އިންޑިއާ އިން ރާއްޖެ އަށް ގުރުއާނާއި އަރަބި ކިޔަވައިދޭން ޓީޗަރުން ގެންނަނީ އެކަށީގެންވާ ވަރަށް ދިވެހިން ނުލިބޭތީ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މި ދެ މާއްދާ ކިޔަވައިދޭން އިންޑިއާގެ ޓީޗަރުން ގެންނަން ނިންމިކަން އެ ގައުމުގެ ނޫސްތަކުން ރިޕޯޓް ކުރުމުން އެޑިއުކޭޝަން މިނިސްޓްރީއަށް ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. ދިވެހިންގެ ތެރޭގައި ޓީޗަރުން ތިބިއިރު ބޭރު މީހުން ގެންނަން ޖެހޭ ސަބަބާއި މެދު އެތައް ބަޔަކު ވަނީ ސުވާލުވެސް އުފައްދާފައެވެ.

އިންތިހާ އަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ، އިންޑިއާގެ ދެކުނުގެ ކެރެލާ ސްޓޭޓުން ފަސް އަރަބި ޓީޗަރުންނާއި ފަސް ގުރްއާން ޓީޗަރުން ރާއްޖޭގެ ނުވަ ސްކޫލްއެއްގައި ކިޔަވައިދެމުންދާ ކަމަށެވެ.

އެ ޓީޗަރުންނަކީ މި މާއްދާތައް ކިޔަވައިދޭނެ ދިވެހި ޓީޗަރުން ހޯދުމަށް ތަކުރާރުކޮށް އިއުލާނުކޮށް، ޓީޗަރުން ލިބިފައި ނުވާ މަގާމުތަކަށް ޓީޗަރުން ހޯދުމަށް އެކި ގައުމުތަކުގެ ހައިކޮމިޝަން ތަކުގައި އެހީތެރިކަމަށް އެދުމުން އިންޑިއާއިން ފޮނުވައިދިން ޓީޗަރުން ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

އެ ޓީޗަރުން ފޮނުވާފައިވަނީ ހައިކޮމިޝަންގެ ފަރާތުން، އިންޑިޔާގެ ސަރުކާރުން ސްޕޮންސާ ކޮށްފައިވާ އިންޑިޔާގެ ރެކްރޫޓްމަންޓް އޭޖެންސީ، ނޯކާ ރޫޓްސް މެދުވެރިކޮށް މިދިޔަ އަހަރު ރެކްރޫޓްކޮށްފައިވާ ޓީޗަރުން ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

މިނިސްޓްރީން ވިދާޅުވީ، މިޓީޗަރުން ރެކްރޫޓް ކުރުމުގެ ކުރިން، މި ދާއިރާއިން ރާއްޖޭގެ މުދައްރިސުން ތަމްރީނުކުރާ މަރުކަޒު ތަކުގައި ކިޔަވާ ދަރިވަރުންނާއިވެސް ވާހަކަ ދެކެވި، މުދައްރިސުންގެ ދަތިކަން ހުރި ރަށްތަކަށް ދެވޭނެ ފަރާތްތައް
ލިބޭތޯވަނީ މަސައްކަތްކުރެވިފައިވާ ކަމަށެވެ.

"ނަމަވެސް ޓީޗަރުން ނުލިބި ގިނަ ދުވަސްތަކެއް ވެއްޖެނަމަ ދަރިވަރުންގެ ކިޔެވުމަށް ނޭދެވޭ އަސަރު ކުރުމުގެ ބިރު އޮތުމުން އެ ފުރުސަތު ވަނީ ބިދޭސީ މުދައްރިސުންނަށް ދެވިފައި" މިނިސްޓްރީގެ ބަޔާނުގައިވެއެވެ

މި މަގާމުތަކަށް ދިވެހި ޓީޗަރުން ތަމްރީނުކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި ކަމަށް ބަޔާނުގައިވެއެވެ.

އަދި ދިވެހި މުދައްރިސެއް ލިބޭ ނަމަ ލޯކަލައިޒް ކުރުމުގެ ޕޮލިސީގެ ދަށުން އެ މަގާމްތަކަށް ދިވެހިން އައްޔަން ކުރެވޭނެ ކަން ވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

43 ކޮމެންޓް

  1. .....

    ތީ ދޮގެއް....ރާއްޖޭގައިމަދެއް ނޫން އަރަބި ކިޔަވަދޭ މީހުން...ގުރުއާންގެ ދެލި ގަނޑު ފަރިތަ ކޮށްދޭ މީހުން....ގުރުއާންގެ އިލްމު ކިޔަވަދޭ މީހުން...އެހެނެއް ނޫން ވަނީ ތިމާމެން ބޭނުންވާ ގޮތަށް ކިޔަވަދޭނެ ބަޔަކު ނުލިބުނީ...އިންޑިޔާއިން ކީއްކުރަން އަރަބި ކަރައިން ގެނައި ނަމަ....އެއީ އަރަބިންނޭ ގުރުއާން އޮތީ....ހިންދީ ބަހަކުން ނޫނޭ

    76
    • ގައިދުރު

      ދެން ކީއްވެ ބާ އިނގިރޭސި ކިޔަވާދޭން އިނގިރޭސިން ނުގެއްނަނީ. ޙައްހައާ

      12
      2
      • ޖާހިލު

        ޤުރްއާންއާ އިނގިރޭސިބަހާ އެއްވަރު ތިކޮށްލީދޯ

  2. މުހައްމަދު

    ދިވެހިންވެސް ލިބޭނެ އެވަރުގެ މުސާރައެއް ދީބަލަ ޓީޗަރުން މީ ގައުމު ބިނާކުރާ މީހުން އެކަމަކު އެމީހުންގެ މުސާރަ ކުޑަ

    61
    • Anonymous

      އިންޑިޔާގެ ވަކި އަދަދެއްގެ މީހުނަށް ވަޒީފާދޭން މޑޕ އިން ވަނީ އެއްބަސްވެފައި. ރައީސް ޔާމީން ދިވެހިންނަށް އިސްކަން ދެއްވައި އިންޑިޔާ މީހުނަށް ވަޒީފާ ނުލިބުނީމަ ގައުމަށް ގައްދާރު ލާދީނީ ބަޔަކު ވެރިކަމަށް ގެނައީ ދިވެހިންގެ ހުރިހާ ހައްގެއް އިންޑިޔާއިން ފޭރިގަތުމަށް.
      ދިވެހިންނަށް މިވަރު ނުވިސްނިގެން އުޅެނީ ކީއްވެތަ؟

      49
  3. ތިކަން ޤަބޫލު ކުރެވޭ

    ދިވެހި ޤުރްއާން ޓީޗަރުން އުޅެނީ އަމިއްލަ ފަރާތްތައް ހިންގާ ޤުރްއާން ކްލާސް ތަކާއި، އަމިއްލައަށް ގޭގެއަށް ގޮސްގެން ކުދިންނަށް ޤުރްއާން ކިޔަވައި ދިނުމުގަ އެވެ. ހަފްތާއަކު 1 ގަޑިއިރުގެ 3 ކްލާހަށް މަހަކު ފީ ނަގަނީ މަދުވެގެން -/1500ރ އަށެވެ. އެކި ގޭގެއިން މަހެއްގެ މައްޗަށް -/30،000ރ ހޯދާނެއެވެ. އެހެން ކަމުން އެނޫން އެހެން ގޮތެއް ނެތުމުން ތިގޮތް ވެސް ބަލައިގަނެވެ އެވެ.

    9
    39
    • ކޮވިޑް

      ބަލަ ދިވެހިންނަށްވެސް ތިގެންނަ ބޭރުމީހުނަށް ދޭ އިނާޔަތާ. މުސާރަ ދީބަލަ؟މެޑިކަލް އެކަމަޑޭޝަން ، ކޮށްތުފައިސާ، އަހަރަކު އެއްފަހަރު ޗުއްޓީ އަށް ދާން ދެކޮޅު ޓިކެޓް، ދިވެހިން ދަނީ ގޭގެ އަށް ޓިއުސަން ދޭންތޯ ބަލަން؟ ދެކޮޅުނުޖެހޭތީ ގޭގެ އަށް ގޮސް ގަނެތެޅިގެން ތި 30،000ރފ ހޯދަނީ. ބޭރުމީހުންވެސް ޓީޝަން ވެސް ދޭ. ތިބުނާ ގޮތުންނަމަ ބޭރު ޓީޗަރުން މުސާރައިގެ އިތުރުން 50000 ވަރު ހޯދާނެތާ؟

      46
      1
  4. ކޮވިޑް

    އޯކޭ ނުލިބުނީމަ ޤުރުއާން ޓީޗަރުން ގެނައުން އެކަމް ސުވާލަކީ ހަމަ އެކަނި އޮތް ޗޮއިސް އަކީ އިންޑިއާ ތޯ؟ އެނޫންގައުމަކުން މި ޤައުމަށް މީހުން ފޮނުވަން ޖެހިލުންވަނީތޯ؟މީގެ ކުރިން ކިޔަވާދިން ދިވެހި ޤްރުއާން މިދައްރިސުންތަށް ވަޒީފާ އިން ވަކިވީތޯ؟ ނޫނީ ވަކި ކުރީތޯ؟

    65
  5. އަތޮޅޭ

    ދިވެހިންނެއް ނުލިބޭނެ. އަދިވެސް މަސައްކަތާއި ނުބައްދަލު މުސާރައެއް ޓީޗަރުންނަށް ތިދެނީ. އަދި ވެސް މިއައްވުރެ ހާލަތު ގޯސް ދުވަސްތަކެއް ކުރިޔައްއޮތީ ހީވާގޮތުން ދިވެހި ކިޔަވައިދޭންވެސް ގެންނަށްޖެހޭނީ އިންޑިއާ މީހަކު

    49
    2
  6. ހަސަދު

    ޓީޗަރުން ވެސް ނުލިބޭނެ. ޓީޗަރަކަށް 10000 ރުފިޔާ ވެސް ހަމަ ނުވޭ. މިހާރު މިއޮތް ސިޔާސީ މޮޑެލް ބަދަލު ވެގެން ނޫނީ އެއްވެސް ދާއިރާ އަކަސް ޕުރޮފެޝަނަލް މީހުން ނުލިބޭނެ.

    41
  7. މިނިސް

    އިންޑިއާ އިން ގެނައި ޓީޗަރުން ކުރާ ހަރަދު ދިވެހި ޓީޗަރުން ނަށް ކޮށްބަލަ ، އޭރަ ދިވެހި ީޗަރުން ލިބޭނެ.
    ދިވެހި ޓީޗަރުން ހޯދަން ކުރާ އިޢުލާންގަ މުސާރަ 6000 ރުފިޔާ ޖެހީމަ އެޕްލައި ނުކުރާނެ ދޯ

    39
  8. ޢިބްރާ

    ޙުސްދޮގު

    28
  9. ޣރގ

    މީ ކެލާގެ ކުރީގެ އަރަ ބި ޓީޗަރުވެސް ސްކޫލަށް ކިޔަވާދޭން ނާންނަތާ 6 މަސް ކުދިން އަރަ ބި ފަށަފައި މުގައްރަރުން ކުޑަ މިންވަރެއް ހާސިލްވީ. ޓީޗަރު އަދިވެސް ހުރީ ކެލާ އަރަ ބި ޓީޗަރު މަގާމުގައި. ސްކޫލުން އިތުރު ޓީޗަރެއްވެސް ނު ހޯދާ ހުރި ހާ ގެއްލުމެއް ކުދިންނަށް. މިކަން ބެލޭނެ ނޫނީ ބަލާ މުއައްސަސާއެއް ނެތް. މިގޮތަށް އިނގިރޭސި ޓީޗަރުވެސް 3 އަހަރު އެހެން ސްކޫލެއްގައި ކިޔަވާދިން ކެލާ ސްކޫލު ޓީޗަރެއް ގޮތުގައި ހުރެ.

    15
  10. Anonymous

    މަޖިލީހުގައި ތި ބީ ޕްރޯސް އެހެންވެ މުސާރަފުޅު ބޯޑީ

    21
  11. މަބޭ

    މީމިހާރު މިގައުމުގެ ހާލާތު ޑޮކްޓަރުންވެސް ހޮސްޕިޓަލްތަކުގަ ބަލިމީހުންނުބަލާ އެކަމު ކްލިނިކްތަކުގަ ބޮޑުއަގުނަގައިގެން އެކަންކުރެވޭ މިނައްވުރެ ޖާހުލުވީމަ އެގައުމެއް ދެންވާނީހަލާކު

    19
  12. ކުލުނު

    އިންޑިއާއަށްވުރެ އިސްލާމީ އާދަ ކާދަތަކާ ތަންކޮޅެއް ރައްޓެހި ޤައުމުތަކުން މީހުންގެންނަ ނަމަ ދިވެހިން ފާޑެއްނުކިޔާނެ

    34
  13. ޖަޒީރާ އެލެކުސް

    އެއޭސީއެލްގެ ބޮޑެތި މަގާމުތަކަށް އިންޑިއާ މީހުންނާއި އެހެން ގައުމު ތަކުގެ މީހުން ލައި ދިވެހިންގެ ބާރު ކަނޑުވަމުން ދަނީ ދިވެހިން ނުލިބިގެންތަ. އެމީހުން ގެނެސް އެދެނީ 25 - 30 ޑޮލަރާއި ދެމެދުގެ މާސިންގާ މުސާރަ. އެފަދަ މަގާމު ތަކަށް ޝަރުތު ހަމަވާ އެއް ހާސް މީހުން ރާއްޖެއިން ނުލިބުނަސް މިހާރު އެތާ އެތިބި އަދަދަށް މަތީ ތަޢުލީމް ހާސިލްކޮށްގެން ތިބި ދިވެހީން ލިބޭނެ. ވެގެން އުޅެނީ އިންޑިއާ އާއި އިނގިރޭސި ރައްޔިތުންގެ ތެރެއިން މީސް މީހުންނަށް މި ގައުމުން ހުރިހާ އެއްޗެއްވެސް ދޭން މި ކޮރަޕްޓް ސަރުކާރަށް މަޖުބޫރުވަނީ.

    20
  14. މަސްއޫދު

    ދޮގުހެދުމުގައި ހައްދު ފަހަނަޅައިފައިވާ އަންހެނެއް! ކަލޭ ހީކުރަނީ އަޑުއަހަންތިބެނީ މޮޔައިންހެއްޔެވެ! ކިތައްދިވެހިން ވަޒީފާނެތިގެން ހުސްކޮށްތިބީ ދިރާާއެއްކޮށް އަންދާޒާއެއްހައްދަވާ! ދިވެން ނުލިބޭނަމަ ދިވެހި ޓީީީީީީީީީީޗަރުން ނުލިބޭނަމަ ޓީޗަރުން އުފައްދަވާ!ކުރީގެ ސަރުކާރުތަކުގައިވެސް ކަންކުރީ މިގޮތައް! ގާރީން އުފެއްދުމަށް ބޭރުގެ މުސްލިކު ގައުމުތަކުން ގާރީން ރާއްޖެގެނެސް އެތަކެއް ގާރީންނެއް އުފެއްދީ! ގާރީން ނުލިބޭ ވަހަކަ ތިޔަދައްކަނީ މިސަރުކާރުން! މީގެ ކުރީގެ ސަރުކާތަކުން ތިޔަވާހަކައެއް ނުދައްކާ!

    29
  15. Anonymous

    ދޮންކަނބުލޯ
    ސައުދީން ވެސް މީގެ ކުރީގައި ދިވެހިރާއްޖެއަށް ޓީޗަރުން ފޮނުވާދޭ. ޚަބަރު ބައްލަވައެއް ނުލައްވަންތޯ. އިންޑިޔާތޯ އެންމެ އިސް ޤައުމަކީ.
    ނޫނީ މިސަރުކާރު ވީމާ ނުފޮނުވީބާ

    24
    • Å

      ކަމަކުނުދޭ

  16. ލާދީނީ ބައިގަނޑު

    ކަމަނާޔައް ގުރުއާން ކިޔަވަން ނޭނގުނަސް ތަޖްވީދުމަގުން ރީއްޗައް ގުރުއާން ކިޔަވަންް ދަންނަ ބައިވަރު ދިވެހިން މިރާއްޖޭގެ ކަންކޮޅުުތަކުގަ އެބްތިބި ދިވެހުންވެސް އެކަށީގެންވާ މުސާރަ ދިނީމާ ފާނެ ވަޒީފާޔައް ބެރުމީހަކަށް ވިސާލާރި ބޭސްފަރުވާ ނިދުން އަހަރުވުމުން ދެކޮޅު ޓިކެޓު މީގެ އިތުރައް މަހުމުދާރަ 200 ޑޮލަރު މަދުވެގެން ޖުމްލަ ހިސާބު ޖައްސަވާ ދިވެހިމީ ނިދުމެއް ކެއުމެއް ވިސާއެއް ބޭސްފަރުވާއެއް ޓިކެޓެއް މަސްނިމޭއިރު ވަޒީފާ އަދާކުރާތަނުން ކިޔާރީތިނަންތަކުން ލިބޭ އެތިކޮޅައެކު 4000 ނޫނީ 6000 ދެން ކަމަނާ ކިޔާބަލަ

    18
  17. ފެށުން

    އެހެން ވިއްޔަ އަންނަ އަހަރަށް ތިޔަ މިނިސްޓްރީއަށް ވެސް އިންޑިޔާ މީހަކު ހަމަޖެހޭނެކަން ނޭގޭ.
    .

    22
    1
    • މުންނާ ބާބޫ

      މިހާތަނަށް ފެނުނު އެއްމެ ރަންގަޅު ކޮމެންޓް . މިކަން ވެސް މާދުރަކުނޫންއަތީ؟

  18. ދެރަ

    ރައްރަށުގަ ކިޔަވައިގެން އައީމަ ވަގުތީ ޓީޗަރެއްގެ ގޮތުގައި ގިނަ ތަންތާ ގުރުއާން މުދައްރިސުން ތިބެނީ.. 2އަހަރު 3އަހަރު ވާ އިރުވެސް ދާއިމީ ނުކޮށްދޭ.. ދެން އެހާ ކުޑަ މުސާރައަކަށް ކިހިނެއް އހެން ޖޮބުތައް ނުހޯދާ ތިބޭނީ

    15
  19. ފޫހި

    ހުސްދޮގު އިންޑިޔައެމްބަސީ އަޑީގައި އޮވެ ރާއްޖެއަށް ބާރުގަދަކުރަން ކުރާ ކަންކަމާ އެއްގޮތަށް ކުރިކަމެއް. އެމްބަސީއިން މަންމަ ފައްޓަރުބައި ދޭށޭ ކިޔާފަ އެމްއޯޔޫއެއް ފޮނުވިއަސް މިނިސްޓަރުންނަށް ސޮއިކުރުން ނޫންގޮތެއްނޯންނާނެ

    13
  20. މިނިސްޓަރަށް

    ސުބުޙާނައް ﷲ. މިވަރުގެ ބޮޑެތި ދޮގުތައް ހަދަން ހެޔޮނުވާނެ. އަޅުގަނޑަކީ ރަނގަޅު ރެޒަލްޓަކާއި އެކު ބޭސިކް އިންފެށިގެން ޤުރްއާން ޓީޗިންގ އިން އެސޯސިއޭޓް ޑިގްރީ ހަދާފައިވާ މީހެއް. އަދި އަޅުގަނޑަށްވުރެ މައްޗަށް ކިޔަވައިފަ ތިބި އެތައް ބައެއް ޖޮބް ނުލިބިގެންވެސް އެބައުޅޭ.
    އަޅުގަނޑު މިހާރު މިދިޔަ ފެބްރުއަރީ މަހުގެ ފަހުންވެސް 3 ސުްކޫލަށް ޤުރުއާން ޓީޗަރެއްގެ ވަޒީފާ އަށް އެޕްލައި ކޮށްފިން.
    އިންޓަރ ވިއު އަށް ދިހަވަރަކަށް ކުދިން ކޮންމެ ތާކަށްވެސް ދޭ. އެކަމަކު ފާހަގަވި ކަަމަކީ އިންޓަރވިއު ކުރާއިރު މީހަކަށް މާކުރިން ޖޮބް ހަމަޖައްސާފަ އޮންނަ ކަހަލަ ގޮތަކަށް އިންޓަރވިއު ދާކަން.

    21
    1
  21. ފާތުން

    ހުސް ދޮގު ތީ. އަހަރެންވެސް މީ ތި ދާއިރާއިން ކިޔަވައިގެން އައިސް ހުރި ކުއްޖެއް. ވަޒީފާ އިއުލާން ނުކޮށްގެން ވަޒީފާ ނުލިބިފަ ހުންނަތާ މިހާރު ކިތަންމެ ދުވަހެއް. މިހެން ކިތަންމެ ކުދިންނެއް އެބަތިބި ވަޒީފާ ނުލިބިފަ.

    19
  22. ފެށުން

    ކެބިނެޓަށް ވެސް ދިވެހިން ނުލިބޭނެ ދެން އިންޑިޔާ އިން މީހުން ގެންނާނީ ދޯ

  23. މާކު

    ހޭބަލީވީތަ. ހަމަ ނުބައިކަން މަކަރުވެރިކަން ރާއްޖޭގަ ހަލާކުމީ

  24. ރަދީފް ހުސެން

    ވެރިކަމުގަ މި ހާރު ހުރި މީ ހަކީވެސް މީ ހަކުނެތިގެން ލީމީ ހެއް. ރިމޯޓް ކޮންޓްރޯލް އޮތީ އިނޑާޔަ.

    10
    • މުންނާ ބާބީ

      އެކަލޭގެ ރިޕްލޭސްމަންޓެއް އެބަބަލަން ކަޕޫރްތަލާއިން ، އެމްބަސީ މެދުވެރިކޮށް މިބަލަނީ ، ދާންވާނެ އެގެންނަމީހާ އަށް މަރުހަބާކިޔަން

  25. ލޫޓުވާ

    މިނިސްޓަރުު ނަސީމްބުނެފައޮތީ މިސްރު ޑޮކްޓަރުން ނޫން ބަޔަކު އެބަޖެހޭ ގެންނަށް. އެއީ ވަރަށް ވާހަކަ. ޤުރުޢާން ކިޔަވައިދޭން ހިންދޫއިން ގެނައިމަ ހުންނާނީ ހެޔޮވެރިކަމެއް ކުރެވިފަ. ޢަރަބިން ނުވޭ އެއްޗަކަށް. ބަލަ އަޞްލަކީ ޢަރަބި ޤުރުއާންއޮތީ ޢަރަބި ބަހުން ހިންދޫއަކުންނޫން

  26. އަޙްމަދު

    ބިދޭސީން ތިބި މަގާމުތަކަށް ދިވެހިން ހޯދުމަށްޓަކައި 2019 އިން މިއަދުގެ ނިޔަލަށް ކޮށްފައިވާ އިއުލާނުގެ އަދަދު 219.
    ޤުރުއާން ޓީޗަރުން ހޯދުމަށް: 2017 އިން މިއަދުގެ ނިޔަލަށް 208 އިއުލާން
    އަރަބި ޓީޗަރުން ހޯދުމަށް: 2015 އިން މިއަދުގެ ނިޔަލަށް 137 އިއުލާން
    މަސްދަރު: ދިވެހި ސަރުކާރުގެ ގެޒެޓް.

    1
    1
  27. ސަފަރު ކައްދަ

    ދޮގު ހަދާކަށް ނުވާނެ ތިޔަވަރަކަށް. އިންޑިޔާ ނޫނީ ޤަޢުމެއް ނެތް ދޯ. މިޤާއުމުގައި ކިޔާދޭން ތި މާއްދާ ކޯސް ފުރިހަމަކޮށްފައި ތިބި މީހުން ކޮބާތަ. ހިސާބުތަށް ދައްކަ ބަލަ. މަންޖޭ މިނިސްޓަރޫ މަންހަޖު އަދި އެސެސްމަންޓާ އިމްތިހާންތަށް އޮތީ ކޮން ބަހަކުންކަން އެނގޭތަ؟ ލަދުން ބޯ ހަލާކު. ކޮޔާ ކޯ ޗަކުންތަ ޕީ އެޗް ޑީ ހެދީ ޤަޢުމު ވިއްކާ ނުލާ ގޮނޑަށް ދޭ ބަލަ.

  28. ދިވެހި ރައްޔިތުން

    ކޮންމެ ރަށަކަށް ތީގެ ޓީޗަރަކު ގެންނަން އެބަޖެހޭ.

    1
    4
  29. Anonymous

    މޑޕ މިގައުމު ހަލާކު ކުރާނެ.

  30. އަލްޖިބްރާ

    ދިވެހި ޓީޗަރުން ނުލިބޭވަހަކަ ގޮވަން މިނިސްޓަރުގެ ލަދުނެތްކަމާމެދު ހައިރާން ވަމެވެ.ދިވެހި ތީޗަރެއް ނަމަ ލިބޭ މުސާރަ އެހާ ކުޑަ ! އެލަވަންސް ބޮޑުތަނުން ކުޑަ ލިވިންއެލަވަންސް ލިބެނީ ދިވެއްސަކަށް ވީތީ މަދުން ! ދެން ދިވެހިން ލިބޭނެތަ ؟ ދިވެހިން ވެސް މަސައްކަތް ކުރަނީ ހިލޭ ސާބަހަކަށް ނޫން ! ބޭރުމީހެއްވިއްޔާ ލިބޭ މުސާރަ އާއި އެލަވަންސް ތަށް އެއްކޮށްލީމަ މިނިސްޓަރެއްގެ މުސާރައަށް ވުރެވެސް ބޮޑު ! މިވަރުވާއިރުވެސް ތި ގޮވަނީ ދިވެހިންނެއް ނުލިބެއޭ ! މިނިސްޓަރުވެސް ކަންތަކަށް ތަސައްރަފު ފުދޭ މީހަކަށް ވާން ވެއްޖެ ކަންނޭގެ ! ތިކަހަލަ ދެވަނަ މިނިސްޓަރެއް ހުރި އޮފީހަކުންވެސް ދެކޮޅުނުޖެހޭ ވާހަކަ އެބަގޮވާ ! އެކަމަކު މަހުޖަނެއްގެ އަބިކަބަލުންވީމަ ޒިންމާ އަދާނުކުރިއަސް މުސާރަ ލިބޭ !

  31. ފަރާ

    ހަފްތާއަކު ފަސް ދުވަހު ގެއަށް އައިސް ނުވަތަ އޮންލައިން ކޮށް ކިޔަވާދޭ ދިވެހިން ވެސް މަދެއް ނޫން. ޢެއްކުއްޖަކަށް ވިއްޔާ -/1000 ރުފިޔާ. ދެކުދިންނަށް ނަމަ -/800ރ އަށް. މިއީ ތަޖްވީދު އާވެސް އެކު

  32. ޢަފީ

    ދިވެހި ކިޔަވާދޭން ވެސް އިންޑިއާ ޓީޗަރުން ގެންނަންވީނުން.

  33. އަސްވާނު

    ބޮޑު ދޮގު ހަދަނީ އިންޑިއާ މީހުންނަށް ފުރުޞަތު ދީފަ ދިވެހިން ބާކީކުރަން

  34. ފރޑ

    އަދި ދިވެހި އިސްލާމް ކިޔަވަދޭންވެސް އިންޑިއާއިން މީހުން ގެންނާނެ.

  35. ހަސަން

    އަލީ ހުސެއިން ވިދާޅުވިހެން ބިދޭސީންނަށް ދެވޭގޮތަށް އެލަވަންސް ދެވޭނަމަ މިފަދަ މަގާމުތަކަށް ބިދޭސީން ގެންނާކަށް ނުޖެހޭނެ. މި ކަންކުރުމުގައި ސިވިލުސާވިސް ކިންމެވެސް ކަމެއްކޮއްލަންޖެހޭނެ.

  36. ޓީޗަރު

    ދިވެހި ކިޔަވައިދެޭންވެސް އިންޑިއާއިން ޓީޗަރުން ގެންނަން ވަރަށް ފެނޭ

    1
    1