ރޭ ހައްޔަރުކުރި މީހުން ފުލުހުންގެ ބެލުމުގެ ދަށުގައި – ވަގުތު އިމޭޖްސް

މިއަދު ހަވީރު މާލޭގައި ހިންގި މާރާމާރީ އާއި ގުޅިގެން އެކަން ކުރި މީހުން ހޯދަން ފުލުހުން ފާސްކުރި ގެއިން ގިނަ ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މިއަދު ހަވީރު ހިންގި މާރާމާރީ އާއި ގުޅިގެން އެކަމުގައި ޝާމިލްވި މީހުން ހޯދުމަށް ފުލުހުން ވަދެފައި ވަނީ މ.ސީނީ އަސުރުމާގެ އަށް ކަމަށެވެ.

އެގެއިން ހައްޔަރުކޮށްފައި ވަނީ ކިތައް މީހުން ކަމެއް ފުލުހުން ކަށަވަރު ކޮށެއް ނުދެއްވައެވެ. ނަމަވެސް ބަޔަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ކަށަވަރު ކޮށްދެއްވިއެވެ.

އެސަރަހައްދުގައި ހުރި "ވަގުތު" ގެ ނޫސްވެރިޔާ ބުނީ ގިނަ ބަޔަކު ހައްޔަރުކޮށްގެން ގެންދިޔަ މަންޒަރު ފެނުނު ކަމަށެވެ.

މިރޭ ހައްޔަރުކުރި މީހުން ފުލުހުންގެ ބެލުމުގެ ދަށުގައި – ވަގުތު އިމޭޖްސް

މިއަދު ހަވީރު 17:50 ހާއިރު އެމްއެޗްއޭ މާޓު ކައިރީގައި ހިނގި މާރާމާރީ އެއްގައި އަނިޔާވި ދެމީހުންނަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ.

އައިޖީއެމްއެޗްގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ހަވީރު 18:00 ހާއިރު އުމުރުން 20 އަހަރާއި 21 އަހަރުގެ ދެ ޒުވާނުން އެ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ.

އެތަނުން 20 އަހަރުގެ ޒުވާނާގެ ހާލު ސީރިޔަސް ކަމަށާއި އޭނާގެ ބަނޑުގެ އަރިމައްޗަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި އެމަޖެންސީގައި އޭނާގެ އޮޕަރޭޝަން ކުރަމުންދާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

21 އަހަރުގެ ޒުވާނާގެ ހާލަތާ ގުޅޭގޮތުން ޑޮކްޓަރުން މާބޮޑު މައުލޫމާތެއް ދެއްވާފައި ނުވާ ކަމަށް އައިޖީއެމްއެޗްގެ މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ. ނަމަވެސް އޭނާގެ އަތަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މަންޒަރު ދުށް މީހަކު ބުނީ އެމީހުންނަށް ހަމަލާދިނީ ސައިކަލެއްގައި ދިޔަ ހަތަރު މީހުންގެ ގްރޫޕަކުން ކަމަށެވެ.

ADS BY ASTERS

8 ކޮމެންޓް

 1. މުޙައްމަދު ޙަސަން

  ޕޮލިހުން ތިބިގޮތުންވެސް އެނގޭ ތީ ދެބޯގެރިއެއްކަން. ހަގޯގަތަކީ ޕީޕީ އެމްގެ ބޮޑުންގެ ގޭންގުތައް ޕޮލިހުންނަށް ކޮންޓްރޯލް ނުކުރެވޭކަން.

 2. މީ އިސްލާމީ ގައުމެކޭ. މިތާކު ވަޅިޖެހުމެއް ނޯންނާނެ. ތިއީ ޔަހޫދީން އަޑީގައި ތިބެގެން އަންނި ލައްވާ ހިންގުވާ ކަންތަކެއް ނޫންތަ؟

 3. ރުޒާނާ ޗޮއްޕަޓު

  ތީ ތިކަން ކުރި މީހުނެއް ނޫން. ތިކަން ކުރި މީހުން އެނގޭ! ތީ ނުލާހިކު މައުސޫމް ބައެއް. ކުށެއް ނެތް ބަޔަކު ތި ހައްޔަރު ކުރީ. -ރީނދޫ ގުންޑާ-

 4. ކޮންމެހެން ނުޖެހޭ ހެކިބަސް ދޭކަށް.
  މިއީ 2017 އޭ.
  މިހާރު ތަހުގީގު ހިންގަންވާނީ ފޮރެންސިކް އެވިޑެންސް ބޭސްޑް އިންވެސްޓިގޭޝަންއެއް.
  އައްޑިހައިގެ އަހަރުތަކުގައި ފުލުހުންގެ ތަހުގީގަށް، މޭޒު މަތީގައި އޮންނަ ބަރު ހެކިދިނީ.

  • ގަރުނު 21 އަކަސް، ހެއްކާބެހޭ ގާނޫނުން ފޮރެންސިކް އެވިދެންސަށް އެއްވެސް ބުރަދަނެއް ނުދޭ، އެ ބަލަނީ ބައި ގަރީނާ ކަމަށް.

 5. ސާބިތުނުވަންޔާ ދޫކުރާނެ ދޯ ކާކުބާއެއްފަހަރުވެސް ޕޮލިހަށްގޮސްސަށް ސާބިތުހެކިބަހެއްދިނީ ނުވަތަ ދޭންކެރުނީ................................

 6. މާދަމާ އެއްމެން ދޫކޮށްލާނެ ކަންވެސް ޔަޤީން.