވޭނެ ގޮތެއްނެތް ކީކޭތަ ތި ކިޔަނީ މިސަރުކާރުގެ ވެރިންނަށް ހީވާކަހަލަ މިމީހުން ދެބޯގެރި ދުއްވީމަ އެހެންމީހުންމީ މޮޔަބައެއްކަމަށް މުޅިންވެސް ގޭމު ތިޔަ ކުޅެނީ ކަލޭމެން ގެންނަން ބޭނުންވާމީހަކުނަމަ ގެންނާނެ ޢަލީވަހީދު ލަންޑަނުގަ އެ އުޅެނީ މި ސަރުކާރުގެ ހިމާޔަތުގަކަން އިވޭ އަޑުތަކާ ދެކެވޭ ވާހަކަތަކާ ފެންނަ މަންޒަރުތަކުން އެނގެނީ ވަކި މީހަކުވީމަ ފޮޓޯ ގަނޑަކަށް ބަލައިގެންވެސް ޖިނާއީ ޝަރީޢަތް ހިންގޭ އަދި ޝަރީޢަތް ސިއްރުވެސްކުރެވޭ ހާދަ މޮޅު އިންސާފެކޭ ސަދޫމަށްވުރެ ގުނަ ކުރީގަ ކަމަށް ފެންނަނީ

  8. ލާހި

    ޕީޖީ އުޅެނީ އައްޔަ ސަލާމަތް ކޮށް ނުދެވިގެން އެ ކަމަ ކު ޤާޒީ އަ ކީ ރަގޅު މީހެއް އޭނަ ބޭނުން ވަނީ ހު ކުމެއް ކުރަން އަދަބު ދީފަ !

  9. ަަަަަަަަަައަބުދު

    ދިވެއްސަކައްވީތީ ލަދުގަނޭ.