ހުޅުމާލޭގައި މަރާލާފައި އޮއްވައި އުމުރުން 13 އަހަރު ކުއްޖަކު ފެނުނު މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

ކުޑަ ފިރިހެން ކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރީ މިދިޔަ އާދީއްތަ ދުވަހުގައެވެ. އެ ކުއްޖާ ލަގެޖް ފޮށްޓަކަށް ލައި މަރަލާފައި އޮއްވާ މޫދުން ފެނުނީ އެ ކުއްޖާ ހޯދަން ފުލުހުން ކުރަމުން ދިޔަ މަސައްކަތުގެ ތެރޭގައެވެ.

މި މައްސަލައާ ގުޅިގެން މަޖިލިހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލިހުގެ މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާނެވެ. އޭނާ ވިދާޅުވީ މި މައްސަލައަކީ ނުހަނު ކަންބޮޑުވުން ހުރި މައްސަލައެއް ކަމަށެވެ.

އަދި މަރާލި ކުއްޖާއަކީ ދައުލަތުން އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދެމުން ދިޔަ ކުއްޖަކަށް ވާތީވެ، އެ ކަމުގައި ދައުލަތުގެ އެއްވެސް އިދާރާއެއްގެ އިހުމާލު އޮތްތޯ ބަލަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިފަދަ މައްސަލައެއް ދެވަނަ ފަހަރަށް ތަކުރާރު ނުވުމަށް، ދައުލަތުން ކުރަން ޖެހޭ މަސައްކަތްތަކާ ގުޅޭ ގޮތުން މަޖިލީހުގެ މެންބަރުން މަޝްވަރާ ކުރުމަށް އެދިވަޑައިގެން އެ ކުއްލި މައްސަލަ ހުށަހަޅުއްވަން ނިންމެވިީ ކަމަށް ފިރުޝާން ވިދާޅުވިއެވެ.

މި މައްސަލަ ބަލައިގަނެ ބަހުސަށް ހުޅުވާލަން ފާސްކުރީ 44 މެންބަރުންގެ ވޯޓުންނެވެ. މި މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

މި މައްސަލާގައި އުމުރުން 17 އަހަރުގެ ދިވެހި ފިރިހެނަކާއި އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. 17 އަހަރުގެ ކުއްޖާއަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖެހިއިރު، 27 އަހަރުގެ މީހާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

މިއީ އެ ކުއްޖާ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ދެ މީހުން ކަމަށްވެއެވެ. އެ ދެ މީހުން ފިލަން ވަނީ މާލޭގެ ގެސްޓް ހައުސަކަށެވެ. އެ މީހުން ހައްޔަރު ކުރީ އެ ތަނުގައި ތިއްބައެވެ.

ހުޅުމާލެ ގޮސް އެ ކުއްޖާ ދެވަނަ ފިޔަވަހީގެ މޫދަށް އެއްލައިލުމުގައި އުޅުނީ އިތުރު އެހެން ތިން މީހެކެވެ. އެ މީހުން އަދިވެސް ހޯދިފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، ޖެންޑާ މިނިސްޓްރީއާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ވެސް ބަލަން ޖެހޭ ކަންކަން ދަނީ ބަަލަމުންނެވެ.

މަޖިލީހުގައި އޮންނަ ހިއުމަން ރައިޓްސް ކޮމިޓީން ވެސް ވަނީ މައްސަލައަށް ފާރަވެރިވާން ނިންމައިފައެވެ. އަދި އަންނަ ހޮނިހިރު ދުވަހު ކަމާ ބެހޭ އިދާރާތަކާ ބައްދަލު ކުރުމަށް ވެސް އެ ކޮމިޓީން ނިންމާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކޮވިޑް

    މި ޤައުމުގާ ބޮޑުކަމެއް ހިންގައިފިނަ ކުރަން ޖެހޭނީ ތިންކަމެއް
    01 މަޖިލީހައްޤަރާރު ހުށަހެޅުން
    02 ހިއުމަންރައިޓްސް އިން ބަޔާން ނެރުން
    03 ޕޮލިހުން ހުރިހާ ގަލެއް ފޮރޮޅަން ބުނުން
    މައްސަލަ ފައިލް ކުރުން އެ ނިމުނީ އިންސާފް ލިބުނީ، މުޅިކަންތައް ދިވެހިން ހަންދާން ނެތޭނެ، މީދޯ ހަޤީގަތަކީ؟ ކަންކަން ވެފަ ވަމުންދާ ގޮތަކީ؟

    13
  2. ޙަސަނާ

    އިގިދާނެ ވާގޮތެއް ހުރިހާ ކޯތަކުންވެސް ދަމަހައްޓާފަހުރި މަރުގެހުކުމް އެބަހުރި ސުޕުރިމްކޯޓުން މިކަމުގާ ދެންކަނކުރާނެ ގޮތެއް މީދިވެހިން އެންމެ އިންތިޒާރުކުރާ ކަންތައް މަރައްމަރުހިފަންހުކުމްތޯކުރާނީ ނުވަތަ މުއާހަދާ އޭކިއާފަ ދިރިހުރުމުގެ ހައްގުތޯ ދޭނީ....މީސުވާލަކީ..

  3. Anonymous

    ދެން މަޖިލީހުން ކޮމިޓީއެއް ނަގައިގެން މައްސަލަ ތަޙުޤީޤުކުރަން ފަށާ. ހުރިހާ މުއްސައްސިސާތައް އުވޢލާފައި ހުރިހާ ކަމެއް މަޖިލީހުން ކުރާގޮތަށް ހަމަޖައްސާ.

  4. ޚަލީލު

    ދެން މަޖިލީހުން ކޮމިޓީއެއް ނަގައިގެން މައްސަލަ ތަޙުޤީޤުކުރަން ފަށާ. ހުރިހާ މުއައްސިސާތައް އުވާލާފައި، ހުރިހާ ކަމެއް މަޖިލީހުން ކުރާގޮތަށް ހަމަޖައްސާ.

  5. Anonymous

    މަޖިލިސް އުވާލާފަ ތިތާ އަޅަންވީ ޕާކެއް.

  6. ޢާދަނުބެ

    ތީ އެތްވެސް ކަމެތް ވާތަނެތް ނޫން ބޭކާރު އަނގަ ތަޅާތަނެތް ރައީތުން މަޖިލީސް ކިޔާތީވެސް ލަދުގަނެ ދެރަވޭ

  7. ނަސީ

    މީއަލޭފަހެއަ ސިފައިންގެތަ ކަމެއްވެސް ވަނީކީނޫނޭ ގުސްއަގަތަލާ ބައިގަނޑެއް

  8. ޢައިލަމް

    މި ގައމުގަ އަދަބު ދޭނަމަ ދެބައި ކޮށްފަ އެތްބަޔަކު ތިބެން ޖެހީނީ ޖަލުގަ ވަކި ދިމާލެތް ވަކި ބަޔަކު ނުބަލާ ހަމަ އެމިހަކަށް ހިންގުނު ޖަރީމާއެތް ހިނގަނީ ހަމައެތް ލަމައެތްނެތް އަދަބު ދެވޭނީވެސް ވަކިވަރަކަށް ދުވަހެތް ދުވަހަކަށް ބޯމީހުންގިނަވަނީ ހުރިހާ މުއައްސަސާއެތްގަވެސް ބޯމީހުނގަނޑު ދެން ގައުމު ކިހިނެތް އިސްލާހުވާނީ ފުރަތަމަ ރަލާ މަސްތުވާތަކެތި އެތެރެ ކުރުން ހުއްޓުވާ އޭރުން ގައުމު ހަމަމަގައް އެޅުނީ

  9. އަބްދޫ

    މުޅި އޮޑީގަ ހަސަނުގެ ދެފައި ދިވެހިގައުމުގަ ދެ ސަރުކާރު ހިންގާތީ ގައުމުގެ ހަމަޖެހުންވަނީ ގެއްލިފަ.