ކޮވިޑް-19 އާ ގުޅިގެން މޮނީޓަރިންގ ހާލަތަށް ލާފައިވާ ރަށްތަކާއި، ގެސްޓް ހައުސް ނެތް ރަށްތައް ފިޔަވައި އެހެން ރަށްތަކަށް ދަތުރު ކުރަން ހުއްދަ ދީފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން މަނާކޮށްފައި ވަނީ މެއި މަހުގެ ހަތަރު ވަނަ ދުވަހުއެވެ. އެއިރު އެކަން މަނާ ކުރީ އަތޮޅު ތެރޭގައި ރަށްތަކުގައިވެސް ކޮންޓްރޯލެއް ނެތި ކޮވިޑް ފެތުރެން ފެށުމުންނެވެ.

އެފަހަރު އެޅި ފިޔަވަޅުތަކާއެކު ދުވަހުން ފެށިގެން ޒަރޫރީ ބޭނުންތަކަށާއި، ސިއްހީ ފަރުވާ ހޯދުމަށް ޓަކައި މެނުވީ، މީހުން ދިރިއުޅޭ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން އެ ދުވަހުން ފެށިގެން އޮތީ މަނާ ކޮށްފައެވެ.

ރައީސް އޮފީހުން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، ގެސްޓް ހައުސްތައް ނެތް ރަށްތަކާއި، މޮނީޓަރިންގގައި ނެތް ރަށްތަކުގެ މެދުގައި ދަތުރުފަތުރު ކުރުން ހުޅުވާލަން ނިންމާފައި ވާ ކަމަށެވެ.

އެހެން ނަމަވެސް މީގެ ކުރިންވެސް މޮނީޓަރިންގގައި އޮންނަ ރަށަކުން އަނެއް ރަށަށް ނުދެވޭ ގޮތަށް އޮންނަ އޮތުން އޮތީ ހަމަ އެގޮތަށެވެ. އަދި ގެސްޓް ހައުސް ހިންގާ ރަށަކަށް އަރާ ނަމަ، އެ އޮންނަ އުސޫލުގެ ތެރެއިން ހުއްދަ ހޯދަން ޖެހެއެވެ. އެހެންކަމުން މާލެ އިން ރަށްތަކަށް ދަތުރުކުރަން ބޭނުންވާ މީހުން އަދިވެސް ކަރަންޓީން ފުރިހަމަ ކުރަން ޖެހޭނެއެވެ. އަދި ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް ދަތުރެއް ވެސް ނުކުރެވޭނެއެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މިހާރު އަންނަނީ ވަރަށް ބޮޑަށް މަދުވަމުންނެވެ. ނަމަވެސް އަދިވެސް އޭޕްރީލް މަހު ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ދަށަށް ދިޔަ މިންވަރަށް އަދިވެސް އަދަދުތައް ދަށެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޓުއި

    ތީ އެއްކަލަ ހުއްދަ ދި ނީ. ޢަދި މަޑުކޮއްބަލަ ކޮވިޑް އެއްކޮށް ރަނގަޅު ވަންދެން

    15
    3
  2. އަލީ

    އައްޑޫ އަށް ނުފޮނުވާތި. ތިއުޅެނީ އަނެއްކާ މިތަން ހަރާބް ކުރަން. ހާއްސަ ހުއްދައިގެ ދަށުން ކެމްޕެއިނަށް އައްޑޫ އަށް މީހުން ފޮނުވުމުގެ ހިތި ނަތީޖާ މިހާރު މިފެންނަނީ

    14
  3. ޟަ

    އެބަ ރަނގަޅު ވޭ

    4
    8
  4. ބުނަންތަ

    ގެސްޓްހައުސް ހުންނަރައްރަށުން މާލެއައިސްވެސް މާލޭތަނެއްގަވަކިން ކަރަންޓިނުވުންމުހިންމު އެހެނީ މިވަގުތުމާލެއަށްވުރެ ރައްރަށުގަ ބަލިގިނަކަމަށް ފެނޭ

    16
  5. ބުނަން

    ސްޓްހައުސް ހުންނަރައްރަށުން މާލެއައިސްވެސް މާލޭތަނެއްގަވަކިން ކަރަންޓިނުވުންމުހިންމު އެހެނީ މިވަގުތުމާލެއަށްވުރެ ރައްރަށުގަ ބަލިގިނަކަމަށް ފެނޭ

  6. ބުރަކި

    އެންމެ ގެސްޓް ހައުސް އެއް ހުރި ރަށުގެ ދެންތިބި ހުރިހާ ރައްޔަތުންގެ ހައްގު ހިފަހައްޓާފަ ގެސްޓް ހައުސް ހިންގާ މީހާގެ ހައްގުދޯ މިއޮތީ ؟؟؟

    12
  7. ސސ

    ކޮވިޑަ ކީ ކަރުދާހުން ގިނަ ކޮށްފިއްޔާ ގިނައިން ފެންނަ ކަމަށްދައް ކާ ކަރުދާހާހުން މަދު ކޮށްފިއްޔާ މަދުން ފެންނަ ކަމަށް ދައްތާ ޒާތުގެ އިބިލީހެއް !

  8. ބެލޭމީހާ

    މިހާރު ވަމުންދާގޮއް ސާފް ވަމުން ނުވަމުން މިދަނީ ރައްޔިތުން ގޭ ބަންދު ކުރުވާފައި ރައްރަށުގެ ބިންތައް ބޭރު ފަރާތް ތަކައް ހިބައިން ކަހަލް ގޮތަކައް ދޭން ވެގެން މިބައިމީހުން މިދަނީ އެއަރ ޕޯޓް ތަރައްގީ ކުރާނަމުގަ ބަލަ ތިޔަ ލޯނުނަގައިގެން ދިވެހިންނައްވެސް އެއރޕޯޓް ތަރައްގީ ކުރެވިދާނޭ މީގަ އެވާގޮތަކީ އެޖެންޓް ނަވާރަޔައް ފައިދާވާގޮތަކައް ތަންދަންދެމުން އެގެންދަނީ ލަފާ ކުރެވެނީ މިމީހުން މިކަން ވރާވަމުންދާތާ ލައްކަ ދުވަސްވެއްޖެ މިޔަރު ހިފުން މަނާކުރީވެސް ރައްޔިތުން ބަޑައްޖައްސަން ދަތިކުރަން ފަގީރް ކުރަން

  9. މަރީ

    މީ ކޮން ހުއްދައެއް. މާލެއިން ރަށަކަށް ދާނާ ހުއްދަ ދެވޭނީ ޒަރޫރީ ބޭނުމަކަށޯ. މައިންބަފައިން މަރުވެގެން ނުވަތަ މާލޭގައި އުޅޭ ތަނުން ނެރުނީމާ. ދެން ކޮބާ ހުއްދާ ދީފަ. އަހަރެމެންގެ ކުދީން ސްކޫލް ބަންދުވީމާ ރަށަށް ދާން ރޮއި ހޭލެނީ. ކީއްވެތަ ވެކްސިން ދެ ޑީޒު ޖަހައިފައި ތިބޭ ބަޔަކު މާސްކު އަޅައިގެން ގައިދުރުކަމާއެކު އަމިއްލަ ރަށަށް ގޮސް ގޭގައި ކަރަންޓީނުވާން ހުއްދަ ނުދޭންވީ. ކޮވިޑަކާ މިކަމަކާ ގުޅުމެއްނެތް. ރައްޔިތުންނަށް ޖެއްސުން ކުރުން ނޫންކަމެއް ނެތް. ސުޕަރ މެޖޯރިޓީ އޮތޭ ކިޔާފައި ހެޔޮ ނުވާނެ މިހާ އަނިޔާވެރިވާކަށް.

  10. އަހުމަދު

    އެހެންވީމާ ދެވޭނީ ގެސްޓްހައުސް ހުންނަ ރަށްތަކަށާއި މޮނިޓަރިންނަށް ލާފައިވާ ރަށްތަކަށްދޯ!

  11. މާމީ

    އަވަހައް އިންޑިއާ މީހުން ތައް ގެނެސް ފުރާލާ.

  12. އަޚް

    ކޮންމެ ދެގެދޭތެރެއަކު ގެސްޓްހައުސް އަޅައިގެން ގެސްޓަކު އެއިން ތަނެއްގައި ނެތަސް ރައްޔިތުމީހާ އެހެންރަށަކަށް ގޮސް ޑޮކްޓަރަށް ދައްކަންވެސް ޖެހޭނީ ފުރަތަމަ 'ސާދަ' ދުވަސް ކަރަންޓީނުވާން ދޯ...