ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެޑްމިނިސްޓްރޭޓާ ހަސަން ސައީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޤާނޫނު ހިންގުމަށް ހުރަސް އެޅުމުގެ މައްސަލައިގައި އޭނާއާ ދެކޮޅަށް ދައުލަތުން 9 ހެއްކެއް ހުށަހަޅައިފި އެވެ.

ހަސަން ސައީދުގެ މައްޗަށް ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާކޮށްފައި ވަނީ އޭނާ ހޯދަން ފުލުހުން އިއުލާން ކުރިކަން އެނގި ހުރެ ފިލައިގެން އުޅެފައިވާތީ ކަމަށް ބުނެއެވެ.

މިއަދު ބޭއްވި މި މައްސަލައިގެ ފުރަތަމަ ޝަރީއަތުގައި ހަސަން ސައީދުގެ ދިފާއުގައި ވަނީ 3 ހެއްކެއް ހުށަހަޅާފައެވެ. އެއީ 2 ޝަފަވީ ހެއްކާއި އެއް ކިތާބީ ހެއްކެވެ.

ދެން އޮންނަ ޝަރީއަތުގެ އަޑުއެހުމެއްގައި ދައުލަތުގެ ފަރާތުން ހުށައަޅާފައިވާ ޝަފަވީ ހެކިތަކުގެ ހެކިބަސް ނެގުން ކުރިއަށް ގެންދިޔުމަށް ނިންމާ އާދިއްތަ ދުވަހަށް ވަނީ ޝަރީއަތް ތާވަލްކޮށްފައި އެވެ.

މިއަދުގެ ޝަރީއަތް ވަނީ، މައްސަލަ ބައްލަވާ ގާޒީ ޢަލީ އާދަމް ވަރަށް ކުރު ގޮތަކަށް ނިންމަވާލައްވާފާއެވެ.