ފަޅާލި ފިހާރަ

މާލޭގެ ފިހާރައެއް ފަޅާލި ޒުވާނަކު ވަރަށް ބޮޑަށް ޒަހަމްވެއްޖެއެވެ.

ADS BY OOREDOO

އޭނާ ޒަހަމްވީ ޖަމާލުއްދީން ސްކޫލް ކައިރީގައި ހުންނަ "ވިއު މާޓް" ފިހާރަ ފަޅާލަން އުޅެނިކޮށެވެ.

އޭނާ އަށް މިހާރު ދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ.

އޭނާ ޒަހަމްވީ ފިހާރައިގެ ބިއްލޫރި ދޮރު ފަތުގައި އަތުން ޖަހާ ބިއްލޫރިގަނޑު ތަޅާލުމުންނެވެ.

ފަޅާލި ފިހާރަ ކައިރީގައި ހުރި ލެ

މަންޒަރުދުއް މީހަކު "ވަގުތަށް" މައުލޫމާތު ދެމުން ބުނީ އޭނާ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލީ ފިހާރަ ބަންދުކުރި ފަހުން ފިހާރަ ހުޅުވައި ދިނުމަށް އެދުމުން ބަންދު ގަޑީގައި ފިހާރަ ނުހުޅުވޭނެ ކަމަށް ސޭޓް ބުނުމުންނެވެ.

ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލި ޒުވާނާގެ އަތުން ތިން ތަނެއް ވަރަށް ފުންކޮށް ޒަހަމްވެފައިވާ ކަމަށް މަންޒަރުދުއް މީހަކު ބުންޏެވެ.

ފިހާރަ ކައިރީގައި ވަރަށް ގިނަ އަދަދަކަށް ލޭ ހުރި މަންޒަރު "ވަގުތު" ގެ ނޫސްވެރިންނަށް ވެސް ވަނީ ފެނިފައެވެ.

އޭނާ ހުރީ މަސްތުވެގެން ކަމަށް މަންޒަރުދުއް މީހުން ބުނެއެވެ.

10 ކޮމެންޓް

 1. ހަލްކް ހޯގަންތަ ނޫނީ ސުޕަރމޭން ތަ

 2. ރުޒާނާ ޗޮއްޕަޓު

  ހަމަ ރަނގަޅު. ހަމްދަރުދީއެއް ނުވާނަން. މަށަކީ ރީނދޫ ލާދީނީއެއް ނޫން ތިކަހަލަ މީހުންނަށް ހަމްދަރުދީ ވާކަށް.

 3. މިހާރު ހުންނާނީ ބަންދު ގަޑީގަ ފިހާރަ ހުޅުވިފަ.؟ ތިކުރީ އެވޯޑް ލިބޭވަރުގެ ކަމެއް. ހަމައެވޯޑު ހައްގު....!

 4. ޔާމީނު ގޯސްވާނީ

 5. ވަރަށް ސަޅި އަދިވެސް ވާނެ ގަދަވާން.

 6. ކަރުމާ

 7. ތި މީހަކާ ހެދި މަގޭ ނިދި ހަރާބް

 8. މިހާރުހުންނާނީ ރަނގަޅަށް ފިހާރަ ފެޅިފަ

 9. ފިހާރަ ފަޅަން ވެގެން އެނަ ފެޅުނީ