މިދިޔަ މަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒު ކުރައްވައި ދިން ހަމަލާގެ ނުރައްކާ ކުޑަ ނޫން ކަމަށް ވިދާޅުވެ، އެމަނިކުފާނުގެ އިތުރު ފޮޓޯއެއް، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އާންމު ކުރައްވައިފިއެވެ.

ނަޝީދަށް ނިރުބަވެރި ހަމަލާއެއް ދީފައި ވަނީ، އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ކަމަށް ގ. ކެނެރީގެއިން ނުކުމެވަޑައިގެން މަޖީދީމަގުގައި އޮތް ކާރަށް އަރާވަޑައިގަންނަވަނިކޮށެވެ. އެ ހަމަލާގައި ނަޝީދަށް ސީރިއަސް އަނިޔާތަކެއް ލިބިވަޑައިގެން ހަފްތާއެއް ވަންދެން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯއްދެވިއެވެ. އަދި 16 ގަޑިއިރުގެ އޮޕަރޭޝަނެއްކޮށް، އެމަނިިކުފާނުގެ ފުރާނަ ސަލާމަތް ކުރިއެވެ.

އެ ހަމަލާއަށް ފަހު، ނަޝީދު މިވަގުތު ފަރުވާ ހޯއްދަވަމުން ގެންދަވަނީ ޖަރުމަނު ވިލާތުގައެވެ.

ހަސަން ލަތީފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަނިޔާވެރިންގެ ރޭވުން ނާކާމިޔާބުވުާއި ނަޝީދުގެ ހިތްވަރުފުޅާއި އަޒުމް ބަލިނުވުމާއި ޒަހަމްތަކަށް ލަކުނަށްވުމީ ހަމަލާގެ ނުރައްކާތެރިކަން ކުޑަކަމުގައި ދެކެވޭނެ ސަބަބެއް ނޫން ކަަށެވެ.

ނަޝީދު ދިވެހިންގެ އުންމީދުތައް ނަގައި ނުލައްވާނެ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

"މި މަސައްކަތައިގެން ވަޑައިގަންނަވާނީ ކުރިއަށް،" ނަޝީދުގެ ފޮޓޯ ހިއްސާ ކުރައްވައި ހަސަން ލަތީފް ވިދާޅުވިއެވެ.

ނަޝީދަށް ދިން ހަމަލާ އާއި ގުޅުން ހުރި ފަސް މީހަކު ފުލުހުންގެ ބަންދުގައި ތިބިކަން ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް ނަޝީދަށް ދިން ހަމަލާ ރޭވުމުގައި އުޅުނު މީހުން ހައްޔަރު ނުކުރާކަމަށް ބުނެ ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

ފުލުހުން ވިދާޅުވެފައި ވަނީ ނަޝީދަށް ހަމަލާ ދިން މީހުންނަކީ ދީނީ ހަރުކަށި ފިކުރުތައް ގެންގުޅޭ މީހުން ކަމަށެވެ. ނަޝީދަށް ދިން ހަމަލާއަށް ފަހު މާލެ އާއި އައްޑޫ ސިޓީން ވެސް ވަނީ ހަރުކަށި ފިކުރުގެ ބައެއް މީހުން ހައްޔަރުކޮށްފައެވެ.

ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ވެސް އިންކްއަރީއެއް ކުރިއަށް އެބަގެންދެއެވެ. ކުރިއަށް އޮތް ހަފްތާތެރޭގައި އިންކްއަރީގެ ރިޕޯޓް ނެރުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ސައިނޯ

    ގަހަކުން ވެއްޓުނަސް ހަމަ ތިހެން ހުންނާނީ މަސާން ގޮސްފަ

    25
    2
  2. މަ

    ފޭކު

    20
    3
  3. ކައި

    މޮޑެލް ކުރަންވީނު

    21
    3
    • ހުދުކާޅު

      ސަމާލުކަން ކުޑަވާހެން ހީވީމާ ޑިކްޓޭޓަރު މީހާ ފޮޓޯއެއް ނެރެލީ ދޯ.

      1
      1
  4. ދުންފިނި

    އެވިހަ ދުލާއި އެނުބައި ހިތެއް ރަގަޅެއް ނުވާނެ ދިވެހީންނަކަށް އެއީ ހަމަ އެކަނި ފަރަންޖި ދޮންމީހުންނަށް ހެޔޮވާނެ އެއްޗެއް..

    މީ ހަޤީގަތަކީ ހަޖަމުނުކުރެވިދާނެ.. އެކަމަކު މީ އެންމެ ކާރިން އެންމެ ގިނަދުވަސް އެކުގައި އުޅުނު މީހެއްގެ ބަސް..! ވަރަށް ސަލާމް

    31
    1
  5. ޢަލީ

    ޑޮކްޓަރ ހަސަން ބޭ
    ޝައިޚް ހަސަންބޭ
    އަލްއުސްތާޛު ހަސަންބޭ
    މީ އަޅެ ދެބަންދި ހާރު އަރާފަހުރި މީހެއްތަ ހަހަހަހަ
    ލަދުން ބޯހަލާކު ވާ މީހެއް! މާ އެނގޭ މީހެކޯ!
    ގާނޫނާއި ދީން މި އޮންނަނީ ލާދީނީ ހުޅަނގުގެ ބައްޓަމަށް!
    މޮޑަން ހަސަން ގެ ފަހު ދައުރު މީ . 2023 މީނާ އައުޓް ވަން ޖެހޭ މަޖިލީހުން. ދާއިރާ މީހާ

    25
    2
  6. ޙަސަނާ

    މިކަހަލަ އެއްވެސް ފޮޓޯ އެއްގަ މޫނުނުދައްކަނީ 18 އަހަރު އަދިނުވާތީ ތޯ އެވެ. މިޒަމާނުގަ ފޮޓޯ ހެދުމަކީ ވަރައްފަސޭހަކަމެކެވެ.2013 ފެށިގެން ރޓީވީން ފޭކުކިތައްފޮޓޯ ކިތައްވީޑިއޯ ހެދިފަ އެބަހުރިޓޯ ކިތަެްދޮގުވާހަކަ ކިހާނަފުރަތެއް އުފެއްދިފާ ވާނެތޯ މިހާރު ތިކަމާ މަކަންބޮޑުވެގެންމީހުންނޫޅެ ނޫންތޯ ހިޔެއްނުވެ. ޑެންމާހިގާނެހެންނެއްވެސްތިކަން ރަގަޅުވާނީ ޑުރާމާތައްހުއްޓާލީމާ.

    26
  7. ަިަައިބޫ

    އެޓެންށަން ބޭނުން ވީ ދޯ

  8. ޭކޮއިމާ

    ރނ ބައްލަވާ މަނިކުފާނު ކިހާ އަރާމުގަތޯ ތިހުންނެވީ، ތިގޮތުގައިދެން ރާއްޖެ ނައުމަށް ގިނަދިވެހިން އެދެނީ، މަނިކުފާނުގެ ރައްކަލާއި އަދި ދިވެހިންގެ ލަބަޔަށްއދި، އެއީ މަނިކްފާނުގެ އެދުމާއިގެން ތިއުޅުއްވާގޮތައި އަދި ދަމާހާ ގުއިރޯނުތަކުގައި ގިނަދިވެހިން ޖެހި ދިވެހިންތައް ބިކަވާތީވެ، މަނިކުފާނު ދެން ވިލާތުގައި ޑިމޮކްރޮސީ ފައްކާކޮށްގެން އޭގެ މީރުކަންބޯން އުޅުއްވުން އެއީ މަނިކުފާނަށާއި އަދި ގިނަދިވެހިންގެ ލާބަހުރިގޮތްކަން ދަންނަވަމެވެ.

  9. ޢބްދުއްﷲ

    ނަޝީދަށް އަމާޒުވި ހަމަލާގެ ނުރައްކާ ކުޑަ ނޫން ކަމަށް ވިދާޅުވެ ފޮޓޯއެއް!

    10 ގަޑިއިރު ކުރިން ( ޖޫން 24, 2021 )

    ލައްކަ ގިނަ ނުރަ ވެސް ޖަހައިފިދޯ؟