ނަފްރަތުގެ ކުށް މާނަކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލް އަނބުރާ ގެންދިއުމަށް ރާއްޖޭގެ 106 އަމިއްލަ ޖަމިއްޔާއަކުން ގޮވާލައިފިއެވެ.

މަދަނީ ޖަމިއްޔާތަކުން މިއަދު ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނީ މި ބިލުގެ ސަބަބުން ގާނޫނު އަސާސީގެ 10 ވަނަ މާއްދާގައިވާ ދިވެހި ދައުލަތުގެ ދީންކަމަށްވާ މާތްވެގެންވާ އިސްލާމްދީނަށް މަދަނީ މުޖުތަމައުގައި ދެވިފައިވާ މަގާމު ހަނިވެ ދީނުގެ ދައުރު ދިވެހިންގެ ދިރިއުޅުމުން ވަރަށް ބޮޑަށް ހަނިވެގެންދާނެ ކަމަށެވެ.

މި ބިލުގައި ކުށުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންތައްތައް ފާސްވެ ގާނޫނަކަށްވާ ހިސާބުން މުންކާރާތްތައް ނަހީކުރުމުގެ މަތިވެރި ދީނީ ޝިއާރު އިސްލާމީ މި ފަސްގަނޑުން އަށް ގަރުނު ފަހުން ފުރަތަމަ ފަހަރަށް ސަރުކާރުން ފާސްކުރާ ގާނޫނަކުން އެކީ އެކަށް ނެތިގެން ދާނެ ކަމަށްވެސް ބުނެފައިވެއެވެ.

މި ބިލުގެ ސަބަބުން މިފަހަކަށް އައިސް މުޖުތަމައުގައި ފެތުރޭ ދީނާ ހިލާފު ހައްދުފަހަނައަޅައި ހަރުކަށިވެދިޔުމުގެ ނުރައްކާތެރި ފިކުރާއި އިސްލާމްދީނާމެދު ނަފްރަތު އުފައްދާ ލާދީނީ ފިކުރުތައް އެއްވެސް ގާނޫނީ މަނާކުރުމެއްނެތި މިނިވަންކަމާއެކު އެމީހުންގެ ބާތިލު ފިކުރުތައް ފެތުރުމަށް މަގު ފަހިވެގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.

މި ބިލުގައި މުސްލިމުން ކާފަރުކުރުން ކުށަކަށް ވާނެ ގޮތްކަމަށް ބަޔާންކޮށް ހިމަނާފައިވާ ނުކުތާގެ ސަބަބުން ފާޅުގައި ދީނަށް ހަޖޫޖަހާ މީހުންނަށް ގާނޫނީ ހިމާޔަތާއި ރައްކާތެރިކަން ލިބިގެންދާ ކަމަށާއި، ބިލު ފަރުމާކޮށްފައިވާ ގޮތުން ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އިސްލާމްދީނާއި ހިލާފުނުވާ ގޮތަށް ހިޔާލުފާޅުކުރުން ވެސް ހަނިވެގެންދާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މި ބިލު ފާސްކުރަން ނުފެންނަ ކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަށް ލަފާދެއްވާދައިވުމާއި ގިނަ އަދަދެއްގެ ދަންނަބޭކަލުން އެކުވެގެން އެބިލު އަނބުރާ ގެންދިޔުމަށް ރައީސުލްޖުމްހުރިއްޔާއަށް އިލްތިމާސްކޮށްފައިވުމުން މި ބިލާމެދު މަދަނީ ޖަމިއްޔާތަކުން، މަދަނީ މުޖުތަމައުގެ ބަސް ބައްޓަން ކުރަންޖެހޭ ގޮތް ވަރަށް ސާފުކަމަށްވެސް ބުނެފައިވެއެވެ.

މި ބިލު އަނބުރާ ގެންދިޔުމަށް ރައީސް ސޯލިހަށް އިލްތިމާސްކުރާ ކަމަށާއި އަދި ބިލު މަޖިލީހުގެ ތަޅުމުން ބޭރުކޮށްލުމަށް މަޖިލީހުގެ މެމްބަރުންނަށް އެ ޖަމިއްޔާތަކުން ވަނީ ގޮވާލާފައެވެ.

މީގެ ކުރިން 101 އިލްމުވެރިޔަކާއި އަދި 100 އަށްވުރެ ގިނަ ކައުންސިލުން ވެސް ވަނީ ބިލް އަނބުރާ ގެންދިއުމަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އެަަބްދޫ

    ނަފްރަތު މިކިޔާބިލަކީ އިސްލާމްދީނަށް އިހާނަތްތެރި ކުރެވޭ ބިލަކަށް ވުމުން ގާނޫނުއަސާސީގެ 10 ވަނަމާއްދާއާ ހިލާފްވޭ.ޢެހެންވެ އެބިލް ފާސް ކުރިޔަސް ބާތިލް ވާނެ.ޢުފެދުމުގާވެސް ބާތިލް އެއި މުންކަރާތް ނަހީ ކުރުން ކޮންމެ މުސްލިމަކަށް ވާޖިބް ކުރައްވާފަ އޮތުމުން.

  2. Happy 123

    ޙަމަ ރަގަލަށް ތިބިލް ގެންދަންވީ!

    • ކޭ

      ކުރިއަށް ގެންދަންވީ؟

  3. ސސ

    އެމްޑީޕީން 40 އަހަރުވަން ދެކަށް ވަކާލާތު ކުރި ދުލާއި ޤަލަމުގެ މިނިވަން ކަމަށް ހުރަސް އަޅާ ބަންދުކޮށް މަނާކޮށް ތަޅުލަން މިއުޅެނީ އިންޑިޔާ މީހުނަށް ޤައުމު ވިއްކާލާ ވާހަކަށް ރައްޔިތުން ދައްކާތީ ތޯ ؟

  4. ގައްބެ

    ކަލޯ މޮހޮއްމަދު ނަސީދޫ. ކަލޯ މާ ލާދީނި ވެގެން ތިޔާހެން ހަޑިކޮށް އުޅުނީމަ ރާއްޖޭގެ ހުރިހާ ޖަމިއްޔާތައް މިއޮށް ކެކުނީ. ކަލޯ ތިޔަ އުޅެނީ ވެރިކަން މަކަރަކުން ވައްޓާލަންތަ. ހަމަ ހިލާ ދެން އެހެން ނުވާނެ. ހުއްޓާލަ. ތިހެން ލާދީނި ވެގެން ނޫޅޭށޭ. ކަލޯ ކަންތައް މިހާރު ވަނީ ދައުރު ނިމިފައޭ. އޯކޭ. ކައި ދެން ހަޑިކޮށް ނޫޅެބަ. ހުވާ ދެން. ތިގޮލާ ކުރާ ކަންތަކުން މިހާރު ސޮސައިޓީ ފޭކްވަނީ.

  5. އިންނު މުހައްމަދު

    މުޅި ގަ އުމާ ދެކޮޅަށް އެމްޑީޕީގެ މަދު ބަ އިގަޑެ އްގެ ތާ އިދާ އެކު އެކު ތި ބިލް ފާސްކޮށްފި އްޔާ ވަރަށްބޮޑު ފިތުނަ އަކަށް ވާނެ.. .. އަ އްނި ބުނާ ކޮންމެ އެއ އްޗަކަށް ރަ އީސް ހެ އްލޭތީ ދެރަ އީ..

    • ޢަހުމަދުވަގާރު

      ކޮން ފިތުނަ އެއ އްގެ ވަހަކަ ތޯ ތި ދަ އްކަވަނީ. މީހުންނަށް ކާފަރަށް ގޮވުންތޯ

      2
      4
  6. ބުރަކި

    ތިޔަބިލު ފާސްކޮށްފިނަމަ ސޯލިހުގެ ހުވާ ބާތިލުވާނެ އެބަހީ ސޯލިހުވެރިކަމުން ފައިބަންމަޖުބޫރުވާނެ ހުވާކުރީ އިސްލާމްދީނަށް ހުރުމަތްތެރިކޮށްހިތުމަށް ﷲ ގަންދީ ހުވާކޮށްފަ.

    5
    1
  7. ވަތަނީ

    ނަފްރަތުފެބިލް އަނބުރާ ގެންދިއުމަށް ސަރުކާރަށް ގޮވާލަމެވެ
    ރާއްޖޭގައި ގާނޫންތަކާއި ގަވާއިދުތައް ހެދެންވާނީ ގައުމީ ވިސްނުން އިސްކޮށްގެންނެވެ އިސްލާމް ދީނަށާއި ދީނީ
    އަގީދާއަށް ފުށުނާރާ ގޮތަށެވެ އަމިއްލަ މަސްލަހަތެއް އޭގައި
    ހިމެނިގެން ނުވާނެއެވެ.

  8. ޑީޕްސްޓޭޓް

    މި ކޮންހާ ޖަމާއަތެއް؟ މީގެ ފުނަށް ދާން އެ ބަޖެހޭނު؟