ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކުއިރިޓީ ބަލިކަށިކޮށް ފޫއަޅުވާލި ގޮތުގެ މައްޗަށް މަޖިލީހުގައި ހިންގާ އިންކުއަރީއަށް ފަހު އެކުލަވާލާ ރިޕޯޓްގެ ބައެއް ސިއްރު ކުރާނެ ކަމަށް އިންކުއަރީ ހިންގާ ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ހިންގާ އެ އިންކުއަރީ މި މަހުގެ ނިޔަލަށް ނިންމާލުމަށް ކޮމިޓީން ދަނީ މަސައްކަތް ކުރަމުންނެވެ. އިންކުއަރީއަށް މިހާތަނަށް 49 ފަރާތަކުން ހާޒިރުކޮށް މައުލޫމާތު ހޯދައިގެން ރިޕޯޓް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މަޖިލީހުގެ އިދާރާގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މުގައްރިރު އަސްލަމް ވިދާޅުވީ ބާކީ އޮތް ހަފުތާގެ ތެރޭގައި އިތުރަށް ހާޒިރު ކުރަން ޖެހޭ ފަރާތްތައް ހާޒިރުކޮށް ނިމި ރިޕޯޓް އެކުލަވާލެވޭނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.

މަޖިލީހުގެ ކޮމިޓީތަކުން އެކުލަވާލާ ރިޕޯޓްތައް މަޖިލީހުގެ އިދާރާގެ ވެބްސައިޓްގައި އާންމުކުރާއިރު، މި ރިޕޯޓްގެ ބައެއް ސިއްރު ކުރެވޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ގައުމީ ސަލާމަތާ ގުޅުން ހުރި ބައެއް މައުލޫމާތުތައް ވެސް ހިމެނޭތީއެވެ.

"އަޅުގަނޑުމެންނަށް ލިބުނު ހުރިހާ މައުލޫމާތެއް، ހުށަހެޅުންތަކެއް، ރިޕޯޓްގައި ލިޔާނެ، އެކަމަކު އޭގައި ހިމެނޭ ގައުމީ ސަލާމަތާ ގުޅުން ހުރި ހާމަ ނުކުރެވޭ ބައިބައި ހުންނާނެ، އެބައި އަޅުގަނޑުމެން ރިޕޯޓް އާންމު ކުރާއިރު ނުކުރާނެ،" އަސްލަމް ވިދާޅުވިއެވެ.

ރާއްޖޭގެ މަޖިލީހުން ހިންގާ މިއީ އެންމެ ބޮޑު އިންކުއަރީއެވެ. މިހާ ގިނަ އަދަދެއްގެ މީހުން، އެއް މައްސަލައަކަށް ހާޒިރު ކުރި ވެސް މިއީ ފުރަތަމަ ފަހަރެވެ. 49 މީހުން ހާޒިރުކުރިއިރު ގިނައީ ސިފައިންގެ މީހުންނެވެ. ސިފައިންގެ 32 މީހަކު ހާޒިރުކޮށްފައިވެއެވެ.

ރައީސް ނަޝީދުގެ ބޮޑީގާޑުންނާއި، ރައީސް ނަޝީދުގެ ޑްރައިވަރާއި، ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ ކޮމާންޑަރުންނާއި، ކްލޯސް ޕްރޮޓެކްޝަން ޔުނިޓްގެ ކޮމާންޑަރުންނާއި، ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުގެ އިސް ވެރިންނާއި ދިފާއީ ބާރުގެ އިސް ވެރިން ވެސް ހާޒިރުކުރިއެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަބްދުލް ރަހްމާން ވަނީ ދެ ފަހަރެއްގެ މަތިން ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާއި، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްއާއި، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމްއާއި، މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ވެސް ކޮމިޓީއަށް ހާޒިރުކޮށްފައިވެއެވެ.

މަޖިލީހުގެ މި އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރު ކުރަން ޑިފެންސުން ފުރަތަމަ ދެކޮޅު ހެދިއެވެ. އެއާއެކު އެމްޑީޕީގެ އެތެރޭގެ މަސްރަހު ވެސް ވަރަށް ބޮޑަށް ހޫނުވެގެން ދިޔައެވެ. ފަހުން ވަކިވަކި ސިފައިން ވެސް ހާޒިރު ކުރަން ފެށިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ރިޕޯޓް ކިޔަމާ

    އެހެން ވީމަ ތިޔަރިޕޯޓް ވަރަށް ސާފު، ވަރަށް ފުރިހަމަ ، ރިޕޯޓް ނެރޭއިރު އޮންނާނީ ބިސްމިނުގެ ބަރަކާތުން ފަށާފަ ތެން އޮތް ލައިންގައި އޮންނާނީ ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށް ކޮމެޓީއަށް ފެންނާތީ ރޕޯޓްގެ ބާކީ ބައި ޝާއިރު ކުރެވެންނެތްކަމަށް ދަންނަވަން ! ވައްސަލާމް

    15
  2. އަބްދޫ

    މިއީ ދެ ސަރުކާރު ހިންގާ ގައުމެއްތަ؟ މަޖިލީހަކު އިންކުއަރީ އެއް ނުހެދޭނެ މަޖިލީހަކީ ގާނޫނުހަދާ މަޖިލިސް މަޖިލީހުގަ ހަދަންޖެހޭނީ ގާނޫނު. ގާނޫނުގެ ޑްރާފްޓް މަޖިލީހަށް ހުށަހެޅުމުން ތަޅުމުން އެގާނޫނުގެޑްރާފްޓް އަށް މައުލޫމާތު ހޯދުމަށާއި ގެންނަންޖެހޭ ބަދަލުގެނައުމަށް ކޮމިޓީއެއް އުފައްދާނެ. އެކޮމިޓީއަށް މައުލޫމާތު ދެވޭ ފެންވަރުގެ މީހުން ހާޒިރުކުރާނެ ހާޒިރު ކުރެވޭ މީހުންގެ މައުލޫމާތު ހިއްސާކޮށްގެން މަޖިލީހުން ޑްރާފްޓް އެކުކަވާލާނެ. މިއީ މަޖިލީހުގަ ކޮމިޓީގެ ބޭނުމަކީ އެގާނޫނު ފާސް ވެ ނިމުމުން އެ ކޮމިޓީ އުވިގެންދާނެ. މަޖިލީހުގަ ވަކި ސަރުކާރެއް ނުހިންގޭނެ. ގައުމުގަ 2 ސަރުކާރު ހިންގާތީ ރައްޔިތުންނަށް މިވަނީ ސަރުކާރު ވެސް އޮޅިފަ މިހާރު މަޖިލީހުގަ ކޮންމެ މިނިސްޓްރިއަކަށް ކޮމިޓީއެއް ހަދަ މަޖިލީހަކީ ވަކި ސަރުކާރެއްގޮތަށް ދާތަން މިފެންނަނީ ގާނޫނުއަސަސީގަ ކޮމިޓީގެ ވާހަކަ އޮންނަނީ މިގޮތަށް މިކަން ކުރަކަށެއްނޫން. ގާނޫނު ހަދާ މަޖިލިސް މިވަނީ އޮޅުންބޮޅުންވެފަ.

    12
  3. ހަފީ

    ތި އަހަރެމެންނަށް މާމުހިއްމު ރިޕޯޓެއްނޫން. މިވަގުތަށް އަމްދުން މި ގައުމަށް ވެސް ބޭނުން ރިޕޯތެއްނޫން. ތީ ގައުމުގެ މައްސަލަތައް ބަލާ ކޯޓެއްވެސް ނޫން! ގުއިރޯނު ހެދިގެން ގައުމުގެ ހުރިހާ މުއައްސަސާތަކަކަށް އަތާ ގަޔާ ނިޖިސްކުރުވާ ބައިގަނޑެއް! މި ފަހަރުގެ މަޖިލީހުގެ އެއްމެ މީހަކުވެސް ދެންއަންނަ ދައުރަކަށް އެމްޑީޕީންއަންނާކަށް އަހަރެެން ސަޕޯޓެއްނުދޭނަން! ޢާއިލާގެ މީހަކުވެސް ރައްޓެއްސަކުވެސް އިންޝާﷲ! މި ގަައުމަށް އެއްެވެސް ދިރުމެއްނެތް ތިޔަކަމަކުން! ސަބަބަކީ އެމްޑީޕީގެ އިއްސަފުގައި އޮތީ ހީލަތާ މަކަރާ ފަސާދައާއި ދީނާ ވަޙްދަތު ގައުމުގައި ގެއްލުވާލާ އަމިއްލައެދުން ޙާޞިލް ކުރި ބައިގަނޑެއް! 2023 ގައި ތިޔަ ޓީމް އަައުޓް! އިންޝާﷲ ޙަފީ އެމްޑީޕީގެ މެމްބަރ އެއް

    10
    1
  4. ލލ

    ބަކަ މަޖިލިސް ކަންކަން ސިއްރު ކުރުމަކީރައްޔިތުން ބަލައި ގަނެވޭނެ ކަމެއްނޫން !

    9
    1
  5. ަަަައަލީ

    ރައީސް ނަސީދު ރާއްޖެ އައްނާނެ ކަމެއްނެއް..އިތުރު ފައިދާ ޔެ މިގައުމަކަ ނުވާނެ

  6. ނަސީ

    ތީތިކަނޑަ ރައްއިތުން ބޭނުންވަނީ ދެފުއްފެންނަގޮތައް ކަންތައްކުރަން ؟ ބަރުލަމާނީ ވީމާދެން ތީގެންއެއްކަމެއްވެސް ނުފެންނާނުން

  7. ލޮލް

    ތިޔަ ރިޕޯޓް އެއްކޮށް ސިއްރު ކުރިޔަށް ވަރިހަމަ ނިކަމެތީން ހަމަ ނިކަމެތިން ގޮތުގަ ތިބޭނީ ތި ރިޕޯޓް ކޮންމެ ގޮަތަކަށް އޮތަސް ރޯޔަލް މީހުން ރޯޔަލް ގޮތުގަ

  8. ޤާދިރު

    ކޮން ރިޕޯޓެއްގެ ނެރޭ ވާހަކައެއް. ތީ ނަޝީދު ބޮޑުވަޒީރުކަމަށް ގެންނަން އިބޫއާ ނަޝީދާ ރާވައިގެން ކުޅެމުންދާ ޑުރާމާއެއް. ޑުރާމާގެ ފަހުބައި އެދަނީ ނިމެމުން