ޖިންސީ ގޯނާގެ ބޮޑެތި ދައުވާތައް އުފުލާފައި ވަނިކޮށް ރާއްޖެ ދޫކޮށް ބޭރަށް ވަޑައިގެންނެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް، އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ އެމްބަސީން ހިމާޔަތް ދިން ވާހަކަ އެ ގައުމުގައި ހުންނަ ރާއްޖޭގެ ސަފީރު ފަރަހަނާޒް ފައިސަލް ދޮގުކުރައްވައިފިއެވެ.

ޖިންސީ ގޯނާގެ ހަ ދައުވާއެއް އުފުލާފައިވަނިކޮށް ރާއްޖެ ދޫކުރައްވައި އަލީ ވަހީދު ވަޑައިގަތީ ކްރިމިނަލް ކޯޓުން އެ ހުއްދަ ދިނުމުންނެވެ. އެ ހުއްދަ އަލީ ވަހީދަށް ދީ، ޕާސްޕޯޓް ދޫކޮށްލީ، އެ ކަމުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑޭ) ޒިންމާވާ ގޮތަށް ޖާމިނުވާ އެއްބަސްވުމެއް ކޯޓަށް ހުށަހަޅައިގެންނެވެ.

ކޯޓުން ފާސްޕޯޓް ދޫކޮށްލުމުން ބޭސް ފަރުވާއަށް ކަމަށް ބުނެ އަލީ ވަހީދު ވަޑައިގެންނެވީ އިނގިރޭސިވިލާތަށެވެ. ބޭސް ފަރުވާގެ ކަންތައްތައް ނުނިމޭތީވެ ލަންޑަނުގައި ހުންނަވައިގެން އަލީ ވަހީދު ވަނީ ޝަރީއަތުގައި ބައިވެރިވެވަޑައިގެންފައެވެ.

އަލީ ވަހީދު އިނގިރޭސިވިލާތުގައި ހުންނަވަނީ ޑެޕިއުޓީ ހައިކޮމިޝަނަރު ނައުޝާދު ވަހީދުގެ ގޭގައި ކަމަށް "ދިޔަރެސް" ނޫހުން ވަނީ ރިޕޯޓްކޮށްފައެވެ. އެމްބަސީގެ ބޭފުޅުންނާ އަލީ ވަހީދު ބައްދަލުކުރައްވާ ކަމަށާއި، އޭނާގެ ދަތުރުކޮށް އުޅުއްވަނީ އެމްބަސީގެ ކާރުގައި ކަމަށްވެސް ވަނީ ރިޕޯޓްކޮށްފައެވެ. އަދި އަލީ ވަހީދުގެ ހަރަދުތައް ބަލަހައްޓަނީވެސް ސަރުކާރުން ކަމަށްވެސް އެ ނޫހުން ރިޕޯޓްކޮށްފައިވެއެވެ.

އެ ވާހަކަތައް ދޮގުކުރައްވައިފި ފަރަހަނާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނޫހުން ރިޕޯޓް ކޮށްފައިވާ ވާހަކައަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އެއީ ޑެޕިއުޓީ ހައިކޮމިޝަނަރާއި އެމްބަސީގެ އަގުވައްޓާލަން ކުރަމުންދާ މަސައްކަތެއްގެ ގޮތުގައި ފަރަހަނާޒް ވަނީ ސިފަކުރައްވާފައެވެ.

ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުން އަލީ ވަހީދު ދިރުއުޅުއްވަމުން ގެންދަނީ ނައުޝާދު ވަހީދުގެ ގެކޮޅު ހުންނަ ކެމްބްރިޖްގައެވެ.

ފަރަހަނާޒް "ވަގުތު" އަށް ވިދާޅުވީ، ނައުޝާދު ދިރިއުޅުއްވަނީ ލަންޑަނުގައި ކަމަށެވެ. އަދި ލަންޑަނުން ބޭރުގައި ސަރުކާރުގެ ހަރަދުގައި އެއްވެސް ތަނެއް ކުއްޔަށް ނަގާފައިނުވާނެ ކަމަށް ވިދާޅުވިއެވެ.

އަލީ ވަހީދު، އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވާ މައްސަލާގައި ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އަލީ ވަހީދު އެގޮތަށް ބައިވެރިވެވަޑައިގަންނަވާތީ އޭނާ ހުރި ތަން ސާފު ނުވާ ކަމަށާއި އެ ހުރި ތަން ސާފުވާ ގޮތަށް ޝަރީއަތް ގެންދަން ބޭނުންވާ ކަމަށެވެ.

އަދި ޕީޖީން ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ހިންގުމަށް ހަދާފައިވާ ގަވާއިދުގައިވާ އެއްވެސް ހާލަތަށް އަލީ ވަހީދުގެ މައްސަލަ ނުފެތޭތީއާ ވެސް އެކު، އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރަން ހުށަހަޅަން ނިންމާފައެވެ.

މިއީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސްކޮށް ޖިނާއީ މައްސަލައެއްގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވި ފުރަތަމަ ފަހަރެވެ. މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ދަންނަ ކަމެއް ނޫނެވެ.

އަލީ ވަހީދު ރާއްޖޭން ބޭރަށް ދިއުމަށް ކްރިމިނަލް ކޯޓުން ހުއްދަ ދިން އިރު ކޯޓަށް ހުށަހެޅި ކަމަށް ބުނާ ސިއްޚީ ލިޔެކިއުންތަކާއި ރާއްޖޭން ބޭރުގައި އޮންލައިންކޮށް ބައިވެރިވުމަށް އެދި ހުށަހެޅި ލިޔެކިއުންތައް ދޭން ޕީޖީ އޮފީހުން އެދުމުން މިހާތަނަށް ވެސް ކޯޓުން އެ ލިޔެކިއުންތައް ހުށަހަޅާފައި ނުވެއެވެ. ޕީޖީން ވަނީ މި ކަމާ ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އަހުމަދު

    ކޮ ބާ ހިސާން ތިޔަ ޤާޒީގެ ނެއްތަ ސުލޫކީ ކަމެއް

    16
  2. ސަރީފް

    ހިމާޔަތް ދިންވާހަކައެއް ނުދައްކައެ، އަލީ ވަހީދުގެ އެއްވެސް ރަސްމީ ހައިސިއްޔަތުއްނެތި އައިސް އެމްބަސީތެރޭގައި އެންބުރޭވާހަކަޔާ ޑެޕިއުޓީ ދާހާތާކަށް އޭނާއާއެކު ކާރުގަ ދާވާހަކަ. އަހަރުމެން އަދި ދެލޯ ސަލާމަތުން އެބަހުރި

    26
    1
  3. ފެފ

    ބަލަ ދިވެހި ހައިކޮމިސަނަކީ އިނގިރޭސި ވިލާތުގެ ގާނޫނުގެ ދަށުން ދިވެހި ބިމޭ! އެތަނަށް ވަނީމާ ހިފެހެއްޓުމުގެ ހައްގު އޮންނާނެ. އަޅެ ތިނޫހުން މިކަން ދިރާސާކޮށް ބަލާބަލަ

  4. ޢަލީ

    ޝާއިރުއަެއް އެންގޭނެ

  5. ޢަލީ

    މިހާރު ހުންނާނީ ހިމާޔަތް ދީފާ މިސަރުކާރަކުން ތެދެއް ނުހަދާނެ

  6. މޯޑް

    ހިމާޔަތެއްވާ ދީފައެއްނެތެއްނު އެންމެފުތަމަ ބޭރަށް ފޮނުވީވެސް ހިމަޔަތާ ރައްކަތެރިކަމާއެކު ސަރުކާރުގެ އެތެރެއިން ސިއްރު ވަންހަނާގައި ޤަވާޢިދާއި ޤާނޫނާއިޚިލާފަށް ކަންތައްކެއް ރާވައި ހިންގާފަ

  7. ފަރޯފާނު

    ނުސްވެރިޔާ އަހާލިނަމަ އަލީވަހީދު މީން ދުވަހަކު ދުޝިންތޯ؟ އެމްބަސީއަށް އައިތޯ؟

  8. ބެއްޔާ

    ކޯޓުގައި ތިޔަމައްސަލަ ބައްލަވާ ފަނޑިޔާރަށް ގާނޫނު ގައި އޮންނަ އެއްޗެއް ނޭގެނީތޯ؟ ގާނޫނު ނުދަންނަ މީހަކަށް ފަނޑިޔާރުކަން ލިބުނީ ކިހިނެއްތޯ؟ ނޫނީ ޕީޖީ އަށް ވަކި ގާނޫނުފޮތެއް، ފަނޑިޔާރުންނަށް ވަކި ގާނޫނުފޮތެއް އޮންނަނީތޯ؟ މީ މަގޭ ހިތަށްއަރާ ފައިބާ ސުވާލުތައް.

  9. Anonymous

    ލުތުފީ ލަންކާ އެމްބަސީގައި ގެންގުޅުނުއިރުވެސް ފުރަތަމަ ހެދީ ހަމަ ތިޔަ ޒާތުގެ ދޮގު. އެކަމަށް އެއްބަސްވީ ފޮޓޯޖެހީމާ. މިފަހަރުވެސްވާނީ ހަމައެހެން. އެމްޑީޕީގެ މީހަކު ތެދެއް ހެދެންއޮންނަ ތާކުވެސް ދޮގެއް ނޫނީ ނުހަދާނެ. ތިޔަ ރަހަނާޒަކީވެސް ދޮގުމައްޗަށް ދޮގުހަދާ އެއްޗެއް.

  10. އަހްމަދު

    ޢަލީވަހީދު ފުރުވާލީސަރުކާރުން ދެންކޮންމެތަނަކުހުއްޓަސް އޭނަގެހުރިހާޚަރަދެއްކުރާނީސަރުކާރުންދޯ އެދެންއެއްވެސްމީހަކަށް އޮޅެންޖެހޭކަމެއްބާ

  11. ހުސޭނުބޭ

    ހާޖަރާގޭ ލުތުފީއަކަށްވެސް ހިމާޔަތެއްނުދޭ! އެކަމަކު ލަންކާގައިހުންނަ އެމްބަސީގައި ވީއައިޕީ ރޫމްގައި ފުރިހަމަ ޢިއްޒަތުގައި އެތައް ޒަމާނެއްވާދޭން އުޅުނު. މިއުޅޭ އުމަރު އަނގަބޮޑުކަމުން އެކަން ފަޅާއެރީ

  12. ލލ

    އަލީ ވަހީދަކީ ޑެޕިއުޓީ އެމްބަސެޑާރ ނުންތޯ ؟ ޢެއީ ދިޕޮލެމޭޓެއް މިހާރު !

  13. ޙަސަނާ

    ކޮބާ އެއްކަލަ ޖުޑިސަރީ މިނިވަންވުމަކި މޑޕ ގެ ބާރުގެ ދަށައް ކޯޓުތައްގެނައުން އެއީ ލެވި ލަޅޭކަކީ ނިކަންބުނެބަލާ ތިޔަކޮމިސަނުގަ އެބަހުރިތަ ކަޑާލީމަ ރީދޫ ލޭ ނާންނާނެ އެކަކުވެސް ރައްޔިތުންނައްވަރައްސާފު މަންޒަރެއް ވެރިކަމައް އެރި ދެފަހަރުވެސް ފެނިގެންމިދަނީ މިފަހަރު ރައްޔިތުން ބޮލައްސަވާރުވެ މަޖިލިސްދަމައިގަނެގެންހިންގާ ޖަރީމާތަކުން ރައްޔިތުން މިއުޅެނީ ބިރުންސިހި ސިހި..

  14. ކޮރަލް

    އިންޓަރ ޕޯލް