ހަނިމާދޫ އެއަރޕޯޓް ޑިވެލޮޕްމެންޓަށް ބޭނުންވާ ބިމާ ބެހޭގޮތުން ހަނިމާދޫގައި ވަކި ބަޔަކު އިސްނަގައިގެން ދޮގު މައުލޫމާތު ފަތުރަމުންދާ މި ދަނޑިވަޅުގައި ކައުންސިލް ބަދުނާމުވާ ގޮތަށް ކައުންސިލަރުންގެ ނަމާއި ނުވަތަ ފޮޓޯ ބޭނުން ކުރާނަމާ ޤާނޫނުގެ ތެރެއިން ދައުވާ ކުރާނެ ކަމަށް ހަނިމާދޫ ކައުންސިލުން ބުނެފިއެވެ.

ހަނިމާދޫ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެއަރޕޯޓް ޑިވެލޮޕްމަންޓަށް ބޭނުންވާ ބިމާއި ބެހޭ ގޮތުން ދޮގު މައުލޫމާތު ފަތުރަމުންދާތީ ކައުންސިލުން ކަންބޮޑުވުން ފާޅު ކުރާ ކަމަށާއި ދައުރުވަމުން އަންނަ މައުލޫމާތުގެ ތެރޭގައި ކައުންސިލަށް ނޭނގޭ ހަގީގަތާއި ހިލާފު ވާހަކަ ހިމެނޭ ކަމަށެވެ.

ކައުންސިލުން ބުނީ، އެއަރޕޯޓް ހެދުމަށް ނިމިދިޔަ ކައުންސިލްގެ ދައުރުގައި ކައުންސިލަށް ފޮނުވާފައިވާ ލިޔެ ކިޔުންތަކުން ހާމަވާން އޮތްގޮތުގައި މިހާރު އޮތް އެއަރޕޮޓްގެ ނަރުދަލުން ފެށިގެން ކަނޑައަޅާފައިވާ ބިމަކީ ބޮޑު ބިމެއްކަން ފާހަގަ ކޮށްލެވޭ ކަމަށާއި އެ ލިޔުންތައް ބަލައި އެބިމާ މެދު ކައުންސިލުން ވެސް ކަންބޮޑުވުން ފާޅު ކުރި ކަމަށެވެ.

އަދި އެއަރޕޯޓު ތަރައްގީއަށް ބޮޑު ބިމެއް ދޭން ރަށުގެ ރައްޔިތުން ވެސް ކަންބޮޑުވާތީ އެކަން މި މަހުގެ ހަ ވަނަ ދުވަހު ޕްލޭނިން މިނިސްޓްރީ އަށް އަންގާފައިވާ ކަމަށާއި އަދި ސަރުކާރުން އެދިފައިވާ ބިން ކުޑަކޮށް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ނުހުއްޓި ކުރިއަށްގެން ދިއުމަށް މަޝްވަރާކުރަމުން އަންނަކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

އެ މަޝްވަރާތަކުން، އެ ބިން ކުޑަކޮށްދީފައިވާ ކަމަށް ބުންޏަސް އޭގެ ތަފްސީލެއް ދީފައެއް ނުވެ އެވެ. ނަމަވެސް، ކައުންސިލްގެ މިއަދު ބައްދަލުވުމަށް ވަނީ އެއާޕޯޓު މަޝްރޫއު އަށް 400،000 އަކަފޫޓުގެ ބިމެއް ދިނުމާ ގުޅޭގޮތުން ގޮތެއް ނިންމަން އެޖެންޑާ ކޮށްފަ އެވެ. އެކަމަކު، ކައުންސިލްގެ ބައްދަލުވުމުގައި އެކަމަށް މަޝްވަރާކޮށްފައި ނުވާ ކަމަށްވެ އެވެ.

"ކުރިން ވެސް ދެންނެވި ފަދައިން ހަނިމާދޫ އެއާޕޯޓް ޑިވެލޮޕްމަންޓަށް ހަނިމާދޫ ބިމުން މިނިސްޓްރީން އެ ދަންނަވާ ވަރުގެ ބޮޑު ބިމެއް ބޭނުންވޭތޯ އެދި ދެންނެވުމުން، އެދިލައްވާފައިވާ ބިމަކީ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު އަށް 853،937 އަކަފޫޓުގެ ބިމަކީ ވަރަށް މުހިއްމު ބިމެއްކަން ފާހަގަކޮށް މި ކައުންސިލަށް ވަނީ އަންގަވައިފަ އެވެ. ވީމާ ހަނިމާދޫ ކައުންސިލުން މިހާރު މިނިސްޓްރީއާ މަޝްވަރާކުރަމުން މި ގެންދަނީ އެ ވަރުގެ ބޮޑު ބިމެއް ދިނުމާމެދު ކައުންސިލުން ކަންބޮޑުވާ ކަމަށެވެ،" ބަޔާނުގައި ވެއެވެ.

އެއާޕޯޓު މަޝްރޫއާ ގުޅޭގޮތުން ހަނިމާދޫ ކައުންސިލް ބަދުނާމުވާ ގޮތަށް ކަންތައް ނުކުރުމަށާ އަދި ކައުންސިލަރުންގެ ފޮޓޯ ބޭނުންކޮށްގެން ހަގީގަތާ ހިލާފު ވާހަކަނުދެއްކުމަށް އެ ކައުންސިލުން އިލްތިމާސްކުރެ އެވެ. އެކަން ކުރާ ފަރާތްތަކާ ދެކޮޅަށް ކައުންސިލަށް ލިބިފައިވާ ބާރުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ކިޔުންތެރިއެއް

    ވޯޓުވިއްކާގެން ލިބޭއެތި މާހިތިއެއްނު.

    15
  2. ބަކުރު8

    ބުނޭ މޮޔަފުޅު ނުވާށޭ. ބައިތުލްމާލުން މުސާރަ ނަގާނަމަ ފޮޓޯވެސް އާންމު ކުރެވޭނެ. ފުރަތަމަ ގާނޫނަށް ހޭލުންތެރިވެގެން އާދޭ މަގާމަށް

    62
    2
  3. ނ

    ބޮކުބާރު ...މިޒަމާނުގާ ....ތިޔަގޮތަށް ..ބިރުދެއްކިޔަސް ...ސިހޭނީ..ކާކު...ހައްތަހާ ...ގޯސްވާނީ...ގަފޫރުގެ. ...ހިޔަނީގައި ...ުުޭުުޭުުޭ
    ޢުޅޭ..ކައުންސިލަރުން....

    12
  4. އަލްޖިބްރާ

    ތިއީ ކޮންބައެއް ؟ މަތިން ފައިބާ ތިބި ބައެއްތަ ؟ މިޤައުމުގަ ވެރިކަން ކޮށްފަ ތިބި މީހުންގެ ފޮޓޯ ޖަހާ ފާޑު ފާޑުގެ ސާބިތު ކަމެއްނެތް ޚަބަރުތަށް ފަތުރާ ތަނެއް ކަލޭމެނަކަށް ނުފެނޭތަ ؟ ދައުވާ ކުރެވުނީ ކާކަށް ތަ ؟ ކަލޭމެންގެ ފޮޓޯވެސް ޖަހާނެ ޚަބަރުވެސް ފަތުރާނެ ! މާ މޮޅުބަޔަކަށް ހެދިގެން އޫޅޭނެ ކަމެއް ނެތް ! ކަންކަން ނުކުރެވޭ ވަރުގެ މީހުން އިސްތިއުފާ ދީފަ ގެއަށް ދިއައިމަ އެމީހެއްގެ ވާހަކައެއް ނުދައްކާނެ ! ރައްޔިތުންގެ ޚިދުމަތުގައޭ ކިއާފަ ތަންތަނަށް ސަވާރުވެ ތިބެ ޚިދުމަތް ނުދެންޏާ ހުރިހާ ކަމެއްވެސް ކުރާނެ !

    12
  5. ބަކުރު

    ބަލަ ތިހިރީ ރައްޔިތުންގެ ނޯކަރަކަށް. ފޮޓޯވެސް ޖަހާނެ. ސައިޒް ނުއޮޅޭ.

    13
    1
  6. ނަޒީރާ ހަނިމާދޫ

    ބިރުދައްކަން ނޫޅޭ ރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެން. ފޮޓޯވެސް އާންމުކުރާނަން ރީނދޫ ޓައިއަޅައިގެން ތިއްބަސް. މިގައުމު މަކަރާ ޖަހައިގެން އިންޑިއާއަށް ވިއްކައި ކައި ހުސްކުރާއިރު މަޑުންތިބެންވީތަ. ހަނދާން ނައްތާލާ ޕަޕެޓުންނޭ.

    12
  7. ނަފުރަތު

    ކައުންސިލުން ވެސް ބަޔަކު މީހުންގެ މައްޗަށް މީސްތަކުންގެ ހިތުގައި ނަފުރަތު އުފެދޭ ގޮތަށް ވާހަކަ ނުދެއްކެވުން އެދެން. އަދި ބިރު ނުދެއްކެވުން އެއީ އެންމެ ރިވެތި ގޮތް.

    11
  8. ޙަސަނާ

    ބިރުދައްކަންނޫލޭ މީ 70 ގެ އަހަރުތަކެއްނޫން މިހާރު ތިޔަ ކައުންސިލަރުންގެ ފޭސްބޫކު ޕޭޖުބާލާބަލަ މީހުންގެފޮޓޯ އާއި ދޮގުމައުލޫމާތު ހުރީ ކިހާވަރަކައްތޯ ކަލޭމެން ދޭބަލަ އިންޑިއާ މަނަވަރެއްގަ މަހައް ގޮސް އިންޑިއާގަތިބެބަލަ ގައްދާރުނުވެ..

    12
  9. ކަޅުމަރިޔަނބު

    ހަނިމާދޫ ކައުންސިލެއްކަމަކު މީޑިޔާއަށް ތިޔަގޮތަށް އިންޒާރެއްނުދެވޭނެ. ރައްޔިތުންގެ ވިންދާ ދެކޮޅަށް މަސައްކަތްކުރަންޏާ އެވާހަކަ ދައްކާނެ. ފުރަތަމަ ތިމާމެން އިސްލާޙްކުރަންޖެހޭ ކަންކަން އިސްލާޙްކުރޭ.

    10
  10. ގައުމީ ލޯބި

    ތިހެން ފުއްޕާއިގެން އުޅުނު ވަރަށް ގިނަމީހުން.. އަދީބުވެސް.. ގާޒީ ބާރީވެސް ތަންކޮޅެއް ކުރީން.. މިހާރު ސައިޒުވެފައި އެތިބަފެންނަނީ..

    މާބޮޑަށް ހަށިބޮޑުނުކޮށް ރައްޔަތުންނަށް މަންފާކުރާނެ ކަމެއްކުރެވޭތޯ ބަލާބަލަ.. ޕާރޓީ ކޮނޑުއަޅައިގެން މުސާރަނަގާ އުސޫލު ދޫކޮށް ލަބަލަ..!

    އޭރުން މީހުންގެ ލޯތްބާއި އިހްތިރާމް ލިބޭނީ..!

    10
  11. ވިސްނާލުމަށް އެދެމޭ

    ހަނިމާދޫގަ މޑޕއިން ހޮވާފަމިތިބީ ފޮޓޯނަގަން ލަދުގަންނަބައެއްދޯ...ބަލަގަ ތިއީ ސިޔާސީމަގާމެ.. ރައްޔިތުންނަ ތިމީހުންގެ ފޮޓޯބެލެންޖެހޭ ރައްޔިތުންގެ ޓެކްސްފައިސާ ކައުންސިލަ ރުންގެ ގެއަށް ގެންދަނީ... ރައްޔިތުން ދެކޮޅުހަދަދާތިއްބާ ރައްޔިތުންނަ އެންގުމެނެތި ރައްޔިތުންގެބިން ސަ ރުކާ ރުން ބޭނުންވާގޮތަށް ބަހާހުސްކު ރަންޏާ ރައްޔިތުން ފޮޓޯ އާއްމުކު ރާނެ..ތިކައުންސިލުންބަލާ ޔަގީންކު ރޭތަ އިންޑިޔާ ސިފައިން ތިގައުމުގަ ތިބެންޖެހޭ ސަބަބެ..ކޮބާ އެމީހުންގެ ދައު ރަކީ އެއާ ރޕޯޓު ތަ ރައްގީކު ރުމުގަ..ހަނިމާދޫ މޯގޭޖްކޮއްފަ ލޯނު ނެގާފަ ތަ ރައްގީކު ރާ އެއާ ރޕޯޓެކޭ އިންޑިޔާ ސިފައިންލައްވާތަ އެއާ ރޕޯޓުއަޅަނީ..މޑޕއަށް ތާއިދުކު ރާ އެކެއްގެވެސް ގައުމީލޯތްބެނެތީއޭދޯ،

  12. ބޯގޯސް

    ތިބިފާޑެއް އުތާ ތިޔަ އެެއްޗެހި ންގެ މައްޗައްވެސް ސަރިއަތް ކުރެވޭ ނެކަ ން ހަ ނދާ ންކުރާތި

  13. ރައްޔިތުމީހާ

    ތީ ދިވެހި ރައްޔިތުން ހޮވާފައި ތިބި ރައްޔިތުންނަށް ޚިދުމަތްކޮއްދޭން ހުވައިކޮއް، ރައްޔިތުންގެ ޓެކުސް ފައިސާއިން މުސާރަފަ ދީފަތިބި ރައްޔިތުންގެ ޚާދިމުން. ރައްޔިތުން ބޭނުންނަމަ ރައްޔިތުންގެ ޚާދިމުންގެ ފޮޓޯ ވެސް ނެގޭނެ، އަދި ޢާމުވެސް ކުރެވޭނެ. ރައްޔިތުން ބޭނުންވާކަން ނުވަނީ ވިއްޔާ ގޭގަ އޮވޭ. އޭރައް ފޮޓޯ އާމު ކުރާނެ މީހެއް ނުހުންނާނެ. ވަރަށް ވާހަކަ މީ.

  14. ޒާ

    ރައްޔިތުންގެ ވޯޓުން ހޮވި މުސާރަ ލިބޭގޮތްވީމާ ހާދަ ފުއްޕައޭދޯ؟

  15. ވަހީދުބެ

    ހަނިމާދޫގައި އުޅެނީ މޮޔައިންތަ؟ މިކަހަލަ މޮޔަބަޔަކު ކައުންސިލަށް ހޮވައިގެން ތިތިބީ؟

  16. ސސ

    ޕަބްލިކް ސާރވިސް މަޤާމްތަކުގައި ތިބެން ވާނީ ީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީރައް ގޮތުން ހިޔާލު ފާޅުކުރާނެ ކަން ގަބޫލު ކޮށްގެން ތިބެ !

  17. ނާއުއްމީދު

    އަޖައިބެއްފަހެ ނުވާނޭތަ! ގޭގައި ތިބެބަލަ ފޮޓޯއެއްވެސް ޙަބަރެއްވެސް ނުޖަހާނެ އެއެނު. މިއުޅޭ ބާރުތަކެއް. މިހެން ގޮސްދެން އަނެއްކާވެސް ޚުދުމުހުތާރު ވަކިވަކި ކުދިކުދި ބޮޑެތި ބާރުތަކަކަށްވެސް ބޮޑުފިތުނައަކަށް ނުވަނީސް މިކަންކަމުގެ ސައިޒްތައް ކުޑަކޮށް ރައްޔިތުންނަށް ނޭވާލެވޭ ވަރުކޮށްދީއަވަހަށް. ޝަރުޢީ ނިޒާމެއްގެ ވާހަކައެއް ޤާޒީއެއެގެ ވާހަކައެް، ކައުންސިލެއްގެ ވާހަކައެއް.......ދެއްކޭކަށްނެެތް. ފޮޓޯއެއްވެސް ޖެހޭކަށްނެތް. އެކަމަކު މިއީ ޙިދްމަތްކުރަން ތިބިމީހުން.

  18. ކާފަބޭ2020

    ޤައުމީބަޔަކުހޯބޯލަވައިގަތީމަ ކުރީސަރުކާރުކުރީގެކައުންސިލު ނަމަވެސް ގަޕޯއެއޮތީބުނެފައެބިންނެގިވާހަކަ! ތިޔައީރޯގާޖެހިފައޮތްކައުންސިލަކަށްވާއިރު ގަޕޯކިޔާއެއްޗަކާދިމާނުވޭދޯ؟

  19. Anonymous

    ދެކޮޅުންކާ ގުރޫޕު

  20. ސަމާ

    ތަންދޮރު އޮޅުން ނުފިލާ މީހުންނަށް މަގާމް ލިބުނީމާ ވާނީ މިހެން.
    ހޭޖެހޭ ބައެއްނަމަ ރައްޔިތުންގެ ކަންބޮޑުވުން އަޑުއަހައި އެކަމަށް ފަރުވާއެއްހޯދާނީ. ރައްޔިތުނަކީ އެއްމެ ގާތްމީހުންނަށްވާނީ.
    މިހާރު މަގާމުލިބުނީމާ ވިޔާފާރިވެރިޔާ ފަޅިއަށް އެރީމާ ކަމަކުނުދޭ.

  21. ނައީމް

    އަދިވިސްތަނެއްއޮތިއްޔާ ބޯކޮއްޕާލާތި ތަނެއްދޮރެއްނޭގުނަސް