މާލޭ ޗާންދާނީމަގުން ދުއްވާފައި ދިޔަ ޓެކްސީއެއްގައި އަލިފާން ރޯވެއްޖެއެވެ.
މިހާދިސާ ހިނގި ސަބަބެއް އަދި ސާފެއް ނުވެއެވެ.
މަންޒަރުދުއް މީހުން ބުނާ ގޮތުގައި ދުއްވާފައި ދިޔަ ކާރުގައި ކުއްލިއަކަށް އަލިފާން ރޯވުމުން ކާރު މަޑުކުރިއެވެ. އެއާއިއެކު އަލިފާން ނިއްވާ ފުޅި ބޭނުން ކޮށްގެން ކާރުގައި ރޯވި އަލިފާން ވަނީ ވަރަށް ކުޑައިރުކޮޅެއްގެ ތެރޭގައި ނިއްވާލާފައެވެ. ކާރުގައި ރޯވި އަލިފާން ނިއްވާލީ އެސަރަހައްދުގައި ތިބި އާއްމުންނެވެ.
އަލިފާނުގެ ހާދިސާގައި ކާރަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނުލިބެއެވެ. ނަމަވެސް މަންޒަރުދުއް މީހުން ބުނާ ގޮތުގައި ވަރަށް އަވަހަށް އަލިފާން ނިއްވާލެވުމުން ކާރަށް މާބޮޑު ގެއްލުމެއް ނުލިބެއެވެ.
އެމްއެންޑީއެފް އިން ވެސް ވިދާޅުވީ ކާރެއްގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު ޓެކްސީ ޑްރައިވަރު ސިފައިންނާއި ހިއްސާ ކުރިކަމަށެވެ. ނަމަވެސް އޭރު އަލިފާން ވަނީ ނިއްވާލާފައެވެ.
މިދިޔަ އަހަރު ފަހުކޮޅު ވެސް މާލޭގައި މިފަދަ ހާދިސާއެއް ހިނގިއެވެ. އެފަހަރު ދުއްވާފައި ދިޔަ ކާރުގައި އަލިފާން ރޯވެ ބޭނުން ނުކުރެވޭ ވަރަށް ކާރު އެނދިއެވެ.
އަޑިީތެޔޮ ބަދަލު ނުކޮށް އިންޖީނު ސާވިސް ނުކޮށް. 10 އަހަރުވަންދެން ޓެކްސީ ކުރީމަ އަލިފާން ރޯވާނެ
ކާރުގަ ރޯވި އަލިފާން ނިއްވާލުމަށް އިސްނެގި އެމް.އޭ.ސީ.އެލްގެ ފަޔާާފައިޓަރ އަށް އަށްސަރިބަހާ ސާބަސް.