17:11

ކޮވިޑް-19ގެ ލުއިތަކަށް ފަހު ޖިމްތަކުން ހިދުމަތް ދިނުމަށް ހުއްދަ ހޯދާނެ ގޮތް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމު ކޮށްފި

12:31

ޖޫރިމަނާއެއް ނުކުރޭ، ޚަބަރު ލިޔަނީ އަޅުގަނޑުގެ ޚަބަރު ހިނގާތީ: ނަހުލާ

12:08

މުޅި ރާއްޖޭގައި ކޮވިޑަށް ޚާއްސަ 605 އެނދު، 57 ވެންޓިލޭޓަރު.

11:45

ޑެލްޓާއަށް ވުރެ ނުރައްކާތެރި ވޭރިއަންޓެއް އިންޑިއާގައި ފެތުރެން ފަށައިފި.

11:18

ކޮވިޑްގައި 37 އަހަރުގެ ފިރިހެނަކު ނިޔާވެއްޖެ.

11:18

ކޮވިޑްގައި 37 އަހަރުގެ ފިރިހެނަކު ނިޔާވެއްޖެ.

09:17

ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި އެތައް މިލިއަން ބަޔަކު މިލިއަނަރުންނަށް ވެއްޖެ

08:49

މާލެ އިން މިހާރު ދުވާލަކު 2000 މީހުން ވެސް ކޮވިޑަށް ޓެސްޓެއް ނުކުރޭ!

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް މަދުވެ އަނެއްކާ ވެސް އުއްމީދީ މަންޒަރެއް އަންނަނީ ފެންނަމުންނެވެ. އަންގާރަ ދުވަހަކީ މާލެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު 100 އަށްވުރެ ދަށުގައި ހުންނަތާ ހަތްވަނަ ދުވަހެވެ.

އަންގާރަ ދުވަހު 145 މީހުން ކޮވިޑަށް ފައްސިވިއެވެ. ފައްސިވި މީހުންގެ ތެރެއިން މާލެ އިން ފައްސިވީ 61 މީހުންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 77 މީހުން ފައްސިވިއެވެ. މީގެ އިތުރުން އިތުރު ހަތް މީހަކު ރިސޯޓްތަކުން ފައްސިވިއެވެ.

އަންގާރަ ދުވަހު ކޮވިޑަށް ޓެސްޓް ކުރީ 4548 މީހުންނެވެ. އެހެންކަމުން ކޮވިޑަށް ފައްސިވެފައި ވަނީ ޓެސްޓް ކުރި މީހުންގެ ތެރެއިން %3 މީހުންނެވެ.

އަންގާރަ ދުވަހަކީ ފާއިތުވި ދެމަހެއްހާ ދުވަހަށް ބަލާއިރު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ކޮވިޑަށް އެންމެ މަދުއަދަދެއްގެ މީހުން ފައްސިވި ދުވަހެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މަދުވާން ފެށުމުން މިރޭ ވަނީ ބައެއް ލުއިތައް ދޭން ނިންމާފައެވެ. އޭގެ ތެރޭގައި މިހާރު ހަވީރު 16:00 ގައި ކާފިއު ހިންގަމުންދާ ދިއުމަށް ބަދަލު ގެނެސް ކާފިއު ގަޑި ފެށޭނީ އިރުއޮއްސި 18:00 އިން ފެށިގެން ކަމަށް ވަނީ ނިންމާފައެވެ.

އަދި އޭގެ އިތުރުން ޖިމްތައް ވެސް ފަތިހު 05:00 އިން ހަވީރު 18:00 އަށް ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދޭން ވަނީ ނިންމާފައެވެ. ނަމަވެސް ޖިމްތައް ހުޅުވުމުގެ ކުރިން އެޗްޕީއޭ އިން ހާއްސަ ހުއްދައެއް ނަގަން ޖެހޭނެއެވެ. އަދި ޖިމްތަކުން ހިދުމަތް ދެވޭނީ ވެސް އެޕޮއިންޓްމަންޓް އުސޫލުންނެވެ.

މީގެ އިތުރުން މޮނިޓަރިންގައި ނެތް ރަށްތަކުން އެހެން ރަށްތަކަށް އިތުރު ހުއްދައެއް ހޯދުމެއްނެތި ދަތުރުކުރުމުގެ ހުއްދަ ވެސް ދޭން ވަނީ ނިންމާފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލލ

    ތިޔަ އަދަދު ތަކަކީ ކަރުދާހުން މަދު ކޮށް ދެއްކީމާ މަދުކޮށް ފެންނަ ކަރުދާހުން ގިނަކޮށް ދައްކައިފިއްޔާ ގިނަކޮށްފެންނާނެ އެއްޗެއް !

    3
    1
  2. ފޮނިވުން

    ދެން އެންމެ ގިނައިން ކޮރޮނާ އޮންނަ ޤަވްމެއްބަލާ ފަތުރުވރިން ގެނަންފަށާފިނަމަ އަނެއްކާވެސް ކުރިންޖެހުނު ޙާލު ޖެހޭނެ ވިސްނަވާތި