އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށްގެން ގެންގުޅުމަށްފަހު މަރާލާފައި މޫދަށް އެއްލާލާފައި އޮތް މައްސަލާގައި ސަރުކާރުގެ އިދާރާތަކުގެ އިހުމާލު ބޮޑު ކަމަށް ބުނެ އެ މައްސަލާގައި ޒިންމާވާން ޖެހޭ އިދާރާތަކުގެ މުވައްޒަފުން މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކުރުމަށް ކުރީގެ ހާރިޖީ ވަޒީރު ދުންޔާ މައުމޫން ގޮވާލައްވައިފިއެވެ.

ރައީސް މައުމޫންގެ ދަރިކަލުން މީސްމީޑިޔާގައި އާންމުކޮށްފައިވާ ވީޑިޔޯއެއްގައި ވަނީ އެ ކުއްޖަކު އަނިޔާވެރިގޮތަކަށް މާރާލެވިގެން ދިޔައީ އެކަމުގައި އެކި ފަރާތްތަކުގެ އިހުމާލު އޮވެގެންކަމަށް ތުހުމަތުކޮށް އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ދުންޔާ ވިދާޅުވީ ކުށުގެ ވެއްޓަށް އެކުއްޖާ ހުށަހެޅިފައިވާ ކަން ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް އެނގިފައިވާ ކަމަށެވެ. އަދި އެ ކުއްޖާއަކީ އިޖުތިމާއީ ރައްކާތެރިކަމުގެ ޚިދުމަތް ނަގަމުން އައި ކުއްޖަކަށް ވީއިރު އެކަމަށް އިދާރާތަކުން ދޭން ޖެހޭ ސަމާލުކަން ދީފައި ނުވާ ކަމަށް ވިދާޅުވިއެވެ.

ދުންޔާ ދެކެވަޑައިގަންނަވާ ގޮތުގައި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް އިން އެކުއްޖާއަށް ލިބެންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދީފައެއް ނުވެއެވެ. އަދި މި މައްސަލާގައި ޖިނާއީ ތަހުގީގެއް ހިންގާ، އެ ކުއްޖާގެ ޒިންމާތަށް ނެގުމުގައި އިހްމާޅުވި ފަރާތްތަކަށް ވަޒީފާއިން އެކަހެރިކޮށް، ލިބެންޖެހޭ އަދަބު ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޗައިލްޑް ޕްރޮޓެކްޝަން އެޖެންސީން އެކުއްޖާއަށް ލިބެންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ލިބިފައި ނުވާކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ. އަދި މި ފެންނަނީ އެތައް ބައެއްގެ އިހުމާލާއި އަޅާލުން ކުޑަކަން. މިކަމާ ގުޅިގެން އަޅުގަނޑު ގޮވާލަނީ ވަރަށް އަވަހަށް ޖިނާއީ ތަހުގީގެއް ހިންގަން. އަދި ކުށްކުރި މީހުންނަށް ހަރުކަށި އަދަބު ދިނުން. އަދި އިހުމާލު ހިމެނޭ ކަމުގައިވިއްޔާ އެމީހުންވެސް އެކިއެކި ވަޒީފާތަކުން އެއްފަރާކޮށް އަދި ލިބެންޖެހޭ އަދަބު ލިބުން." ދުންޔާ ވިދާޅުވިއެވެ.

ދުންޔާ ވަނީ އެކުއްޖާގެ މަރުގެ މައްސަލަ ވީހާވެސް މިނިވަން އިންސާފުވެރިކަމާއެކު ކުރިޔަށް ގެންގޮސް އެ މައްސަލާގައި ޝާމިލުވާ މުޖުރިމުންނަށް ވީހާވެސް ހަރުކަށި އަދަބު ދިނުމަށް ގޮވާލައްވާފައެވެ. އަދި ސަރުކާރުގެ ކަމާއި ގުޅުން ހުރި އިދާރާތަކާއި މުއައްސަސާތަކުގައި، ހުރި ގޮންޖެހުންތައް ދެނެގަނެ އެކަން ރަނގަޅުކުރުމަށް އިލްތިމާސްކުރައްވައިފައެވެ.

މި ކުއްޖާ ގެއްލުނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެ ކުއްޖާ ނުފެނިގެން ފުލުހުންނަށް ރިޕޯޓްކުރީ އާދިއްތަ ދުވަހުއެވެ. އެއާއެކު ފުލުހުން ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި އެ ކުއްޖާ ވަނީ ރަހީނު ކޮށްފައެވެ. ފުލުހުން ކުރި މަސައްކަތުން އެ ކުއްޖާ ފެނުނުއިރު އޮތީ މަރުވެފައެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ 17 އަހަރުގެ ފިރިހެން ކުއްޖަކާއި 27 އަހަރުގެ ފިރިހެނެކެވެ. ދެ މީހުންނަކީ ވެސް ދިވެހިންނެވެ. މި ދެމީހުން ފެނިފައި ވަނީ ހެންވޭރު ދުނބުރިމަގުގައި ހުންނަ އެކްސްޓްރާ ހެވަން ކިޔާ ގެސްޓް ހައުސްއަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސޯލިހު

    ވަރަށް ރަގަޅުގަޅު ވާހަކައެއް

    12
    3
  2. Anonymous

    ދުންޔާ ބޭނުން ފުޅުވަނީތޯ ކުޑަ ގޮޅިޔައްދާން ، މިސަރުކާރާ ބެހެން ހަދައިގެން އެއީ ދާން އޮތްތަނަކީ ނޫނީ ބޮޑު އެއްޗަކުން ޖޫރިމަނާ.

    6
    1
  3. ސެންޗޯ

    އެ އިހުމާލު ތިކަމަނާގެ ބައްޕާ ފުޅުގެ ބޮލުގައިވެސް އެޅޭނެތަ ތިއަނގަ ތެޅުން ތިބޭފުޅުން މާ ތާހިރެއްނޫން

    8
    2
  4. އައްޑޫ ޝަކުވާ ބޯޓު

    ދަރިކަލުން ؟؟؟
    ދަރިކަބަލެއް އެއި
    ފޫހިމީހެއް

    4
    3
  5. Happy 123

    ބޯ ހަމަޖެހޭ ވާހަކަ ދައްކަބަލަ😡

    1
    1
  6. ފަލަކް

    ބުރުގާއެއް ތުރުކުރައްވާފައިން ފޮޓޯފުޅެއްމީޑިއަރތަކަށް ދެއްވުން ކީއްތޯ،
    ޚަބަރު ކިޔާލަން ވ. ބޭނުންވޭ،
    އެކަމަކު ފޮޓޯފުޅު ފެނީމަ ލަދުގަންނަގޮތްވަނީ،