ހުޅުމާލޭ މިސްކިތެއްގައި މާރާމާރީއެއް ހިންގައި މިސްކިތުގެ އެތެރޭގައި ހަޑިހުތުރު ބަހުން ޒުވާބުކޮށްފިއެވެ.
އާއްމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި މީހަކު މިސްކިތުގެ އެތެރޭގައި ހުރެ އަޑުގަދަ ކުރަން ފެށީ ޖަމާއަތުގައި ނަމާދު ނުކޮށްގެން ކަމަށް ބެލެވެއެވެ. ނަމަވެސް އޭނާ ވަނީ ވަރަށް ހުތުރު ބަހުން ހަޅޭލަވާފައެވެ.
ހުޅުމާލޭ 171 ނަންބަރު ފްލެޓް ކައިރީގައި ހުންނަ މިސްކިތަށް ވަދެ އަޑުގަދަކޮށް، މީހުނަށް އުނދަގޫ ކުރި މީހަކަށް، އެކަން އެގޮތަށް ނުކުރުމަށް ނަސޭހަތްތެރިވި މީހަކާ މާރާމާރީ ހިންގި މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ އެމައްސަލަ ފުލުހުންނަށް ހުށަހެޅީ މިރޭ 18:38 ހާއިރު ކަމަށެވެ. މި މައްސަލަ ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ވިދާޅުވިއެވެ.
ވީޑިއޯ އިން ފެންނަ ގޮތުގައި ދެމީހުން ވެސް ވަނީ އެކަކު އަނެކަކަށް ހަމަލާދީ މާރާމާރީ ހިންގާފައެވެ. އޭރު މިސްކިތުގައި ގިނަ ބަޔަކު ތިބި ނަމަވެސް އެއްވެސް މީހަކު އެދެމީހުންގެ މާރާމާރީ ހުއްޓުވަން މަސައްކަތެއް ނުކުރެއެވެ. ވީޑިއޯ ނިމުނުއިރު މިސްކިތުގެ ދޮރު ކައިރީ ފުލުހަކު ހުއްޓެވެ.
އެތަނެ އއް ނިމި ހަލާކުވެގެންދި އުމުގެ އެންމެ ބޮޑު އެ އް އަސްލަކަށް ވެގެންދަނީ މީސްތަކުންގެ ޢަމަލުތަ އް ނުބަ އިވުމުގެ ސަބަބުންނެވެ، އިސްލާމީ ތާރީޚަށް ނަޒަރު ހިންގާލުމުން އެކަން ވަރަށް ރަނގަޅަށް އެނގިގެން ދާނެ އެވެ.
މާތް ﷲ ގެ ރަސޫލާގެ ޙަދީޡުން އިނގެން އޮތްގޮތުގައި، ޒުވާބު ކުރާއިރު ހަޑިހުތުރު ބަހުން ވާހަކަ ދެއްކުމަކީ މުނާފިޤު ކަމުގެ ސިފައެއް!
އެކަމަކު މިސްކިތް ތެރޭގަ އަވަގުރާނަ ގޮވިމީހާޔައް ވވވވވވ ސަލާމް.
މީއަޅެފަހެ މުސްލިމުންތަ؟ މިސްކިތުގަ ތިބި މީހުންވެސް ހުއްޓުވަން މަސައްކަތެއް ނުކުރެޔޯ! މާތް ﷲ ގެ ރަސޫލާ (ސ) ގެ އިރުޝާދު ތަކާއިވެސް މުޅިން ޚިލާފް. އަހަރުމެން މުސްލިމުންނަށް އިސްލާމްދީން ފުރިހަމައަށް އުނގަންނައިދޭނެ ފަރާތެއް ވަރަށް ބޮޑަށް މިމުޖުތަމަޢަށް ބޭނުންވޭ..
މަޑުކަށީގެ ކުއްޖަކު ތިތާހުއްޓާ ވީޑިއޯއިން ފެނޭ. މަޑުކަށި މީހުން މިސްކިތްތަކަށް އަރައި ހިންގާ ކަންކަމާގުޅިގެން ތިހެން ލިޔުނީމާ ނަފުރަތު އުފެދޭނީ. ނަފުރަތު އުފެއްދުމަކީ ހަކުރާގޭ ކުދިން ފިސާރި ކަންބޮޑުވާ ކަމެއް. ނޫސްވެރިންނޭ ތިހެން ނުހައްދަވާ! އަބަދެއް ލިބިދާނެ.
މިއީ ރޭވިގެން ހިނގާ ކަންކަން
ހަމައެކަނި އިވޭނީ މައްސަލަ ބަލަމުންނޭ ދަނީ، ދެން އިވޭނެ އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމޭ. މީ މިތަނުގެ ޙާލަތު
ތީ ބޯހަމަނުޖެހޭ ބޭބެ އެއް ކޮންމެ ދުވަހަކުވެސް މިސްކިތަށް ގޮސް އެކި އެކި ގޯސް ތަށް ހަދާފަ އެބަހުރި. ނަމާދަށް އެބަހުރޭ ގިބުލަ އަށް ފުރަގަސްދީގެންވެސް . ކުރީދުވަހުވެސް މީހަކު ނަމާދުގަ އިންދާ ގޮސް މޭގަ ކޮޅުފައިން ޖެހީ ، ޕޮލިސް ވެސް ގެނައި އެކަމަކު ވީ ކަމެއްނެތް. ޢެބައިނގޭ އެއީ މޮޔަ މީހެއްކަން އާއިލާއިން އެބަޖެހޭ އޭނަ ހިފަހައްޓަން .
ޑްރަގް ރައްކާކުރަނީ މިސްކިތުގައި، ބޮނީ މިސްކިތުގައި، ބޮއިގެން ދެމިފައި ތިބެނީ މިސްކިތުގައި، މިހާރު ތިފެށީ މާރަމޭރީ ހިންގަން.
މިވަރުން ދަންޏާ މާދަމާ މަޖިލިސް މޭޒުން ހުރިހާ މިސްކިތެއް ތަޅާލަން ނުބުނެފިއްޔާ ރަނގަޅު.
އިސްލާމްދީނާމެދު ނަފްރަތު އުފަދާ ﷲއާ ރަސޫލާއަށް ފުރައްސާރަކުރާމީހުންނަކީ ނަފްސާނީ ސިކުޑީގެ މައްސަލައުޅޭ މީހުންކަމަށް ހަދައި ހިމާޔައްކުރުމުގެސަ ބަ ބުން ގައުމުހަލާކުގެތެރެއަށް ވެއްޓީއްގެންމިދަނީ އަވަސް ހައްލެއް ބޭނުން
އަހަރުމެންޒިމްމާނަގަން
މާތްﷲ މިބިންމަތީގައި ލެއްވިމާތްތަންތަނުގެތެރެއިން ތަނެއްއެއީމިސްކިތްތަށް ނަމަވެސް ސަރުކާރުގެ އާދައިގެއޮފީހަކަށްވެސް ސަމާލުކަންދޭވަރަށް މިސްކިތްތަކަށް ނުދެވޭކަމަށް
ދެންނެވިދާނެ މިހެންމިބުނީ އޮފީހުގެ މުހިއްމުކަމަށްބަލާ ތަންބެލެހެއްޓުމަށްސަލާމަތުގެގޮތުން ފިޔަވަޅުއަލާފައިހުރޭ އެއީ ވޮޗަރުންލުމާ ، ކެމެރާހަރުކުރުމާ އަދިވެސް.... ނަމަވެސް މާތްﷲ
ހުރުމަތްޔެރިކުރައްވާފައިވާ މިސްކިތްތައް ބެލެހެއްޓުމަށް މިފަދަކަންކަން ކުރެވިފައިވާތަނެއް
ނުފެނޭ ވީމާ، މިި ބިންމަތީގައިވާ އެންމެ އަމާންކަމާ، ރަށްކާތެރިކަމަށްބެލެވޭ މިސްކިތްތަކުގެ
ހުރުމަތްކަނޑާ މަސްތުވާތަކެތި ބޭނުންކޮށް ، ޒުވާބުކޮށް، މާރާމާރީހިންގާ އެމާތްތަނަށް ކޮންމެހެންވެސް ދިއުމަށް ހަމަޖެހިފައިވާތަން މިހާރުމިދަނީ ބިރުވެރިތަނަކަށްވެ ދިއުމަށް
ފަސްޖެހޭނެ މަންޒަރުތަށް ފެންނަމުން އަދި ކޮވިޑްބަލިމަޑުކަމާގުޅިގެން އެތަންތަން ބަންދުކޮށް
ނަމާދުކުރުމަށާ، ﷲއަށްޒިކުރުކޮށް ދުޢާކުރަންދިއުންމަނާކުރެވިފައިވާއިރުވެސް ފެނޭ އިންތިޚާބަށް
ކެންޕޭނކު
ހިތާމަ ހުރި މަންޒަރެއް. ދެ މުސްލިމު އަޙުން މައްސަލަ ޖެހިގެން އުޅޭ އިރު ކައިރީގަ ހުރި އެކަކު ވީޑިއޯ ކުރަނީ ދެން ތިބި މީހުން އަޅާވެސް ނުލާ ކުޅިބަލަން ތިބީ. ތިތާ ނެތް ރަނގަޅު އެކަކުވެސް. ތިޔެއްނޫން ރަސޫލާ އަހަރެމެންނަށް ދަސްކޮއްދެއްވި ގޮތަކީ.
މިމީހުންގެ އަސްލު ސޫރަ މިފެންނަނީ.