ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޔޫއޭއީ އަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު މާލެ ވަޑައިގެންފިއެވެ.

ރައީސް ދުބާއިއަށް ވަޑައިގެންްނެވީ މި މަހުގެ 21 ވަނަ ދުވަހު އެމަނިކުފާނުގެ ކޮއްކޮ އަހްމަދު މުހައްމަދު ސޯލިހް (އަހުމަދުބެ) ގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށެވެ.

އަހްމަދު މުހައްމަދު ނުވަތަ އާއްމު ނަމުންނަމަ އަހްމަދުބެ އަކީ ރައީސް ސޯލިހްގެ ހަގަށް އެއާއިލާގައި ތިއްބެވި އަށް ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. ރައީސް ސޯލިހްގެ އާއިލާގައި އެއްބަނޑު އެއްބަފާ 12 ބޭފުޅުން ތިއްބަވައެވެ.

އަހުމަދުބެ ނިޔާވީ އުމުރުން 55 އަހަރުގައި ކެންސަރުގެ ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ. އަހްމަދުބެ އަކީ ލޯފަން ބޭފުޅެކެވެ. އޭނާގެ އިތުރަށް އެއާއިލާގައި ލޯފަން އިތުރު ތިން ބޭފުޅުން ވެސް ތިއްބަވައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޞާރަ

    ކީއްކުރަން އައީ މިގައުމަށް ބޭނުންހުރި މީހެއްނޫން ތިޔައީ ގައުމު ހަލާކުކޮށްފި ގައުމުފުނޑާލައިފި ގައުމުދަރުވާލައިފި ގައުމު އޮޔާލައިފި ދެން މިގައުމުލަށްގާނީ އިންޑިއާގެ ގޮނޑުދޮށަށް

    30
    6
  2. ރީތި މޫސަ

    ކޮށްކޯފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތްދެއްވާ ރައީސް ސޯލިޙްއަށާއި، ޢާއިލާއަށް ކެއްތެރިކަންދެއްވާށި! އާމީން

    30
    7
  3. UH

    ibuu should be a hafiz llike his bro

    13
    2
  4. Anonymous

    ކޮއްކޯފުޅަށް ދާއިމީ ސުވަރުގެ މިންވަރު ކުރައްވާ ޢާއިލާއަށް ކެތްތެރިކަން ދެއްވާށި އާމީން . އެހެން މީހުންގެ މަރުން ތިމާ ޢިބްރަތް ލިބިގަންނާށޭ ބުނެ. ތިމާވެސް މަރުވާނެ ކަމާ
    ތިމާގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކާއި މެދު ސުވާލު ވެވޭނެ ކަމާއި ހިސާބުު ބެލެވޭނެކަމާއި ޖަޒާދެއްވާނެކަން އެންމެން ވެސް ހަނދާން ކުރަންވީ. އަޅުގަނޑާއި ސުވާލު ވެވޭނީ އަޅުގަނޑު ގެ ބެލުމުގެ ދަށުގައި ވާ ފަރާތްތަކާއި، އެކަމަކު ވަލިއްޔުލް އަމުރާއި ސުވާލުނުވެވޭނެބާ އޭނާގެ ރައްޔިތުންނާއި މެދު

    15
    1
  5. ސަންފައިދި

    ކީއްކުރަންހޭ ދިޔައީ؟އާއްމުމީހާ ބަލިވެ ހާލެއްނެތި ދަރި މަރުވާއިރުވެސް އެއް ރަށުން އަނެއް ރަށަށް ދިޔަކަނުދޭ.އެކަމަކު ބޭފުޅުންވީމަ އެއް ގައުމުން އަނެއް ގައުމަށް ވެސް އެބަދެވޭ.ކަރަންޓީނުވާކަށް ވެސް ނުޖެހޭ.މޮޅު މީހާއަށް މޮޅު ނިކަމެތި މީހާއަށް ދެރަ.

    2
    1
  6. ސެންޗޯ

    ކޮއްކޯ ފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވާ އާއިލާ އަށް ކެއްތެރި ކަން ދެއްވާށިއެވެ އާމީން

    3
    1