މާލެ ސިޓީ ކައުންސިލްގެ މަސްދުވަހުގެ މަސައްކަތްތައް ހާމަކޮށްފިއެވެ.

ސިޓީ ކައުންސިލްގެ މަސައްކަތްތަކަށް ބަލާ އިރު، ކަނޑުފަޅުގެ ދާއިރާ އިން 189 އުޅަނދަށް މަސްވެރިކަމަށް ހުއްދަ ދިނުމާއި، 756 މީހުންނަށް މަސްވެރިކަމަށް ހުއްދަ ދިނުމުގެ އިތުރުން ފަޅުތެރޭ އުޅަނދު ފަހަރު ގަވާއިދާއި ހިލާފު ވެގެން ސްޓިކަރ ޖެހުން ހިމެނެއެވެ.

މަގުމައްޗާއި ގުޅުން ހުރި ކަންކަމުގެ ތެރެއިން ހަ ކަމެއް އެ ތަފާސްހިސާބުތަކުގައި ވަނީ ފާހަގަކޮށްފައެވެ. އެއީ ފަސް ސަރަހައްދެއްގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ޒޯނު ކުރެހުމާއި، އެމްބިއުލާންސް ޒޯނަށް ތިން ތަނެއް ކުރެހުމާއި، ދެ ކާރު ޒޯނު އަދި 698 ސައިކަލް ޒޯލު ކުރެހުން ހިމެނެއެވެ. އަދި ޚާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް ފަސް ރޭމްޕް ހެދުމާއި އެހެނިހެން ދެ ރޭމްޕެއް ހެދުން ހިމެނެއެވެ. ހަމައެހެންމެ 24873 އަކަފޫޓު މަގުމަތިން ވަނީ މަރާމާތުކޮށްފައެވެ.

ކޮންސްޓްރަކްޝަންގެ ދާއިރާ އިން 44 ކޮންސްޓްރަކްޝަން ސައިޓްގެ ސޭފްޓީ ބެލުމާއި، 10 ކޮންސްޓްރަކްޝަން ސައިޓުގެ މައްސަލަ ބަލާ، އެފަދަ 10 މައްސަލަ ހައްލުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ވަނީކޮށްފައެވެ.

އުމްރާނީ މަސައްކަތްތަކަށް ބަލާ ނަމަ އުމްރާނީ މަސައްކަތްތަކަށް 78 ހުއްދަ، އިޖްތިމާއީ މަސައްކަތްތަކަށް 95 ހުއްދަ އަދި މަގު ކޮނުމުގެ މަސައްކަތަށް 547 ހުއްދަ ވަނީ ދީފައެވެ. އަދި 572 ކާނު ސާފުކުރުމާއި، 94 މަގެއްގެ ކޭބަލް ރަނގަޅުކުރުމަށް ފަހު ލައިޓް ދިއްލުމާއި، 1240 އަކަފޫޓުގެ ލައިޓް ކޭބަލް ވަޅުލުމާއި، 896 ބޯރޑް ދޫކުރުމާއި، 1 ނޯ އެންޓްރީ ބޯޑް ވަނީ ހަރުކޮށްފައެވެ. މީގެ އިތުރުން 44 ސަރަހައްދެއްގައި ގަސް ކޮށުމާއި، 19 މަގެއްގައި އަލަށް 44 ލައިޓް ހަރުކޮށް، 14 މަގެއްގައި ޖުމްލަ 125 ލައިޓް މަރާމާތުކޮށްފައިވެއެވެ.

އިޖްތިމާއީ ދާއިރާއިން، 139 ތަނެއްގައި މަދިރި އުފެދޭގޮތަށް ހުރުމުން ބޭސް އެޅުމާއި މަދިރި އުފެދޭ ގޮތަށް ހުރި 121 ތަން އިސްލާހު ކުރަން އެންގުން ހިމެނެއެވެ. އެގޮތުން ކުރި މަސައްކަތުގެ ތެރެއިން މަދިރި ފަނި ހުރި 128 ތަނެއް ފެނިފައި ވާއިރު 2649 ކާނަށް މަދިރި ބޭސް އަޅާފައިވެއެވެ. އަދި 311 ތަން ވަނީ ފޮގްކޮށްފައެވެ. ސިޓީ ކައުންސިލުން ކުރި ޚާއްސަ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ބިއްލޫރި ޖެހިގޭ ޕާކިން ޒޯން ހެދުމާއި، ބޮޑުގެ މިސްކިތް ޕާކިން ޒޯނު ހެދުމާއި، ވިޔަފާރިވެރިންގެ މިސްކިތުގެ އުތުރަށް އޮންނަ ހުސްބިން ސާފުކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަންނި

    ކޮން ކަމެއް ކުރެވޭނީ. ގިނަ ކައުންސިލަރުން އެތިބީ ފޮނުން ގޭމުކުޅެން. ކައުންސިލްގެ ބައްދަލުވުން ހިގާ އިރު ކޮންމެ މިހަކުވެސް ފޯނު ބޭނުން ނުކުރުމުގެ ގަވާޢިދެއް ފާސް ކުރަން ފެނޭ. ހިވަނި ގުރޫޕު ހަދައިގެން ޕަބުޖީ ގަޑަކަށް އަރާފަ ތިބިހެން. މީޓިންގް އިން ދެއކި ވާހަކައެއްވެސް ހަރާމް އެގޭނެހެން.

  2. މުއިއްޒަށްސަޕޯޓު

    ކޮބާ ކުރީގެ މީހުން ތިބެގެން އަމީނީ މަގުގައި އޮތް ޑަބަލް ރީނދޫ ރޮނގު ދެމި ސަރަހައްދުން އެވިޑު ކޮލެޖު ކައިރިން ބަޔަކުން ރީނދޫ ރޮނގު ގަސްދުގައި ފޮހެލާފައި، އެ ހިސާބުގައި ގަވައިދާ ޚިލާފަށް މަގުމަތީގައި ވެހިކަލް މަރާމާތު ކުރި 'ފޭވަރިޓް' ގަރާޖަށް ދިން ތަނުގައި އަލުން ޑަބަލް ޔެލޯ ރޮނގު އާ ކޮށްލާނީ ކޮން އިރަކުން؟

  3. ކާއްޓޭ

    ޝުކުރިއްޔާ މާލޭގެ މޭޔަރ ޑރ މުޢިއްޒުއަށާ ޕީޕީއެމްގެ ހުރިހާ ކައުންސިލަރުންނައް