ކޮވިޑް-19 ޖެހިގެން ފަރުވާ ދެމުން ގެންދިޔަ އުމުރުން 37 އަހަރުގެ ނޭޕާލް ފިރިހެނަކު ނިޔާވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ނިޔާވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ.

ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 208 އަށް އަރާފައެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މިހާރު މަދުވަމުން އައި ނަމަވެސް އަދިވެސް ކޮވިޑްގައި ނިޔާވާ މީހުންގެ އަދަދު ވަރަށް ގިނައެވެ. މިމަހު ވެސް މިހާތަނަށް 50 މީހުން ވަނީ ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވެފައެވެ. މެއި މަހު 85 މީހުން ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވިއެވެ. މެއި މަހަކީ ކޮވިޑް ޖެހިގެން މިހާތަނަށް އެންމެ ގިނަ މީހުން ރާއްޖެ އިން ނިޔާވި މަހެވެ.

ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދުވާން ފެށުމާއިއެކު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ވެސް މިހާރު އަންނަނީ މަދުވަމުންނެވެ. އިއްޔެ އިރުއޮއްސުމާއި ހަމައަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދިޔައީ 39 މީހުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު