ކޮވިޑް-19 ޖެހުމަށް ފަހު ރަނގަޅުވާ ފަރާތްތަކަށާއި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ލުއި ދިނުމާއި މެދު ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ގޮތެއް ނިންމޭނެ ކަމަށް ބެލެވޭ ކަމަށް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ވިދާޅުވެއްޖެއެވެ.

ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރާ ފަރާތްތަކަށް ލުއިތަކެއް ދިނުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅިގެން ސުވާލު ކުރުމުން ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވަނީ އެ ކަމާއި މެދު ވިސްނަމުންދާ ކަމަށެވެ. އެގޮތުން މި ހަފްތާގެ ތެރޭގައި އެކަމާއި މެދު ގޮތެއް ނިންމޭނެ ކަމަށް ލަފާކުރެވުނު ނަމަވެސް އެކަމާއި މެދު ގޮތެއް ނިންމާނެ ސީދާ ތާރީޚެއް އޭނާ ހާމައެއް ނުކުރައްވައެވެ.

"އެކަމާއި ދޭތެރޭ އެބަ ވިސްނާ. އެކަމާއި މެދު ޑިސިޝަން އެއް މޭކްކުރެވޭނެ ހެން ހީވަނީ ކުރިއަށް އޮތް ވީކް ތެރޭގައި ހީވޭ ފަހަރެއްގައި. އެހެންހީވަނީ އަދި ޔަގީނެއް ނޫން." އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ މީހުންނަށް ލުއިތަކެއް ދޭނެކަން އެޗްއީއޯސީ އިން ހާމަކުރެއްވީ މިއަދުގެ ވަގުތެއްގައެވެ. އެގޮތުން ލުއިދޭ އިރު މައިގަނޑު ދެ ކަމަކަށް ބަލާނެ ކަމަށާއި އެއީ ހިރާސް ބޮޑު މީހުންގެ މެދުގައި ވެކްސިން ޖަހާފައިވާ މިންވަރާއި ދަތުރުކުރާ ތަނެއްގައި ބަލި އޮތް ވަރު ކަމަށް ވެސް އެ އިދާރާއިން ވިދާޅުވެއެވެ.
.
ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މިހާރު އަންނަނީ މަދުވަމުންނެވެ. އެހެންނަމަވެސް ކޮވިޑްގައި ނިޔާވާ މީހުންގެ އަދަދު އަދި ދަށަށް ނުދެއެވެ. އެގޮތުން މިމަހު ވެސް މިހާތަނަށް 50 މީހުން ވަނީ ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވެފައެވެ. މެއި މަހު 85 މީހުން ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވިއެވެ. މެއި މަހަކީ ކޮވިޑް ޖެހިގެން މިހާތަނަށް އެންމެ ގިނަ މީހުން ރާއްޖެ އިން ނިޔާވި މަހެވެ.

ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދުވާން ފެށުމާއިއެކު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދުވެސް ދަނީ ދަށަށެވެ. އެގޮތުން އިއްޔެ އިރުއޮއްސުމާއި ހަމައަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދިޔައީ 39 މީހުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޥރކއ

    ބަންގާޅިންނުލާ ރާއްޖޭގެ ކިތައް ޕަސެންޓް މީހުން ގަޔަށް ވެކްސިން ޖެހިއްޖެބާ.

    3
    1
  2. ލާބަ

    އަމާކީތީ ފަރަށް ދިއުން ދަންނަމުތަ

  3. ގަންނާދު

    ކޮންލުޔެއް ދޭން މައިތިރިވެގެން ތިބެންވީނު އަނެއްކާވެސް ދުވާލަކު 1500 މީހުން ޕޮސިޓިވް ވާންފެށީމަދޯ އުފާވާނީ

  4. ގަރަމް

    ތިޔަ މަބުރޫކަކީ މީގެކުރިންވެސް ވަރަށްސާދާގޮތެއްގައި ދޮގުހަދާފަހުރި މީހެއް މީނަބުނާއެއްޗެއް ދިމަލެއްނުވާނެ ވެންޓިލޭޓަރުން އިބުރަތް ތަކެއް މޭކު ވެއްޖެ.

    1
    1
  5. ސާދުނާ

    ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިފަހުން މިހާރު 3 މަހާ 20 ދުވަސް ވެއްޖެ، އަދިވެސް 2 ވަނަ ޑޯޒް ޖެހޭނެ ދުވަހެއް ނޭގެ،

  6. އަބޫ

    ދެ ޑޯޒް ފުރިހަމަކުރިތާ 3 މަސް. އަދި ކިރިޔާ ސަރުކާރުން ތައްޔާރުވަނީ