ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ހިލާފުވުމުގެ ސަބަބުން ޓްރާންސްޕޯޓް މިނިސްޓަރ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ޖޫރިމަނާ ކުރިކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށް އެކަމަނާ ވިދާޅުވެއްޖެއެވެ.

ނަހުލާ "ވަގުތު" އަށް ވިދާޅުވީ ކަރަންޓީނު އުސޫލާއި ޚިލާފަށް ރެސްޓޯރެންޓެއްގައި އިންނަވަނިކޮށް އެކަމަނާ ޖޫރިމަނާ ކުރިކަމަށް ބުނެ މީސްމީޑިއާ އާއި މީޑިއާގެ ވަސީލަތްތަކުގައި ފަތުރެމުންދަނީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. ނަހުލާ ޖޫރިމަނާ ނުކުރާ ކަން ސާފުކޮށްދިނުމަށް ފުލުހުންގެ ކިބައިންވެސް އެދިވަޑައިގަންނަވާފައިވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

"އަޅުގަނޑު ޖޫރިމަނާ ކުރިކަމަށް ބުނެ ދެކެވެނީ ހަގީގަތާއި ޚިލާފު ދޮގު ވާހަކަތަކެއް. އެފަދަ ދޮގު ވާހަކަ ލިޔަނީ އަޅުގަނޑުގެ ޚަބަރު ހިނގާތީ. ފުލުހުންގެ ކިބައިންވެސް ވާނީ އެދިފައި ޖޫރިމަނާ ނުކުރާކަން ސާފުކޮށްދިނުމަށް." އެކަމަނާ ވިދާޅުވިއެވެ.

މީސްމީޑިއާ އާއި ބައެއް ނޫސްތަކުގައި ނަހުލާ ޖޫރިމަނާ ކުރިކަމަށް ބުނެފައި ވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ އިސް ބޭފުޅަކާއި ހަވާލާދެއްވައެވެ. ބައެއް ނޫސްތަކުގައި ވަނީ މިނިސްޓަރ ނަހުލާ ޖޫރިމަނާ ކުރީ މިދިޔަ ހަފުތާ ބަންދުގައި އެކަމަނާ ދުބާއީއަށް ވަޑައިގަތުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން ކަރަންޓީންނުވެ ބޭރުގައި އުޅުއްވަނިކޮށް ކަމަށެވެ. ނަމަވެސް އެފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާކަން ނަހުލާ ވަނީ ޔަގީންކޮށްދެއްވާފައެވެ.

ނަހުލާ އިތުރަށް ވިދާޅުވީ އެފަދަ ވާހަކަތައް ފަތުރަނީ ޓްރާންސްޕޯޓް މިނިސްޓްރީގައި ހިނގާ ނުރަނގަޅު ކަންކަމާއި ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރައްވާތީ އެކަމާއި މެދު ހިތްހަމަނުޖެހިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. Anonymous

    ކަމަނާ ރީތިވެފަ ހިތްކިޔާތީ ހަބަރު ހިނގަނީ.

    28
    14
  2. ޒުހުދާ

    މަހުޖަނުގެ ހަ ކުދިންގެ އަމާ ވީމާ ހަބަރު ލިޔަނީ
    ހެހެހެހެ

    50
    2
  3. ޤާދިރު

    ޚަބަރު ހިނގާނެތާ، ކަމަނާގެ އިއްފަތްތެރިކަމުން

    40
    4
  4. ޚަލީލު

    ތިޔަކަހަލަ އަނިޔާވެރިންގެ ޚަވަރު ހިނގާނެ. ގަވާއިދާ ޚިލާފަށް މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށް، އަނިޔާވެރިވި މީހެއް ތިޔައީ. ް

    39
    6
  5. ބުރުމާ ބާޢީ

    ތިއީ ހަމަ ސުޕަރ މޮޑެލްއެއް

    18
    26
  6. ނަންބަރު

    އަދި ބުނެފިއެންނު ކޮރަޕްޝަނާ ދެކޮޅަށް ތިމަންނަ މަސައްކަތް ކުރާތީއޭ. ދޮގު ހެދުމުގެ ހައްދެއް ނޯވޭ.

    29
    4
    • ކޮރަޕްޝަން

      ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާލެއް ވަރުގަދަކަމުން، ސަރުކާރުގެ ތެރޭގައި ހުރި އެންމެ ކޮރަޕްޓް މީހާ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީއަކަށް ހަދަންވެގެން ސިވިލް ސަރވިސް ކޮމިޝަނަށް ޕްރެޝަރުކުރީ. އަދި ޓްރާންސްޕޯޓް އޮތޯރިޓީގެ ކޮރަޕްޝަނުގެ މައްސަލަތައް އޭސީސީއަށް ރިޕޯޓްކުރި މުވައްޒަފުން ހޯދަންވެގެން ފުލުހުންނަށް ހުށަހަޅައިގެން އެ މުވައްޒަފުންގެ ކޮމްޕިޓަރތައް ފުލުހުން ލައްވައި ޗެކްކުރުވީވެސް.

  7. ނަނަނަނަ

    ފުރަތަމަ ކަމަކަށް ތީ ނަން އޮޅުވާލައިގެން އުޅޭ އަންހެނެއް. އަސްލު ނަމަކީ އައިޝަތު ޒުހުދާ. މާ ފަހުން އަމިއްލައަށް ނަން ކިޔައިގެން ނަހޫ އަކަށް ވެގެން ތިއުޅެނީ

    28
    5
  8. ޒުހުދާ

    ނަހަދާނެ ހައްދަވައިގެން ތެދެއް.

    24
    4
  9. ސަނީމާ

    ކަލޭ މޮޑެލް ކުރަންވީ، ގައުމު ކަންކަން ހިންގަން ކަމަކު ނުދޭ

    24
    3
  10. ޙަލީ

    ޖުރުމާނާ ނުކުރާނަމަ އެއީ ވަރަށްވެސް ދެރަކަމެއް ، ކަރަންޓީން އާއި އުސޫލްތަކާއި ޚިލާފަށް އުޅުއްވީ ، އޮފީހަކަށްވެސް ނުދެވޭނެ މިނިސްޓަރަކަށްވިއަސް ،ރާއްޖެއިން ބޭރުން އައިސް

    18
    3
  11. ރަބަރޭ

    ތިހާ މަސްހޫ ރު މީހުންގެ ހަބަ ރު ހިގާނެ

    10
    2
  12. ޙުސައިން

    ޏހުލާ ވީމާ ދޯ ޖޫ ރިމަނާ ނުކު ރަންވީ.

    14
    2
  13. ަަަައަލީ

    ޤާސިމް އުފާކުރަންށޭ ކިޔާފަ ބަހަޓާވަރު މިނިސްޓަޔެ ނޫން ތީކީ ...އެތަބަޔަކު ވަޒީފައިން ވަކިކޮއްފަހުރި ރަހުމް ކުޑަ މިނިސްޓަރެ

    14
    2
  14. ޢައއްތު

    ފުއްކޮޅެއް މޫނުގަ ހާކާލާ އި ރަށް ރީތި ރީތި ތިކިޔަނީ..އެއްވެސް ރީއްޗެއްނޫން.

    18
    3
  15. އަހްމަދު

    ކަމަނާގެކުޅަދާނަކަމުން ވެހިކަލްރަޖިސްޓްރަން ރައްޔަތުންލައިފަހުރިފޯމްތައް ތިންހަތަރުމަސްވެގެންދާއިރުވެސް މިއުޅެނީ ހަބަރެއްނުވެގެން ސޭޓުކިތަންމެމުއްސަދިނަމަވެސް ރައްޔިތުންއުޅެނީ ވަރައްހާލުގައި އާދޭސްކޮށްފަބުނަން ތިޔަމިނިސްޓްރީއަށް ހުށަހަޅާފަހުރި ވެހިކަލްރަޖިސްޓްރޭޝަން ތަންކޮޅެއްއަވަސްކޮށްދެއްވާ

    7
    1
  16. Anonymous

    ބަލަ ކަލޭ ގޭގަ އިދެބަލަ ކަލެޭގެ ހަބަރު ހިގާތޯބަލަން ކިބުރުވެރި އަންހެނާ

  17. ޒުހުދާ

    އެއްވެސް ރީތި މީހެއްނޫން
    ރީތީ މީހުން މޭކް އަޕް އާ ނުލާވެސް ދޮންވެފައި ރީތި ވާނެ
    ތި ނަހުލާ އަކީ އެއްވެސް ރީތި މީހެއްނޫން
    ހުރި ގޮތަށް ހުރި މޭކްއަޕް ސެޓެއް

    5
    1
  18. އަބްދޫ

    ކޮވިޑް ޖުރިމާނާ ތަކަކީ ގާނޫނެއްގެ ދަށުން ހެދިފައިވާ ގަވާއިދަކުން ނެގޭ ޖުރިމާނާ ތަކަކަށް ވާނަމަ އެ ޖުރިމާނާތައް ގާނޫނުއަސަސީ އާއި ހިލާފު ވާނެ. ގާނޫނުއަސާސީގެ 87 ވަނަ މާއްދާގެ މަފްހޫމަށް ބަލާއިރު ގާނޫނަކުން ބާރު ލިބިގެން ގަވާއިދުހެދޭނީ އެގާނޫނު ހިންމުމަށް ހެދޭ ގަވާއިދުގެ ގޮތުގަ. ރައޔިތުން އުފުލަންޖެހޭ ތަކުލީފެއް ހިމެނޭ ހުރިހާކަމެއް އޮންނަންވާނީ މަޖިލީހުގެ ތަޅުމުގަ ނަގާ ވޯޓަކުން ފާސްކުރެވިފަ.އެފާސް ކުރުން ފާސްކުރެވޭނީ ވެސް މަޖިލީހުގެ ދެބައިކުޅައެއްބައިގެ އަދަދަށް ވުރެ ގިނަ މެމްބަރުން ހާޒިރުވެތިބޭ ޖަލްސާއެއްގަ . މިހެން ގާނޫނުއަސާސީގަ އޮއްވާ ގަވައިދު ހަދައިގެން ޖުރިމާނާ ކުރުމާއި ރައްޔިތުންނަށް ތަކުލީފުޖެއްސަމުން ގެންދަނީ ގާނޫނުއަސާސީ އާއި އެއްގޮތަށްތޯ ސުވާލު އުފެދޭ. 87 ވަނަ މާއްދާގަ ބުނާގޮތުން ރައްޔިތުން ތަކުލީފަ އެކު އަމަލުކުރަންޖެހޭ ކޮންމެ ކަމެއް މަޖިލީހުގެ ތަޅުމުގަ ނެގޭވޯޓަކުން ފާސްކުރެވިފަ އޮންނަންވާނެ. އެއީ ޓެކްސް ޖުރިމާނާ، ގޭގަ ތިބުން ، ވަކިތަނަކަށް ދިއުން ވަކިތަނަކަށް ނުދިއުން މިފަދަ ކަންކަން ގަވާއިދު ހަދާގެޒެޓް ކޮށްގެން އަމަލު ކުރުން ގާނޫނުއަސަސީއާއި އެއްގޮތްވާކަމަށް ވެދާނެބާ؟

  19. ސަނީމާ

    އަމިއްލަ އައް ތިމާ އަކީ މާ މޮޅުމީހެކޭ، ތިމަންނާގެ ހަބަރުތައް ހިނގާނޭ ބުނުމުން އެނގެނީ ބޮޑާ ކަމާ ކިބުރުވެރިކަން..

    ކަލޭ ބޮޑާކަމާ ކިބުރުވެރިކަން ގާސިމައް ދައްކާ، ދިވެހިން ނޫޅޭ ކަލޭ ޖަހާ ބަނޑިޔަލައް ނަށަން

  20. ކޯމަސްބިޔުޓީ

    މީ ހަމަ ތީމާޔަށް ތިމާ ފެނިފަ ހުންނަ މީހެއް. މިމީހާ ލައިގެން ކީއްވެބާ ފިލްމު ހަދާމީހުން ފިލް ނަހަދަނީ. އޭރަށް އެ ފިލްމަށް އޮސްކާވެސް ލިބޭނެ