މާރާމާރީއެއް ހިނގި ސަރަހައްދެއްގައި ފުލުހުން ހަރަކާތްތެރިވަނީ– ވަގުތު ފައިލް ފޮޓޯ : އަބްދުﷲ އަބީދް

މާލޭގައި ވަޅިން ހަމަލާދީ ދެ މީހަކު ޒަހަމްކޮށްލައިފިއެވެ.

ފުލުހުން ވިދާޅުވީ މިއަދު ހަވީރު 17:50 ހާއިރު އެމްއެޗްއޭ މާޓު ކައިރީގައި ހިނގި މާރާމާރީ އެއްގައި ދެ މީހަކަށް އަނިޔާވި އައިޖީއެމްއެޗް އަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި އިތުރު މައުލޫމާތެއް މިވަގުތު ލިބިފައި ނެތްކަމަށް ފުލުހުން ވިދާޅުވިއެވެ.

އައިޖީއެމްއެޗްގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ހަވީރު 18:00 ހާއިރު އުމުރުން 20 އަހަރާއި 21 އަހަރުގެ ދެ ޒުވާނުން އެ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ.

އެތަނުން 20 އަހަރުގެ ޒުވާނާގެ ހާލު ސީރިޔަސް ކަމަށާއި އޭނާގެ ބަނޑުގެ އަރިމައްޗަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި އެމަޖެންސީގައި އޭނާގެ އޮޕަރޭޝަން ކުރަމުންދާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

21 އަހަރުގެ ޒުވާނާގެ ހާލަތާ ގުޅޭގޮތުން ޑޮކްޓަރުން މާބޮޑު މައުލޫމާތެއް ދެއްވާފައި ނުވާ ކަމަށް އައިޖީއެމްއެޗްގެ މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ. ނަމަވެސް އޭނާގެ އަތަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މަންޒަރު ދުށް މީހަކު ބުނީ އެމީހުންނަށް ހަމަލާދިނީ ސައިކަލެއްގައި ދިޔަ ހަތަރު މީހުންގެ ގްރޫޕަކުން ކަމަށެވެ.

 

24 ކޮމެންޓް

 1. ވަޅި ޖެހުން ނުހުއްޓާތި ކައެމެން

 2. މީ ދެން ދިވެހިންނަށް މާ ބޮޑު ކަމެއް ނޫނެއްނު. ކޮބާތަ އަޝްފާގެ ބުރުގާ ގެ އަޕްޑޭޓެއް ނެތްތަ؟

 3. އެއީވަޅިގާޑުންގެރަސްމީމުއާމަލާތެއް

 4. މާތް ﷲ އެ ދެމީހުންނަށް އަވަސް ޝިފާއެއް ދެއްވާށި

 5. ކުޅުދުއްފުށީ މުއްލާ

  ދުވަހަކުވެސް ނުދެކެން މިފަދަ އަނިޔާވެރި ދުވަސްތަކެއް މިގައުމުގަ... ސަރުކާރަކަށް ނުކެރޭނެ އެމީހުން ހިފާ ހައްޔަރު ކުރާކަށް ސަރުކާރު ވަނީ އެމީހުންގެ ދަށުވެ ކުޑަކަކޫ ޖެހިފަ... ގަޓުސަރުކާރޯ ކޮންގަޓެއް ހުރީ އެއްވެސް ގަޓެއް ނެތް... ޢިސްލާމީ ގައުމެއް މިނޫނީޔާ ނޯންނާނެ ބޭއިނސާފުގާ ހައްދުފަހަނަ އަޅާފައިވާ...
  ޥެރިން ނެތީމަ ހެޔޮލަފާ ދުނިޔެ ފަސާދަ ވެއްޖެޔޭ ވެރިންމިހާރު އުންމަތާ ހިލާފުއަންމުކޮށް ވެޔޭ... ޚުރީގެ މާތްވިއާދަޔާ އުސޫލުތައް ނެތިއްޖެޔޭ ކުރީގެ ތިން ގަރުނުވިމާތް ދުނިޔެ ސިއްސުވާލިޔޭ ވެރިން ފިސާރި ހަރްދަނާ މިއުންމަތައް އުފަންވިޔޭ

 6. ވަޅިޖާހިތްވާ ހުރިހާކުދިން ފަޅުރަށަކަށް އަޅާލާފަ ވަޅިޖަހަން ފުރުސަތުދިނީމަ ނިމުނީ.. ޖަހާބަޔަކު ޖަހާނެ.. މަރުވާބަޔަކު މަރުވާނެ.. ހަމަ ގައިމިވެސް އެތަނަށް ދާނީ މަރުވިޔަސް އޯކޭމީހުން.. އެހިސާބުން މި މުސީބާތުން ސަލާމަތްވީ..

  • ތިހެން މުއްލާތައްވެސް ވަކި ރަށަކަށް އަޅާލާފަ އަތަށް ކަނޑިތައް ދީ. ކަރުބުރިކުރާނެ ވަރަކަށް ކޮށްފާނެއެއްނު

 7. ޑިމޮކްރަޓިސްޓް

  ރޯމާދުވާލު.. މީހުން ކޮށާލަނީ.. އެންމެންގެ ލޯކުރިމަތީ.. ސައިކަލުގަ އައިސް.. މިއޮށްޓްރެފިކް ހައިގަޑީގަ.. އަތެއްނުވޭ.. ކިހިނެއްފިލަނީ.. ހޯދޭނެކަމުގެ އެއްވެސް ޔަގީންކަމެއްނެތް.. ޒުވާނުން.. މިމީހުންގެ ބަލަދުވެރިން ކޮބާ.. ކާކުގެ ޒިންމާއެއް.. ހަމައެކަނި ޕޮލިހުން؟..

 8. ޢަޅެ ކީކޭ ދެން ކިޔާނީ.....މިކަހަލަ ކަންތައް ހިނގުމަށް މެދުވެރިވަނީ ހުންނަ ނުބައި ނުލަފާ ކަމުން.މިކަން ކަން ހުއްޓުވޭނީ އާއިލާ ތަކުން ވެސް އެއްބާރުލުން ދިނީމަ.މިކަން ކަން ސަރުކާރައް ހަވާލު ނުކުރޭ....

 9. މޮޅެތި އިޖުރާތު ހަދައިގެން މީގެން މީހަކު ހިފާ ހައްޔަރެއް ކުރެވެނީއަކީ ނޫން ނުވިތާކައް ކުރިއައް އޮތް އިންތިހާބައް ވޯޓު ހޯދުން ވެގެން ބައިވަރު ކުއްތައްކޮއްފަ ތިބޭ ކުއްވެރިންތައް މާފު ދީދީފަ މާލެ ތެރެއައް ދޫކުރަނީ... ސާބަސް ޓީމް ސަރުކާރައް

 10. ދުވަސް ކޮޅެއް

  އަނެއްކާ ވެސް ވެއްޖެ ދެއްތޯ މިކަހަލަ ކަމެއް ނުހިނގާ، ކޮބާ އަޒްލީން އަވަހަށް ވިދާޅުވޭ މިހާރު މަރުގެ ހުކުމް ތަންފީޒް ކުރަން ހުރިހާ ކަމެއް ފައިނަލް ސްޓޭޖަސް ގައޭ، އަނެއްކާ ވެސް ދުވަސް ކޮޅެއްވާނީ، ކޮންމެވެސް މީހަކު ކޮފީ ބޯން އިންދާ ޝާޕް އެއްޗަކުން ހަމަލާ ދީފިކަމަށް ޓީވީ ތަކުން ގޮވާނެ، އަނެއްކާ އެއްކަލަ ހޯމް މިނިސްޓަރ ވިދާޅުވާނެ މިހާރު ލީތަލް އިންޖެކްޝްންގެ ރެސިޕީ އެމެރިކާއިން ނައިސްގެންނޭ މިއުޅެނީ، މީ މިދިވެހި ރާއްޖޭގަ މީލާދީ އަހަރެއް ނިމޭ ގޮތަކީ

 11. އަޝްފާ ބުރުގާ

  އަދިވެސް އަޝްފާ ބުރުގާ އަތުޖެހޭވަރެއް ނުވޭތަ؟

 12. ހަމަ އެއްވަނަ އިނގޭ ކުޑަހެންވޭރު!

 13. ޔާނިން ކަލޯ އަދިވެސް މިކަން ހައްލުކުރާކަށް ނުވިސްނަމް ދޯދޯ......

 14. ވަޅި ސިޓީ ޓުދަ މެކްސް.

 15. އަދިވެސް ކުއްވެރިން ދޫކުރަންވީ މާފް ދީފަ

 16. ދެންވީ ރައްޔިތުމީހާ މިމީހުނާ ކުރިމަތިލާން...އެކަމު ހިއުމެން ރައިޓުސްއަށްވެސް ވިސްނައިގެން މިކަން ކުރަންވާނީ...

 17. ތިވަނީ ހަމަވާންވި ގޮތައް... ހިފާ ހައްޔަރު
  ނުކުރެވޭތީ ހަމަ ވާގޮތް ތިހިރަ ފެންނަނީ...

 18. ޜައީތުން ބޭނުންވަނީ އެއާރޕޯޓް ތަރަށްގީ ތިކަމަކާނުވިސްނަން

 19. ތިވަނީ ހަމަވާންވި ގޮތައް... ހިފާ ހައްޔަރު ނުކުރެވޭތީ ހަމަ ވާގޮތް..

 20. ސާބަހޭ ކުދިންނޭ. މަރެއްނުވޭތަ އެވަރުންވެސް؟؟!

 21. ދެން މިހާރު ތީ ބޮޑުވަރު!