އަރަބި ބަސް ކިޔަވައިދިނުމަށް ރާއްޖޭގެ ސްކޫލްތަކުގައި ބޭނުންކުރާ ފޮތުގެ ގިނަ މައުލޫމާތުތައް ދިވެހި ބަހުން ލިޔެފައި އޮތުމުން އެފޮތް ބޭނުންކޮށްގެން އިންޑިއާ ޓީޗަރުން ދިވެހި ދަރިވަރުންނަށް ކިޔަވައިދޭނެ ގޮތެއް ނޭނގި ގިނަ ސުވާލުތަކެއް އުފެދިއްޖެއެވެ.
ރާއްޖޭގެ ސްކޫލުތަކުގައި ގުރުއާނާއި އަރަބި ކިޔަވައިދޭ ޓީޗަރުން އިންޑިއާ އިން ގެންނަން ޖެހުނީ ދިވެހި ޓީޗަރުން ހޯދުމަށް ތަކުރާރުކޮށް އިއުލާނު ކޮށްގެން ވެސް ނުލިބުމުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ރޭ ވަނީ ވިދާޅުވެފައެވެ.
ދިވެހި ބަހުން ލިޔެފައި އޮތް ފޮތް ބޭނުންކޮށްގެން އިންޑިއާ ޓީޗަރުން ދިވެހި ދަރިވަރުންނަށް ކިޔަވައިދޭނީ ކިހިނެއްތޯ ވަރަށް ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި ސުވާލު އުފައްދަމުންނެވެ. ނަމަވެސް އަދި މިކަމާއި ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން އެއްވެސް އެއްޗެއް ނުބުނެއެވެ.
އިންޑިއާގެ ކެރެލާ އިން ރާއްޖެ އަށް ފޮނުވާ ގުރުއާނާއި އަރަބި ކިޔަވައިދޭ ޓީޗަރުންގެ ފުރަތަމަ ބެޗު އައިސްފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓު ކުރުމާއެކު، ބޮޑެތި ފާޑުކިޔުންތަކެއް ދިވެހި ސަރުކާރަށް ވަނީ އަމާޒުވެފައެވެ. ފާޑުކިޔާ މީހުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުން ދަނީ ވަޒީފާ ނުލިބިގެން ދިވެހި ގުރުއާން ޓީޗަރުން އުޅޭއިރު، އެ ފުރުސަތު ދިވެހިންނަށް ނުދީ އިންޑިއާގެ ޓީޗަރުންނަށް ދޭން ނިންމުމުންނެވެ.
އިންޑިއާ ޓީޗަރުންނަށް ފުރުސަތު ދިނީ ދިވެހި ޓީޗަރުން ނުލިބިގެން ކަމަށް އެޑިއުކޭޝަނުން ބުނާއިރު އިސްލާމިކް ޔުނިވަސިޓީން އަންނަނީ 2015 ވަނަ އަހަރުން ފެށިގެން އަރަބި ބަހާއި ޤުރުއާން ކިޔަވައި ދިނުމަށް ހާއްސަކޮށް ޓީޗަރުން ތަމްރީން ކުރަމުންނެވެ. ކޮންމެ އަހަރަކު ދެފަހަރަށް އައިޔޫއެމްގެ އަރަބި އަދި ޤުރުއާން ޓީޗަރުން ގްރެޖްއޭޓް ވެއެވެ. އަދި ގުރުއާން ޓީޗަރުންގެ ޝަރުތު ހަމަވާ ކޯސްތަކެއް ބައެއް އެހެން އިންސްޓިއުޓްތަކުން ވެސް އަންނަނީ ހިންގަމުންނެވެ.
Ministry ge faraathun furathama emeehunnah dhivehi bas dhaskohdhey course hingaanee
މިނިސްޓަރަކަށް ބޮޓެއް ލީމާ، ވާގޮތް ތީ. އަހަރު ދެބައިކޮއްފަ، 2 އަހަރަށް ހަދާފަ.
މިވަރުވެސް ދިވެހިންނަށް މިންވަރުވެގެން ތިބީމަ އޯކޭތޯ ، އަދިވެސް ދިވެހިން ހައްޤުބަސް ވިއްކަން ނުކުންނަވަރެއް ނުވޭތޯ
ކެޚެރެލާއިން ޓީޗަ ރުން ގެނައި ކަމަށް ވަންޏާ ފޮތްތައް މެލެޔާޅަމް ބަހަށް ބަދަލު ކޮށްލީމަ ނިމުނީނު .
މިވާހަކަ ބުނީމާ ބައެއް މީހުން ހައިރާންވެދާނެ. އެކަމަކު މީ ތެދެއް. އުތުރު އިންޑިޔާގެ ސްކޫލްތަކުގައި ކިޔަވައިދިނުމަށް މުގައްރަރާއި ފޮތްތައް އެކުލަވައިލުމަށް އިންޑިޔާގެ އެޑިޔުކޭޝަން މިނިސްޓްރީން ދިރާސާ ދަތުރުތަކެއް 90 ގެ އަހަރުތަކުގެ ފަހުކޮޅުގައި ކުރި. އެމީހުން ޔޫރަޕާއި އެމެރިކާއާއި މެދުއިރުމައްޗާއި އޭޝިޔާގެ ގައުމުތަކަށް ދަތުރުކޮށް ބެލި. އެމީހުން ބުނާ ގޮތުން އެމީހުންނަށް ފެނުނު އެންމެ ރަނގަޅު ފަށާ ތައުލީމުގެ ނިޒާމަކާއި އެކަށީގެންވާ ގޮތަކަށް ފަރުމާކޮށްފައި ހުރި ފޮތާއި މުގައްރަރާއި ސްކޫލްތައް ހުރީ ދިވެހިރާއްޖޭގައި. އެއީ ރާއްޖޭގައި ކޮންމެ މާއްދާއަކަށް އަމިއްލަ ބަހުން ވަކިވަކިން ވަކިން ކޮންމެ ގްރޭޑަކަށް ފެތޭގޮތަށް ފޮތް ލިޔެފައިވާތީ. ކްލާސްރޫމްތަކުގެ ޑިޒަނާއި ބޮޑުމިން އެންމެ އެކަށީގެންވާ ގޮތަށް ހުރީ ދިވެހިރާއްޖޭގައި ކަމަށްވާތީ. މި ދިރާސާގެ އަލީގައި އެމީހުންގެ ކިޔަވައިދޭ ފޮތްތައް ލިޔެ ޗާޕުކުރީ. އެމީހުން ބުނާގޮތުން އެމީހުން ގެނައި ބަދަލަކީ ކޮންމެ 4 ސެމިސްޓަރއަކަށް ބަހާލާފައި ކޮންމެ ސެމިސްޓަރއެއްގައި 1 ފޮތް އޮންނަ ގޮތަށް އެއް ފޮތުގައި ފަސް ހަބައި ހުންނަ ގޮތަށް ހަދާފައި އެފޮތުގައި އެ ސެމިސްޓަރގައި ކިޔަވައިދޭ ހުރިހާ މާއްދާއެއް ހިމެނޭހެން ޗާޕުކުރީ. މިހެން ހެދީ ދަބަސް ލުއިކުރުމަށާއި ފޮތާނުލައި ސްކޫލަށް އަންނަ ކުދިން މަދުކުރުމަށް. މީގެ ނަތީޖާ ކާމިޔާބުކަމަށް އެމީހުން އެއްބަސްވޭ. މިހާރު އަހަރެމެން ގާތުން ދަސްކުރި މީހުން އަހަރެމެން މިގެންނަނީ އަހަރެމެންގެ ކުދިންނަށް ކިޔަވައިދޭން. މީތި ސަޅިއެއް ނޫންތަ!
ސާބަސް ! ތަނެއްދޮރެއް ދޮރުއަށްޓެއް ނުބަލާތި !
ޢިންޑިޔާވެއްޖިއްޔާ ގެންނާތި!
ފޮތްތައް ބަދަލުކުރާނީ އިންޑިއާ ބަހަށް
ޙިންދީބަހުން ކިޔަވަދީ
ޤު ރުއާން ކޯސް ހަދާފަ ސެޓްފިކެޓް ނަގައިގެން މިހުންނަނީ އަހަރު ފެށެން ވާއިރަށް ޓީޗަ ރުން ނަގާނެކަމަށް ގެޒެޓް ބަލާލަ ބަލާލަ ހުއްޓާ މިލިބުނީ މި ހަބަ ރު. ދެން ވަޒީފާ ގަނޑެއްވެސް މި ނުލިބުނީތާދޯ
އެޱިއުކޭޝަން މިނިސްޓަރު އިސްތިއުފާދީފަގެއަށް ކޮފޭ. ދަރިވަރުންގެ ކިޔެވުމާއި އަދި އުމުރުން އެއް އަހަރު ގެއްލުވާލައިފި. ރާއްޖޭގަ މި އޮއްހުރިހާ ގާރީން ތިބި އިރު ހުސް ދޮގުހަދާ އަންޱިއާ މީހުނަށް ތައިލީމޯ ދާއިރާ ވިއްކާލާފި. މީ ކީ ތާކުންތާކު ޖެހޭ މިނިސްޓަރެއްނީން . މަށް ހީވަނޫ މީ ފާހާނާ ސާފިކުރިމުގެ ދަކުތަރެއްހެން. އިތުރަށް ތިދާއިރާ ހަލާކު ނުކޮށް އަވަހާ އިސްތިއުފާދީ
ދެން ތިޖެހުނީ ރާއްޖޭގެ ސިލަބަސް އަދި ދިވެހިބަސް ވެސް ދޫކޮށް ހިންދީ ބަހަށް ބަދަލުކުރަން؟
އިންޑިޔާ މީހާ ފޮނުވާލާ.. ދިވެއްސަކު އެމަގާމަށް ލާ އޭރުން މައްސަލަ ހައްލުވީ
#އިންޑިޔާ އައުޓު
ބަލަ ދިވެހިން ވީމަ 20 ރފ މަހަކު ދީގެން ކުރުވަން. ތިޔަ އިންޑިޔާ ގޮލާމެންގެ މުސާރަ ދިވެހި 10 ޓީޗަރުންގެ މުސާރަ އާ އެއްވަރުވާނެ. ދެން ކިހިނެއް ހަދާނީ. ބަލަ ކަލޭމެންނަށް ވެރިކަން އެމީހުން ހޯދަ ދިނީ އެމީހުން ބޭނުންހާ ކަމަކަށް އެއްބަސްވާ މަތިންނޭ.
ޅަދަރީންގެ ވިސްނުމާއި ފިކުރު ދީނީ ގޮތުން ދުރުކުރުވަން ކުރާ ހާ ކަންތައްތައްމީ... މާސްޓަރޕްލޭން އެއްގެ ދަށުން ކުރާކަންކަން. އިންޑިޔާ އައުޓް
މީހަކު ނެތިގެން އެއްގޮތަކަށްވެސް ކިޔަވާނުދިނުމަށްވުރެ ޚަތިމުން ކިޔަވަން ދަސްކޮށްދެވުނަސް އަޅުގަނޑުމެން ބެލެނިވެރިންނަށް ރަނގަޅު. ދިވެހިން ލިޔެފައޮތަސް ސްކޫލުގެ މީހުން އެހީތެރިވެދީގެންވެސް ކުރެވިދާނެ
ދެންކު ރާނެކަމަކީ ދިވެހިބަހުން ލިޔެފައި އޮތް ފޮތް ހިންދީބަހަށް ބަދަލުކު ރާނީއެއްނު.ދުވަސްކޮޅަކުން ދިވެހިބަސް ކިޔަވާދިނުން ހުއްޓާލާފައި ހިންދީ ބަސް ކިޔަވައިދޭންވެސް ފަށާނެ މިވަ ރުންދަންޏާ😡😡
ކިޔަވާދޭކަށް މިހާރު ފޮތެއް ބޭނުމެއް ނުވޭ. ސިލަބަސް ގައިވާ އައުޓް ކަމްތައް ޓީޗަރަށް އެނގުނީމާ އެކަން ވާނެ. މީ ހާދަ ގަމާރު ބަޔެކޭ ދޯ. ފޮތް ބޭނުންކުރަނީ ޓްރެޑިޝްނަލް ޓީޗިންގަ.
އާއިޝަތު އަށް ވެސް ނުވަންޏާ ގެޔަށް ވަޑައިގަންނަވާ. ކަލޭމެންގެ ދުރުވިސްނުމާއި ރޭވުންތެރިކަން ބަލާބަލަ. ހަމަ މޯޑީ ބުނާއިރަށް ކެރެލާއިން މީހުންތަކެއް ގެނެސް އޮއްސާލިއިރު ނޭނގެ ޓެކްސްޓް ފޮތްތައްވެސް ހުރީ ދިވެހިންކަމެއް. ބުރާންތި ކެޔަސް ބޮޑުވަރު. ދެން ދުވަސްކޮޅަކުން ގެންނާނެ މިސްކިތު މުދިމުންވެސް ކެރެލާ އިން. ތިޔަ ހުރިހާ ލަވައެއް ނުކިޔާ ބުނަންވީނު މިއީވެސް މަލިކު ގޮތަށް އިންޑިޔާގެ ބައެކޭ. ދެން މޯޑީ އައިސް ބުނާނެ ކަލޭމެން މާދަމާއިން ފެށިގެން ކުކުޅުމަސްވެސް ކައިގެން ނުވާނެޔޭ. ކަލޭމެން ރަލޭ ބޯންޖެހޭނީ. ބައެއްގެ ދަށުވިޔަސް ބޮޑުވަރު.
ދައްކަވަން ހުރިތަނެއް ދައްކަވާނެ... އަވަރު ޕީޕަލް ނެވަރު ގޯ ޓު އެއަރު ޕޯޓް... ނެވަރު ވެޔަރު އަންޑަރު ވެޔަރު... މިއީ ތިބުނާ ހިންދުސްތާނުން އައި ޓީޗަރުން މަމެންނަށް އިގިރޭސި ކިޔައިދިން ގޮތުގެ ކޯރެއްގެ ކޯވަރެއް... ދެން ދިވެހި ބަހުން އޮތް ފޮތަކުން އެވެރިން އެ ކިޔާދޭނެ ގޮތެއް ހަމަ މަގޭ ސިކުނޑިއަކަށް ނުވިސްނޭ... ކޯވަރެއްގެ ތިކެއް ވެސް ނުލިބޭނެ...
80 ގެ އަަހަރުތަކުގައި މައުހަދުން ޕާކިސްތާން ޤާރީން ގެނެސްގެން ޤްރުއާން ކްލާސްތައް ހިންގިއިރު ތަރުޖަމާނުން ބޭތިއްބިގޮތައް ކޮންމެ ޓީޗަރާއެކު ތަރިޖަމާނެއް ހަޔަރ ކުރަން ފެނޭ
މޯދީ އަޅުގަނޑަށް މާފުކުރައްވާ. މަނިކުފާނު އެދުނުގޮތަށް ވަޒީފާ ހަމަޖައްސައިދެވުނީ ފޮތްތަކާމެދު ވިސްނާނުލާ. އިންޑިޔާއިން މިދެމާއްދާގެ ފޮތްކޮޅެއް ވ އަވަހަށް ފޮނުވާލަދީބަލަ.
ނުހައްގު ވެރިކަމެއްގައި ރަގަޅު އެއް ކަމއްވެސް ނުކުރެވޭނެ
މިކަމުންވެސް ދޭހަވަނީ ސޯލިހު ގައުމުވިއްކާލިކަން އިސްލާމް ކިޔަވައިދިނުމުގެ ނަމުގަ ކިތާބުލް ބުހުތާނު ކިޔަވައިދޭން އިންޑިއާމީހުން ގެންނަނީ.
ދަ އްކަވަންހުރި ތަނެ އް ދަ އްކަވާފަ ގެންދަވާނީ އަދިވެސް މިކަން ގަބޫލުނުކުރާ ބަޔަކު އެބަ އުޅޭ ވި އްޔާ.
1994 ހާތާގައި އަހަރުމެން ސްކޫލުގައި އުޅުނު އިރު ގްރޭޑް 6 އަދި 7 ގައި އަރަބި ކިޔަވާދޭގޮތް ހެދި. އަރަބި ޓީޗަރަކަށް ގެނެސްފައި ހުރީ އަރައްބެއް. އޭނާއަކަށް ދިވެއްސެއް އިގިރޭސިއެއް ނޭނގޭ. އަހަރުންނަކަށް އަރަބިއެއް ނޭނގޭ. ކޮމިއުނިކޭޓް ކުރެވޭނެ ގޮތެއް ނެތް.
އެމްބަސީން ނިންމި ނިްމުމެކެވެ.
ދިވެހިންގެ ބަހަކީ ، ހިންދީ ބަސްކަމުގައި މަޖުލީހުން ފާސްކޮށްލާ އޭރުން އެ ނިމުނީ . ދީނަކީ ހިންދޫ / ގެރިމަސް ކެއުން މަނާ / ގެރި ގުއި އާއި ގޮރު މޫނުގައި އުނގުޅާ ފައްޅިތަކަށް ދާއިރު / މިސްކިތަކުގެ ނަން ބަދަލުގައި ފައްޅި ހަދާފައި / ހަފްތާ ބަންދު އާދީއްތަ ދުވަސް
އިންޑިއާ އަށް އަޅުވެތިވެފައިވާ މިންވަރޭ މި ފެންނަނީ ދުވަސްކޮޅަކުން ބުނާނެ އަހަރުމެން އިންނަންވެސް ޖެހޭނީ އިންޑިއާ މީހުންނާއޭ.. އިންޑިއާގެ އަވަށެއްތަ މީ މިހާރު
އަޅުގަނޑު މެން ކިޔެވިއިރުވެސް ވަރަށް އުނދަގޫ ތިޔަ އިންޑިޔާ ބައެއް ޓީޗަރުން ކިޔަވައިދޭ ގޮއި.އަދި ތިޔަބުނަނީ ގުރުއާން ކިޔަވާ ދޭން ގެނެއި ބައެކޭ.ކިހިނެން ދާނެބާ..
ފޮތް ތައް ވެސް ބަދަލު ކޮއްލާ އެމީހުން ނަށް އިނގޭ ގޮތަށް ،ދަރިވަރުންނަ އެކަށްޗެއް. ެެެެެެނޭގުނަސް
ހާދަ ބުރާންތި މިނިސްޓަރެކޭ!
ބުރާންތިކަމުގެ އިންތިހާ!
ސޯލިހޫ މީނަ މިނިސްޓަރުކަމުު
ހަމަ ބަހައްޓަންޖެހެނީތޯ؟