22:09

އިތުރު 212 މީހުން ކޮވިޑަށް ފައްސިވެއްޖެ.

20:34

ކޮވިޑް-19 ޖެހިގެން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ ދިވެހި ޒުވާނަކު ނިޔާވެއްޖެ

17:35

މިހާރު ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ އައްޑޫ ސިޓީ ހިތަދޫ ފިޔަވާ އައްޑޫގެ ރަށްތަކުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލައިފި

15:10

ފާއިތުވި 24 ގަޑިއިރު އިނގިރޭސިވިލާތުގައި ކޮވިޑް-19 ފެތުރުނު މިންވަރު 40 އިންސައްތަ އިތުރުވެ ހާލަތު ގޯސްވެއްޖެ

12:34

މެންދުރު ފަހަށް ދޫކޮށްފައިވާ "މީޓަރު ފާސް" މިހާރު ހައެއް ޖެހުމާއި ހަމައަށް ބޭނުންކުރެވޭނެ.

12:16

ގިނަ ބަޔަކަށް ވެކްސިން ދީފައި ވަނިކޮށް އިސްރާއީލްގެ ހާލަތު ގޯސްވާން ފަށައިފި.

11:34

ދިއްދުއަށް އަރައި ފޭބުން މަނާކޮށްފި.

ކޮވިޑް-19 އާއިއެކު ފާއިތުވި ދެއަހަރު ދިވެހިން ކުރި ތަޖުރިބާއިން ދަސްވި ފިލާވަނީ ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދުވެލާއިރަށް މާގިނަ ލުއިތައް ދެވިއްޖެނަމަ އަނެއްކާވެސް އަދަދުތައް ކުއްލިއަކަށް މައްޗަށް އަރައިގެން ހިނގައިދާނެއެވެ. ދިވެހިން ކޮވިޑްގައި ތަޖުރިބާކުރި ހަތަރު ރާޅުން ވެސް ފެންނަން އޮތީ މިހަގީގަތެވެ.

އަނެއްކާވެސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދުވާން ފެށުމާއިއެކު ދޭނެ ލުއިތަކުގެ ބަހުސް މިވަނީ ފެށިފައެވެ. ނަމަވެސް ލުއިތައް ދިނުމަކީ ފާއިތުވި ތަނުގައި ލިބުނު ތަޖުރިބާއަށް ބަލާފައި ނިންމަން ޖެހޭ ކަންތައްތަކެއްކަން ގަބޫލު ކުރަން އެބަޖެހެއެވެ.

މިއަދު ރާއްޖެ އިން ކޮވިޑަށް ފައްސިވީ 172 މީހުންނެވެ.

މިއަދު މާލެ އިން 66 މީހުން އަދި އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 96 މީހުން ކޮވިޑަށް ފައްސިވިއެވެ. އޭގެ އިތުރުން ހިންގަމުންދާ ރިސޯޓްތަކުން އިތުރު ދިހަ މީހުން މިއަދު ފައްސިވިއެވެ.

މިއަދު ކޮވިޑަށް ޓެސްޓްކޮށްފައި ވަނީ 4523 މީހުންނެވެ. މިއަދު ކޮވިޑަށް ޓެސްޓްކުރި މީހުންގެ ތެރެއިން %4 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ކޮވިޑް ޖެހިފައި މިހާރު ރާއްޖޭގައި ތިބީ 4362 މީހުންނެވެ. މިއަދަކީ އޭޕްރީލް މަހުގެ 27 ވަނަ ދުވަހަށް ފަހު ކޮވިޑް ބަލި މީހުންގެ އަދަދު ނުވަތަ އެކްޓިވް ކޭސްގެ އަދަދު އެންމެ މަދުވި ދުވަހެވެ.

ނަމަވެސް މިއަދު ވަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު އިއްޔެއަށްވުރެ އިތުރުވެފައެވެ. މިހާރު 41 މީހަކަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ. އިއްޔެ ހޮސްޕިޓަލްގައި ފަރުވާ ދިނީ 39 މީހަކަށެވެ. މިއަދަކީ މިމަހުގެ 03 ވަނަ ދުވަހަށް ފަހު ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު އިތުރުވި ފުރަތަމަ ދުވަހެވެ.

މިމަސް ފެށުނު ފަހުން ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ މަދުވަމުންނެވެ. ނަމަވެސް އަދިވެސް ކޮވިޑް ޖެހިގެން ނިޔާވާ މީހުންގެ އަދަދު މަދެއް ނުވެއެވެ. މިމަހު ވެސް ކޮވިޑް ޖެހިގެން 50 މީހުން ވަނީ ނިޔާވެފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. އހމދ

  މާލެ ސަރުކާރު

 2. އަހުމަދު

  ޙަހަހަ. ލު އި ދިނުމުގެ ނިޔަތެ އް މި ސަރުކާރަކު ނެތް. ެެ
  މާބިރުން އެތިބީ..

  1
  1
 3. ނޯ ވޭ

  މައިތިރި ވެބަލަ ދޭ ލުޔެއް ދޭންދެން