ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ނިރުބަވެރި ހަމަލާގައި، އެމަނިކުފާނުގެ ފަޔަށް ލިބިވަޑައިގެންނެވި ޒަހަމް ފިޔަވައި ހަށިކޮޅުގެ އެހެން ތަންތަނަށް ލިބުނު ޒަހަމްތައް ރަނގަޅުވެއްޖެކަމަށް އާއިލާއިން ބުނެފިއެވެ.

ނަޝީދުގެ ބޭބޭފުޅު ޑރ.މުހައްމަދު ނާޝިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދުގެ ފަޔަށް ލިބުނު ޒަހަމް ފިޔަވައި އެހެން ޒަހަމްތައް މިހާރު ރަނގަޅުވެފައިވާ ކަމަށެވެ. މިއަދު ހަދަން ހަމަޖެއްސި އެންޑޮސްކޮޕީ ވެސް ޑޮކްޓަރު ކެންސަލް ކުރައްވާފައިވާ ކަމަށް ނާޝިދު ވިދާޅުވިއެވެ.

ނަޝީދަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލައިގެން ހަމަލާއެއް ދިނީ މެއި މަހުގެ 06 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެހަމަލާގައި އެމަނިކުފާނު ވަރަށް ބޮޑަށް ޒަހަމްވެވަޑައިގެންނެވިއެވެ. އޭޑީކޭގައި ފަރުވާ ހޯއްދެވުމަށް ފަހު ނަޝީދު ވަނީ މެއި މަހުގެ 13 ވަނަ ދުވަހު ޖަރުމަންވިލާތައް ވަޑައިގެންފައެވެ. އަދިވެސް އެމަނިކުފާނު ހުންނެވީ ޖަރުމަންވިލާތުގައެވެ.

ނަޝީދަށް ދިން ހަމަލާ އާއި ގުޅުން ހުރި ހަތަރު މީހަކު ފުލުހުންގެ ބަންދުގައި ތިބިކަން ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް ނަޝީދަށް ދިން ހަމަލާ ރޭވުމުގައި އުޅުނު މީހުން ހައްޔަރު ނުކުރާކަމަށް ބުނެ ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

ފުލުހުން ވިދާޅުވެފައި ވަނީ ނަޝީދަށް ހަމަލާ ދިން މީހުންނަކީ ދީނީ ހަރުކަށި ފިކުރުތައް ގެންގުޅޭ މީހުން ކަމަށެވެ. ނަޝީދަށް ދިން ހަމަލާއަށް ފަހު މާލެ އާއި އައްޑޫ ސިޓީން ވެސް ވަނީ ހަރުކަށި ފިކުރުގެ ބައެއް މީހުން ހައްޔަރުކޮށްފައެވެ.

ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ވެސް އިންކްއަރީއެއް ކުރިއަށް އެބަގެންދެއެވެ. ކުރިއަށް އޮތް ހަފްތާތެރޭގައި އިންކްއަރީގެ ރިޕޯޓް ނެރުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އެލެކުސް މައިކާލޯ

    ހޫކެއަރސް އޭބުނުމުން މިހާރު ޖަލަށްލާތަ؟

    13
  2. Anonymous

    ވަރަށް ދެރަ.

    7
    2
  3. ކޮރު ޖިއްނި

    ރަގަޅުވިޔަސް ތިތާހުރޭ މިތަނަކަށް އައްނާނެ ކަމެއްނެތް

    16
    1
  4. ކޮވިޑް

    އަޅެފަހެ ތިކަމާ ޝައުގުވެރިވާ ދިވެހިން މަދު. ކުރިން އަޑު އިވެނީ ޑްރާމާ ކުއީން ކިޔާއަޑު މިހާރު ނަޝީދަކީ މިރާއްޖޭގެ ފޭކް ޑްރާމާ ކިންގ ދެއްތޯ؟ ގިނަ ދިވެހިން މިހާރު ބޭނުންވަނީ ނަޝީދު އަލުން މި ޤައުމަށް ނައުން،

    19
    1
  5. ޅަތީފާ

    ފައި ރަނގަޅެއްނޫން އެ ކަ ކު ޖަރުމަނައްދިޔަފަހުން ދެފައި އެއްތާ ކުނުޖަހާ ދުވެނަގަނީ ޑްރާމާ ބޮޑުވަޒީރު

  6. Anonymous

    ކަލޭމެން ގޭތެރޭ ތީނަގެވާހަކަ ދައްކާ ރައްޔަތުންނަކައް މުހިއްމެއްނޫން