ޑޮލަރު ހޯދައިދޭނެ ކަމަށް މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދަމުންދާ މީހެއްގެ ވީޑިއޯއެއް މީސް މީޑިއާގައި އާއްމުވެއްޖެއެވެ.

މީސް މީޑިއާގައި އާއްމުވެފައި ވަނީ ޑޮލަރު ހޯދައިދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގައި ފުލުހުން ހޯދަމުންދާ މީހާ ކަމަަށް ބެލެވެއެވެ. އެގޮތުން އިއްޔެ ފުލުހުން ވަނީ ވީޑިއޯއެއްވެސް އާއްމުކޮށްފައެވެ. ފުލުހުން ވިދާޅުވީ، އެ މީހާއަކީ އޭޕްރީލް 26 ވަނަ ދުވަހުގެ ވަގުތެއްގައި ޑޮލަރު ހޯދައިދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ބިދޭސީއެއްގެ އަތުން ފައިސާ ހޯދާފައިވާ މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއް ކަމަށެވެ.

މިއަދު މީސް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއިން ފެނިގެންދަނީ މީހަކު ފައިސާ ގުނާ ތަނެވެ. އަދި އޭނާއަކީ މައުރޫފް އަލީކަމަށާއި، އޭނާއަކީ ބ. އޭދަފުށީ މީހެއް ކަމަށް އޭނާ ބުނެއެވެ.

އެ ވީޑިއޯގައި މީހަކު އޭނާ ކައިރީގައި، އެއީ ކިހިނެއް ހޯދި ފައިސާއެއްތޯ ސުވާލު ކުރެއެވެ. ޖަވާބުގައި އޭނާ ބުނަނީ އެއީ ޑޮލަރު ދޭނަމޭ ކިޔާފައި ފޭރިގަތް ލާރި ކަމަށެވެ.

އަދި އެ މީހާ ކައިރީގައި އޭނާ ފޭރިގަތީ ކިތައް ރުފިޔާ ތޯ ސުވާލު ކުރުމުން ބުނީ، އޭނާ 20،724 ރުފިޔާ ފޭރިގަތް ކަމަށެވެ. އަދި އޭނާ ލަންކާ އަންހެނެއްގެ އަތުން 1500 ޑޮލަރު ފޭރިގަތް ކަމަށްވެސް ވަނީ އެއްބަސްވެފައެވެ.

މިއީ ޑޮލަރު ދޭނެ ކަމަށް ބުނެ މަަކަރާއި ހިލާތުން ފައިސާ ހޯދަމުންދާ މައްސަލަގާއި ފުލުހުން ހޯދަމުންދާ މީހާކަން ކަށަވަރުނުވާއިރު، ފުލުހުން ވަނީ އެ މައްސަލާގައި މީހަކު ހައްުޔަރު ކޮށްފައި ވޭތޯ ބަލާނެ ކަމަށް ވިދާޅުވެފައެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދާ ގިނަ މީހުން ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ ގިނަ އަދަދެއްގެ ފައިސާ ހޯދާ ކަމަށް ފުލުހުން މިހަފްތާގައި ވެސް ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ބަދީއު

  މުޅި އުމުރު ވައްކަމުގައި ، ވާރުތަ ކުރާކަމެއް ތަ އަނެއްކާ ! އަނެއްކާ ބުރޯ ޓްރޭނިންގ ކުރި ކުއްޖެއްބާ؟

 2. ކުޑަބެގީ ރަޝީދު

  ފްލެޓް ގަންނަންތަ ކަލޯ

 3. ލޮލް

  ޔާމިނުގެދަ ރިވަ ރެއް

  2
  2