ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވާހަރަކޮށްލަން ދިން ބޮމުގެ ހަމަލާއިން އެމަނިކުފާނުގެ ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފަރުވާ ދެއްވުމުގައި އުޅުއްވި އޭޑީކޭގެ ޑޮކްޓަރުން ރައްޔިތުންގެ މަޖިލީހުގައި އިންކުއަރީއަށް ހާޒިރު ކުރަން ނިންމައިފިއެވެ.

އިންކުއަރީ ހިންގަމުންދާ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވީ ނަޝީދަށް ފަރުވާ ދިން އޭޑީކޭގެ ޑޮކްޓަރުން މި ހަފުތާ ތެރޭގައި ހާޒިރު ކުރެވޭނެ ކަމަށެވެ.

ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަސްލަމް ވިދާޅުވި ގޮތުގައި މިހާތަނަށް 49 މީހަކު ކޮމިޓީއަށް ހާޒިރުކޮށްފައިވެއެވެ. އޭގެ ތެރޭގައި ގިނައީ ސިފައިންނެވެ. ސިފައިންގެ 32 މީހަކު މިހާތަނަށް ހާޒިރުކޮށްފައިވެއެވެ.

އޭގެ ތެރެއިން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުލް ރަހްމާން ދެ ފަހަރެއްގެ މަތިން ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރެވުނެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާއި، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްއާއި، މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ވެސް ކޮމިޓީއަށް ހާޒިރުކުރިއެވެ.

ކޮމިޝަނާ އޮފް ޕޮލިިސް މުހައްމަދު ހަމީދާއި، ފުލުހުންގެ ތަހުގީގުގެ އިސް އޮފިސަރު އަދި އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވެސް ކޮމިޓީއަށް ހާޒިރުކޮށްފައިވެއެވެ. މިހާތަނަށް ފުލުހުންގެ އިސް ދެ ވެރިންނާއެކު ޖުމުލަ ފަސް އޮފިސަރުން ހާޒިރުކޮށްފައިވެއެވެ.

ރާއްޖޭގެ މަޖިލީހުން ހިންގާ މިއީ އެންމެ ބޮޑު އިންކުއަރީއެވެ. މިހާ ގިނަ އަދަދެއްގެ މީހުން، އެއް މައްސަލައަކަށް ހާޒިރު ކުރި ވެސް މިއީ ފުރަތަމަ ފަހަރެވެ.

މި ކަމުގައި ފުރަތަމަ ވަކިވަކި ސިފައިން ފޮނުވަން ޑިފެންސުން ދެކޮޅު ވެސް ހެދިއެވެ. އެކަމަކު ފަހުން ވަކިވަކި ސިފައިން ފޮނުވަން ފެށިއެވެ. މި ޚިޔާލު ތަފާތުވުންތަކާ އެކު، އެމްޑީޕީގެ އެތެރޭގެ މަސްރަހު ވަރަށް ބޮޑަށް ހޫނުވެގެން ދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    އެ އެއްމެނައް ޖަލުހުކުމްތަ އޮތީ ރަނގަޅައް ފަރުވާ ނުދެވުނީމަ...؟؟؟

    • ކަނައްކަފޫޅު

      ޜަގަޅަށްފަ ރުވާ ނުދެވިފަ ކޮބާ ތިޔަ ބުނާ މޮޅު ޖަ ރުމަނުން ކު ރި އެއް ކަމެއް ވެސް ނެތް ފައިގެ އިންޗި އެއްހާ ތަނުގައި ހަންކޮޅެއް އެޅުން ނޫނީ . ފައިސާ ހު ރީމައާ ކަންތައް ގަނޑު ބޮޑުކު ރަން ވެގެން ދިޔަ ތަނެއް ޖަ ރުމަނަކީ. އޭޑީކޭ އިން ދިން ފަ ރުވާއިން ރަގަޅުވެފަ އެހު ރީ. ފަ ރުވާދިނީ އޭޑީކޭ ޑ ރ. ނަން ވީ ޖަ ރމަން ޑ ރ. ޥާހ! މިއޮތީވާ ދުނިޔެ އެއް.

      2
      1
  2. ރެފްރީ

    އެމީހުންކައި ރިންއަހާތި އެހާމޮޅަށް އެމޭކަޕް ކު ރީ ކިހިނަކުންތޯ ؟
    އެމޭކަޕު ވަ ރަށްސަޅިވާހަކަ
    ވަ ރަށްގިނަމީހުންބުނާތީއެހިން

  3. ސިޔާމު

    މި އިންކުއަރީ ފުރިހަމަވާނީ އަތޮޅުތެރޭ ރަށްރަށުގެ ސްކޫލް ތަކުގެ ޕްރައިމަރީ ޓީޗަރުންނާ، ބޭބީ ނާސަރީ ޓީޗަރުންވެސް މަޖިލީހަށް ހާޒިކޮށްގެންކަމަށްވޭ.
    މީ ބޮޑު މުސީބާތެއްނު، ވާ ވާ މިއޮތީ މަޖިލީހެއް، ވަރަށް ސަލާމް، ލޮލް.......ހެހެހެހެހހެހެހެހ

  4. ސސ

    ތިޔަ ޑުރާމާ ފުރިހަމް ވާނީ ޑޮކްޓަރުން ވެސް ބައިވެރި ކޮށްގެން !

  5. އަބްދޫ

    ހުރިހާރައޔިތުން އެއް އަޑަކުންއަމަލާއި ބަހުން ތިޔަ ނަސީދުގެ ކިބައިން ގައުމު ސަލާމަތް ކުރަންތެދުވޭ.