އަންހެން ކުދިން ހިތާނު ކުރަން ޖެހޭ ކަމަށް ބުނެ އެކަމަށް ހިތްވަރުދީ ވާހަކަ ދައްކާވާ ދީނީ އިލްމުވެެރިޔާ ޑރ. މުހައްމަދު އިޔާޒްގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފިއެވެ.

އަންހެނުން ހިތާނު ކުރުމާއި ގުޅިގެން ޑރ. އިޔާޒް ވަނީ އަންހެން ކުދިން ހިތާނު ކުރުމުން ލިބޭ ސިއްހީ ފައިދާތައް ކަމަށް ބުނާ ލިންކެއް ޓްވީޓް ކުރައްވާފައެވެ. އަދި އެއީ ބަޔަކު މީހުން ކޮށްފައިވާ ދިރާސާއެއް ކަމަށް އިޔާޒް ވިދާޅުވިއެވެ.

ޑރ. އިޔާޒުގެ މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހުށަހަޅާފައިވަނީ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް ނަސީމެވެ.

އެގޮތުން މީކާއިލް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުވާފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ އެސިސްޓަންޓް ޕްރޮފެސަރު ޑރ. މުޙައްމަދު އިޔާޒު، އަންހެނުން ހިތާނުކުރުން "ފީމޭލް ޖެނިޓަލް މިއުޓިލޭޝަން" (އެފްޖީއެމް)، އަށް ހިތްވަރު ދީފައިވާ ކަމަށެވެ.

"މިފަދަ ނުރައްކާތެރި އަމަލުތަކަށް ހިތްވަރު ލިބޭ ގޮތަށް މުއައްސަސާތަކުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މަސައްކަތް ކުރެއްވުމަކީ ދިވެހިރާއްޖޭގައި އަންހެނުން ނުރައްކަލަށް ހުށަހެޅި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް ހުރަސް އެޅޭނޭ ކަމެއްކަމަށްވާތީ، މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ މެދުވެރިކޮށް، މި މައްސަލަ ބައްލަވައިދެއްވުން އެދި ދެންނެވީމެވެ." އެ ސިޓީގައި ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި އަންހެން ކުދިން ހިތާނު ކުރުމާއި އެކަމަށް ބައެއް ފަރާތްތަކުން ހިތްވަރު ދެމުން އަންނަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ޢަހުމަދު1

    ރާއްޖޭގައި ރަސްމީ ސިފައެއްގައި އަންހެނުން ޚިތާނެއް ނުކުރޭ. ވަކިންވެސް ކުރިކަމަށް އެއްވެސް ނޫހަކުން ރިޕޯޓެއްވެސް ނުކުރޭ. އަހަރެމެންގެ އަގު ވައްޓަން ކަމެއް ނުވާ ކަންތަކުގެ ވާހަކަވެސް ނަގާ މިހުޅަނގުގެ އެމީހުންގެ ވެރިން ރުއްސަން ހާދަ މަސައްކަތެއް އެބަކުރޭ. ރާއްޖޭގައި ޚިތާނު ކުރަނީ ހަމައެކަނި ފިރިހެނުން. ޑިމޮކްރަސީގެ ނަމުގައި މީހުންގެ އަބުރު ކަތިލުން ހުއްޓުވަން މާ އައުލާކަން ބޮޑު.

    52
    9
  2. .....

    ސީދާ ނަޝީދުގެ ބިލެއް....ލިޔުންވެސް ނަޝީދުގެ ބަހުރުވަ....އެހެން ނޫނަސް ނުރައްކާ ތެރިކަން ބޮޑަށް އެނގޭނީ މީކާއިލްއަށް ތޯ ނުވަތަ އިޔާޒަށްތޯ މީ ކޮށްލެވިދާނެ ސުވާލެއް

    49
    10
  3. ކޮރަލް

    މީކާއީލް ގެ ވާހަކަ ދައްކާނަމަ ދައްކަންހުރީ ވ ހަޑި ވާހަކަ އެވެ.

    38
    7
  4. ވިސްނާ

    އިބޫއަކީ އަންނިއެއް ނޫނޭ ކިޔާފައި އަދާލަތު ޕާޓީން ލާދީނިއްޔަތަށް ފެން ދީގެން ދިރުވުމުގެ ނަތީޖާ މިފެންނަނީ. ކޮކަޑިކޭ މީދާ ވާރޭފެން ބޮއިގެން ގަދަވާ އުސޫލުން ލާދީނިއްޔަތު މިގައުމުގައި ވަކިހިއްޕާލާފައި މިއޮތީ.

    49
    8
    • ޢަހޫ

      ކޯއްޗެއްވިސްނާކަށް ބޮޑުވަގެއްގެކިބައިން ސަލާމަތްނުވިނަމަ ރާއްޖޭގަ ހުންނާނީ އުމަ ރުބުނިހެން ބޮޑެތިވަޅުގަނޑު.

      14
      41
      • ލޮލް

        ގައިމުވެސް އެމްޑީއެންއަށް ލާދީނީ ރިޕޯޓެއް ނެރޭކަށް ނުކެރުނީސް.

        35
        9
        • ހުސޭނުބެ

          އެ ރިޕޯޓްް ނެރެފަ އޮތާ ޔޔާނޫގެ ވެރިކަމުގައި

          4
          5
        • ޢަހުމަދުވަގާރު

          ބަލަ އެރިޕޯރޓް ނެރުނީ 2014 ގަ

          2
          4
          • Anonymous

            އޭރު ނެރުނު ރިޕޯޓު ކިޔާލިންތަ؟ މި ވެރިކަމުގަ ނެރުނު ރިޕޯޓާ އޭރު ނެރުނު ރިޕޯޓުގެ ތަފާތު ނޭނގެންޏާ އަނގަ ނުހުޅުވިއްޔާ މާތާހިރުވާނެ

      • ޔަަސރ

        އެކަމު އަހަރެމެންނަށް ފެންނަށް ހުރީ އޭނާ ކިބައިން ސަލާމަތް ވީ އިރު 25 ބުރީގެ އިމާރާތް ތަކާ ބުރިޖު

        އިލްމާނީ ފިކުރު ފަތުރާ މީހުންގެ ނުރައްކާ މާ ބޮޑުވާނެ

        5
        5
        • ޢަހުމަދުވަގާރު

          ތިބުނާ ފިކުރުގަ މީހުން މަރާތަ.4 ދަރިންނާ އެކު އަފްގާނިސްތާނަށް ދޭތަ

          4
          3
          • Anonymous

            ލާދީނީ ބޮޓުން އޯވާޑްރައިވްއަށް ދިޔަޔަސް ދެން މި ގައުމަކުން ރައީސް ޔާމީންގެ ފިކުރެއް ނުފޮހެވޭނެ.

            2
            1
          • ޔސރ

            އާނ މަރަން ވެސް މަރާ، މާރކްސް އެލެނިންގެ ސެކިއުލަރ ފިކުރު ތަކުގަ ޖެހި ޔޫރަޕް އަދި ސޯވިޔެޓް ޔޫނިއަނުން މުސްލިމުންނާ ދެކޮޅަށް ކުރި ގަތުލު އާންމު ތަކެއް ކަލެއަކަށް ނުފެންނާނެ.

            އައިސިސް ވެސް ކާފަރުންގެ އުފެއްދުމެއް، އިސްލާމް ދީން އެކަމުން ބަރީއަ ވެގެންވާ ބައެއް.

            ބަޔަކު މަރުވިޔަސް ނުވިޔަސް، ﷲ ތަޢާލާގެ ހައްގު އެކަލާނގެއަށް އަޅުވެތިވުމުން ބޭރުވުމަށް ގޮވާ ބަޔަކީ މާ ނުރައްކާތެރި ފިކުރެއް ގެ ބަޔެއް. އަޅުވެތި ވެފަ ވަނީ ހަވާ ންފަސަށާ ޝައިތާނާއަށް، ދުނިޔޭގެ ވެސް އާޚިރަތުގަވެސް ގެއްލި ހަލާކުވެފައި ވާ ބަަޔެއް

            3
            1
  5. ސސ

    މަޖިލިސްގައި ކުރާނެއް މަސައްކަތެއް ނެތިގެން އެމްޑީޕީގެ ހަރުގެ ހިންގާ ގޮތަށް ހިންގާ ތަނެއްބާ ރައްޔިތުންގެ މަޖިލިސް ކިޔާވަރުގެ ތަނެއް ނޫން މިޔަކީ މިހާރަކު !

    43
    5
  6. ހޫ

    އަންހެނުންގެ ނޯންނާނެ ހިތާނު ކުރަންޖެހޭ ތަނެއް ގައުމުތަކުގައި އެބަހުރި އަންހެނުން ހިތާނުކުރުމުގެ ސަބަބުން ލޭމަނާނުވެ ސީރިއަސް ހާލަތައްގޮސް ފުރާނަވެސް ގެއްލިފަ މިކަމަކީ ސިއްހީއެތައް ގެއްލުމެއް ލިބޭކަމެއް ބޮޑު އަނިޔާއެއް.

    33
    8
  7. އައްމަޑޭ

    މިއީ 21 ވަނަ ގަރުނު. ޑރ. އިޔާޒް ހިތްވަރު ދީގެން ރާއްޖޭގެ ކޮން ރަށެއްގެ ކޮން އަންހެން ކުއްޖަކުތަ މިހާތަނަށް ހިތާނުކުރީ؟ މީކާއީލަކަސް އެހެން ކާއީލަކަސް މިކަން ސާބިތުކޮށްދީބަލަ.

    43
    9
  8. އަތާތުރުކު

    ދެން މާމޮޅަށް ތަހުގީގުކުރަން ދަންނަ ބަޔެކޯ މީ. ޕޮލިހުންގެ ތަޙުގީގު ޑިޕާޓްމަންޓް އުވާލަބަލަ. އޭރުން ހާދަ ލާރިއެއް ސަލާމަތްކުރެވޭނެއޭ.

    41
    5
  9. Anonymous

    މަޖިލީހުގެ މައްސަލަ މަޖިލީހައް ލާން ބޭނުން.

    39
    3
  10. ޑޮންޑޮން

    މަޖިލިސް ބަހައްޓާފަ ހުރިހާ މުއައްސަސާތަކެއް އުވާލަންވީ. މަޖިލީހުގަކަ އެތިބީ ހުރިހާ ކަނޑަކަށް ހެޔޮވަރު ބަޔަކު.

    5
    3
  11. އަދުހަމް

    ފާކުރައްވާފައި ތިބި ބޮޑެތި ޝައިތާނުނުން ތަކެއް؟ މިހިރަގެން ފާޅުވެފައި މިތިބީ..

    6
    2
    • ސަލީމް

      ނޭގުމެއްގައި ތިބެނަމަވެސް އަހަރެމެންގެ ތެރެއިންބަޔަކު އަމިއްލަޔަށް ހޯދައިގަތް ކަމެއްމިއީ.

  12. ލލ

    އަން ހެނުން ދަރިން ވި ހެޔުވުމަކީ ހާދަ ބިރުވެރި ކަމެކޭ ބުރަކަމެކޭ އެ ހެނޭ ކިޔާފަ އެކަން އެމީ ހުން ނުކުރިނަމަ މިބައި މީ ހުން ހަޅޭލަވަން މިތަނަށް ދާން ދުނިޔެއަންނާނެތޯ ؟ ބޯގޯސް ވިޔަސް ބޮޑުވަރު !

    5
    2
  13. އަހްމަދު

    ސުންނަތުން ޙަދީޘް ސާބިތުވުމަށްފަހު އެކަކަށް ކިޔޭނެ އެކައްޗެއްވެސް ނޯންނާނެ

    6
    2
  14. ކޮއިފުޅު

    ތޯރާ ބޯރާގުރޫޕުކޮއްފާނެ ކޮންމެފަދަ ކަމެއްވެސް

    6
    1
  15. ހުސޭނުބެ

    އަޅުގަނޑުމެން 11 އަދި 12 ގައި އުޅުން ދުވަސްވަރު ސީ އެޗް އެސް އީ ގައި ކިޔަވައި ދެމުން އައި އިސްލާމް ފިލާވަޅުތަކުގައިވެސް އޮތީ އަންހެނުންވެސް ހިތާނު ކުރުން ދީނުގައި އޮތްކަމަށް.
    އެއީ 2005 ގެ ނިޔަލަށް. އޭގެ ފަހުން ސިލަބަސް ބަދަލުކުރީ

    7
    1
  16. ރާއްޖެތެރެ

    އަދާލަތު ޕާޓީގެ ލީޑަޝިޕް ބަދަލު ކުރަންޖެހޭ. އެމްޑީޕީޔާ ގުޅުނުހިސާބުން އަދާލަތު ޕާޓީގެ ހަގީގީ ލީޑަރުން ފެޔައް ޖެހިލީ

    6
    1
  17. މަންކީ މޭން

    މިކަލޭގެ ބުނެފިއްޔާ އެކަން ގޯސް ނުވާ މީހުން މިގައުމުގަ ގިނަވާނީ

  18. އަހުމަދު

    ދަރިންނޭ ހޭއަރާ. ދެބޯގެރި ދުއްވަނީ . ލާދީނީ ބިލުން ސަމާލުކަން އަނބުރާލުމަށް ޖައްސާ ސްޓަންޓް މިއީ.

    7
    2
  19. އިންނު މުހައްމަދު

    މަޖިލިސް މީ އެއްވެސްކަމެއް ވާ ބައެއް ނޫން. މިހާރު ވައްތަރީ ކޯޓަކާ

    5
    1