ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ރާއްޖޭގެ ގިނަ މީޑިއާތަކަކަށް އިންޒާރުދީ ޖޫރިމަނާ ކުރަން ފަށައިފިއެވެ.

މީޑިއާތަކަށް އިންޒާރުދީ ޖޫރިމަނާ ކުރަމުން ދަނީ ޖެންޑަ މިނިސްޓްރީންނެވެ. މިއީ ރާއްޖެ އަށް ޑިމޮކްރަސީ ގެނައި ފަހުން ސަރުކާރު މިނިސްޓްރީއަކުން މީޑިއާތައް ޖޫރިމަނާ ކުރަން ފެށި ފުރަތަަ ފަހަރެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި ޖެންޑަ މިނިސްޓްރީގެ ދަށުން ހިންގާ ފެމިލީ ޕްރޮޓެކްޝަން ސާވިސް އިން މީޑިއާތައް ޖޫރިމަނާ ކުރަނީ އުމުރުން 13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައާ ގުޅިގެން ބައެއް މީޑިއާތަކުން ހަބަރު ފަތުރަމުން އަންނަ ގޮތާ ގުޅިގެންނެވެ.

ޖެންޑަ މިނިސްޓްރީގެ އެ ނިންމުމާ އެއްގޮތަށް ބައެއް މީޑިއާތައް ޖޫރިމަނާކޮށް އެހެން ބައެއް މީޑިއާތަކަށް އިންޒާރުގެ ސިޓީ ވަނީ ފޮނުވައިފައެވެ. އަދި އިތުރު މީޑިއާތަކަށް ސިޓީ ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މީޑިއާތައް ޖޫރިމަނާ ކުރަމުން ދަނީ 2،000ރ. އިން ކަން އެނގިފައިވެއެވެ. އަދި މާފަށް އެދި ލިޔުންތައް އާންމު ކުރަން ވެސް އެ މިނިސްޓްރީން ދަނީ އަންގަމުންނެވެ.

ރާއްޖޭގައި މީޑިއާތަކުގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ގާނޫނީ ބާރު ލިބިފައި އޮންނަނީ މީޑިއާ ކައުންސިލަށާއި ބްރޯޑްކާސްޓިން ކޮމިޝަނަށެވެ. މީޑިއާ ކައުންސިލުން އޮންލައިން މީޑިއާތައް ރެގިއުލޭޓްކޮށް ބަލަހައްޓަމުން އަންނަ އިރު ބްރޯޑްކާސްޓިން ކޮމިޝަންގެ ޒިންމާއަކީ ޓީވީތައް ރެގިއުލޭޓް ކުރުމެވެ.

ޖެންޑަ މިނިސްޓްރީން ފިޔަވަޅު އަޅަމުން ގެންދަނީ އެއްވެސް މީޑިއާއަކާ ސުވާލު ވެސް ކުރުމެއް ނެތިއެވެ.

ކިޔުންތެރިންގެ ހިޔާލު

41 ކޮމެންޓް

 1. ހަނި

  މިސަރުކާރަކީ ޖުރިމަނަ ކުރުމުގާ ހަދުފަހަނާ އަލާފާ ސަރުކާރެތް

  182
  3
  • ޒައިކް

   މީޑިއާ ވީމާ ކުށެއް ކުރިޔަސް އަދަބެއް ލިބިގެން ނުވޭތަ؟؟ ޤާނޫނަށްވުރެއް މަތީގަ ތިބޭ ބަޔަކީތަ؟؟ ދުނިޔޭގެ ހުރިހާތާކުވެސް ޤާނޫނާ ޤަވާެިދާ ޚިލާފުވީމަ އަދަބު ލިބޭނެ.. ދެރައީ ޕީޕީވެރިކަމުގަ ރާއްޖޭގެ ވަކި މީޑިއާއަކަށް ހައްދުން ނައްޓާވަރަށް އަދަބުދީ މިލިޔަނުންކުރި ޖޫރިމަނާތައް މަތިން ހަނދާން ނެތުނީމަ

   9
   15
   • ކަނީރު

    އަޅެ ތިހެންވީރު މީޑިޔާއިން ކުރި ކުށަކީ ކޮބައިކަން ކިޔާދީބަލަ.

 2. ކެހިވެރި އެޖެންޑާ

  ޖޫރިމައިނާ ސަރުކާރު ދެން ވަގުން އަށްޖަހާ

  135
  3
  • ޒައިކް

   ހަމަ ހިނިގެޅެނީ..ޕީޕީ ޑީފެކުސަނު ޑީ ގުރޭޑުންގެ ވިސްނުން ފެނިފަ.. ޖޫރިމަނާއޭ ކިޔާފަ އަނގަހުޅުވަން ލަދެއް ނުގަނޭތަ؟؟ ކޮބާ ތިޔަ ޕީޕީވެރިކަމުގަ ވަކި މީޑިއާތަކެއް ބަލާފަ މިލިޔަނުން ކުރި ޖޫރިމަނާތައް؟؟

   4
   17
 3. ރަދީފް

  ނޫސްވެރިން އެންމެ އިންޗިއެއް ވެސް ފަހަތަށް ނުޖެހޭތި.ބޭނުން އެއްޗެއް ލިޔާނީ.ސަރުކާރު ޖެހޭނީ މަހަށް ދާން.#މާއްދާ27

  152
  10
  • ޑީނޯ

   ޢާދަނާ ކަލޭ މަހައްދޭބަލަ. ދޮގުވާހަކަވިއްކައިގެން ލާޜިހޯދާ ފައިސާ ހަލާލުވާނެތޯ.

   8
   46
 4. 😡😡

  ޖެހޭ ޖޫރިމަނާ ކުރަން
  ނުޖެހެ ލިޔާކައް ކަލޭ މެން އާއިލާ ބަޔަކު މަރުވީމަ ތިހެން އުޅޭނެބާ ޖަހަޖަޙާ ފަ

  16
  54
  • ހިޔަނި

   ތިޔައީ މައްސަލަ ފޮރުވާ އޮއްބާލަން ދައްކާ ބަހަނާ.

   • Anonymous

    ރަނގަޅުވާހަކައެއް. މައްސަލަ އެނގޭ އެންމެނައަވެސް، ކަލޭމެންނަށް އިހުތިރާމު ކުރަން ނޭނގެނީ

 5. ފަރުދާ

  ޖޫރިމަނާ އަކީ، ދައުލަތް ހިންގުމުގައި މުހިންމު އެއްޗެއް! ޖޫރިމަނާ ދައްކާލަދެއްވާ!

  50
  6
 6. Anonymous

  ރައްޔިތުންނާއި މުޚާތަބު ކޮށްފައި ދެއްކި ފޮނިވާހަކަތައް ކޮބާތޯ. ވާހަކަފުޅުތަކުގައި ނޫސްވެރިންނަށް ޙައްޤަުތަކާއި މިނިވަންކަމުން ފުރި އުތުރި އަރާ. އެހެން މީހެއްގެ ޝުޢޫރުބާ މިވިދާޅުވަނީ. ނޫނީ އެހެން މީހަކު ލިޔެފައި ތައްޔާރު ކޮށްދެނީބާ.

  49
 7. ދަރަނި ދަންތުރަ

  ތިއޮތީ އެމް ޑީ ޕީ ގެ ދުރޫސުލް އަހުލާގުން ދުލާ ގަލަމުގެ މިނިވަންކަންހޯދައިދީފައި ، ޑިމޮކުރަސީގެ ދޮންބައްޕަ ކެނެރީގެ ސޮރަށް ވަރަށް ސަލާމް ، ރީނދޫ ގުރޫޕު ބާރަށް އަތްޖަހާ...

  51
 8. އަމީ

  ދެން އަތް ޖަހަ ދެން އަތް ޖަހަ ދެން އަތް ޖަހާހާހާހަހާހާހާ

  43
 9. ބީތާ

  ކަލޭމެން ގެނައި ރައްވެހި ފަތިހެއްނު މި..

  58
 10. Anonymous

  މިސަރުކާރު ހިންގަން ލާރި ބޭނުން އެހެންވީމަ ކޮންމެވެސް ގޮތަކުން ލާރި ހޯދާނުން އެންމެ ފަސޭހައިން ބޮޑު އެއްޗެއް ލިބެނީ ޖޫރިމަނާއެއް ކޮއްލައިގެން.

  47
 11. ޢަހުމަދު1

  ވައްކަން ކޮއްކޮއް ސަ ރުކާރަކު ލާ ރި އެއް ނެތް. ޖު ރުމާނާއިން ކި ރިޔާވެސް ލާ ރިކޮޅެއް ލިބެން އޮތީ ހަމައެކަނި އެގޮތައް. ލާ ރި ލިބުނީމައި އަނެއްކާވެސް ވަގުންގެ ޖީބަށް.

  41
  1
 12. ޟނބ

  ކޮން ގާނޫނަކުން ބާރު ލިބިގެން ކުރި ކަަމެއް!

  38
 13. މިތުރާ

  🤣🤣🤣 މޑޕ މީހުން ދަސްކޮށްދިނީ ،ވެއްޓުނީމަ ތެދުވިފާ އަނގަހުޅުވަން ފާޑުކިޔަން، ،މިމީހުންނާ ޖެހުނީމަ މިހާ ރު މިކަންތައް ބަންކު ރަން އުޅެނީ ހަޖަމު ނުވީތަ، މިމީހުން ރައްޔިތުންގެ ތެ ރެއިން މޮޔަމީހުން ގޮވައިގެން އެމީހުން އަތަށް ބޯޑުދީގެން މުޅި ރާއްޖޭގެ މަގުމަތީގަ މިމީހުން ރުޅިއަންނަ މީހުން ދަންޖައްސަން ގޮވިހަދާން އެބަހު ރި 🙄

  39
  1
 14. ނ

  ސިދާތާ ވާ ރަނގަޅުތާ ....އައިޝާ ދީދި އަކީ ކުރިންވެސް ފައިލް ވެ ފައި ހުރި މިނިސްޓަރެއް

  34
 15. ޓ

  ތުއްބީގޭ އިބްރާހިމް ދީދީ...ތުއްބީގޭ އައިޝާ ...ހަމަ އެއްވަރުގެ ކޮހުން

  30
  3
 16. ގލ

  ސަ ުރކާ ރުން ހިންގާ ޖަ ރީމާތައް ހައްދުފަހަނަ އަޅައިދާން
  ދޫކު ރުމަކީ ވަ ރަށްބޮޑު ގޯހެކެވެ ނޫސްވެ ރިންގެ ދައު ރު
  ފު ރިހަމައަށް އަދާކު ރަން ފުރ ރުސަތު ދިނުމަށް ސަ ރުކާ ރަށް
  ގޮވާލަމެވެ.

  33
 17. Anonymous

  ތި ހުރިހާކަމެއްނުކޮއް ދައިތަ އިސްތިއުފަ ދީ

  33
 18. ކެޔޮޅު

  ޖޫރިމަނާ ދައުލަތް ދައުލަތުލް ޖޫރިމަނާ.

  25
 19. ކޮރަލް

  ސޯސަލް މީޑިޔާ ކޮންޓްރޯލް އެއް ނުކުރެވޭނެ އެވެ.

  27
  1
 20. ފިޒީ

  ތި މިނިސްޓްރީ ހަވާލުކޮށްފަ ހުރީ ތާކުންތާކު ޖެހޭ މީހަކާއިއެއްނޫން، ފޯންކުރީމަ ފޯނުވެސް ނަގާތަނެއްނޫން 1412 އަށް ގުޅީމަވެސް ފޯނު ނަގާތަނެއް ނޫން. ތި މިނިސްޓަރަކީ ވާނުވާ ނޭގޭ މީހެއް. ތީ މިސަރުކާރުން ގޭގަ ބަހައްޓާ މުސާރަ ދޭންޖެހޭ މީހެއް.

  23
  1
 21. ކިކި

  ކޮވިޑޭ ކިޔާފަ ވޯކް ފްރޮމް ހޯމޭ ކިޔާފަ އޮފީސް ގަނޑުވެސް ތަޅުއަޅުވާފަ ނުވިތާކަށް ގުޅީމަ ފޯނުގަނޑުވެސް ނުނެގޭ، އެކަމަކު ޖޫރީމާނާ ކުރަން ވަރު އެބަހުއްޓެއްނޫން، ތި ދައިތަގެ ލަދު ހަޔާތްކޮބާ،

  22
  1
 22. އަބްދޫ

  ފައިސާގެ އެއްވެސް ކަމެއް ހިންގޭނީ މަޖިލީހުގެ ތަޅުމުގަ ފާސް ކު
  ރެވިގެން ގަވާއިދަކުން ނުކު ޜެ
  ވޭނެ

  17
  1
 23. ޒީރޯ ޓޮލަރަންސް

  އާސާދީ އަވަހަށް އިސްތިއުފާދީ. ކަމަނާއަކަށް ވަޒީރުކަމެއް ނުކުރެވޭނެ. އެމްޑީޕީ ހަރާބުކުރަން ނޫޅޭ. މިސަރުކާރު ވަނީ ބޮޑުތަނުން ފެއިލްވެފަ.

  21
 24. ދިގު

  ޖެންޑާގެ ކުރީމިނިސްޓަރަށްވުރެ ވެސް މީނާގެކަންކަން މާފަލދޯ ޖޫރިމަނާ ......

  4
  1
 25. ކުރިންވެސް ޖޫރިމަނާ ކުރި

  ރ. ޔާމީންގެ ސަރުކާރުން ވެސް މީޑިއާ ތައް ބޮޑެތި ޢަދަދު ތަކުން ޖޫރިމަނާ ކުރިއެވެ. ވަކިން ޚާއްޞަކޮށް ރާއްޖެ ޓީވީ އަށް އަމާޒު ކުރިއެވެ. މިސަރުކާރުންވާ ވަކި ޚާއްޞަ މީޑިޔާއަކަށް ނުވަލާތާ އެވެ! އެންމެނަށް ވެސް ހަމަހަމަ އެވެ. އުޞޫލުތަކާއި ޚިލާފު ވަންޏާ މޫނަކަށް ކަނދުރާއަކަށް ބަލާނެކަމެއް ނެތެވެ.

  • އިބޫ ހޯލިސް

   ރ ޔާމީންގެ ސަރުކާރުގައި ރ.ޓީވީ މިލިއަނުން ޖޫރިމަނާކުރީ އުސޫލުގެ ތެރެއިން. ޖަވާބުދާރީވާނެ ފުރުޞަތުވެސް ދިން. އެޕީލް ކުރާނެ ފުރުޞަތުވެސް ދިން. އެކަމަކު، ފޮނިދައްކަންވެގެން، ފަންޑުފޮށި ބަހައްޓައިގެން އެލާރި ދެއްކީ އެޕީލްވެސް ނުކޮށް، ޖަވާބުދާރީ ވާން ލިބުނު ފުރުޞަތުގެ ބޭނުންވެސް ނުކޮށް

   • ހ

    އެކަމުވެސް ކުރިތާ ؟

 26. ކަމަނަ

  މިނިސްޓްރރީ އޮފް ޖޫރިމަނާ

 27. ނަން

  ހަހަހަހާ ޚިޔާލުފާޅުކުރުމުގެ އެންމެ މަތީ ލެވެލް

 28. މަރީ

  ޖޫރިމާނާ ސަރުކާރު. ޖޫރިމާނާކުރާންވީމާ ގަވާއިދެއް ގާނޫނެއް ނޯންނާނެ. ގިނައިން ޖޫރިމާނާކުރުމަކީ މި ސަރުކާރުން ދައުލަތުގެ މުއައްސަސާތަކާއި މުއައްޒަފުން އެޕްރެއިޒްކުރާ މިންގަނޑަކީ. އައިސާދީ އަދި ވެސް ބޮޑުކުރޭ އަދަދުތައް. އޭރުން އާސާދީގެ އަގު މިސަރުކާރުގައި އަރާނީ. އަދި އިސްލާމްދީނަށް ފާޑެއް ވެސް ކިޔައިލާތި، އޭރުން އެންމެ ކުރިއަށް އާސާދީގެ ނަން އަރާނީ.

 29. އައިކިޒް (ސައުތު)

  އައިސާ ދީދީ ޖެންޑާ މިނިސްޓަރުކަމުން ވަކިނުކުރަންޔާ ދެން ރައީސް އިބުރާހިމް ސޯލިހަށް އަންނަ ދައުރުގަ ދޭނެ ވޯޓެއް ނެތް. ލަހެއް ފަހެއް ނުކޮށް މިނާގާބިލު ވަޒީރު އިސްތިއުފާ.

 30. ފިޒީ

  ދައިތާ މި ކޮމެންޓްސްތައް ކިޔާފަ ކަލޭ ލަދުން ހަލާކުނުވޭތަ. ލަދު ހަޔާތުގެ ކަންފުޅެއްވެސް ކަލޭ ކިބައިގަ ހުރިއްޔާ އަވަހަށް އިސްތިއުފާދީފަ ހޮރަށް ވަދެއޮވޭ. ކަލެއާއި ވުޒާރާއެއް ހަވާލުކުރީމަ ތިއުޅެނީ ވުޒާރާ ނުހިންގިގެން ނުވިތާކަށް މި އައިސާދީ ބަލަނީ މީޑިޔާތައް ޖުރިމާނާ ކުރަން.

  5
  1
 31. ޑރ. ރާމީ ހަސަން މަނިކު ވައިނުޖެހޭގެއާގެ

  (1) މިއީ އިބޫ ގެ ކްލާސްޓީޗަރު. އިބޫ ގެ ކްލާސްޓީޗަރު، ޢާއިޝަތު މުޙައްމަދުދީދީ އަށް މިނިސްޓަރުކަން-ދީ، އަހަރުމެންގެ ޖީބަށް އަތްބާނައިގެން އަހަރުމެންގެ ޖީބުން ބޮޑު ފައިސާ ގަނޑެއް މުސާރައިގެ ގޮތުގައި ދޭންޖެހެނީ ކޮންގޮތަކުން؟ (2) އިބޫ ގެ ކްލާސްޓީޗަރަށް މަހަކު އެއްފަހަރު ބޮޑު ސިންގާހަ މުސާރަ އެއްދޭން އިބޫ ބޭނުންވާ ނަމަ އެ ފައިސާ ދޭންޖެހޭނީ އިބޫ ގެ ޖީބުން. (3) ޢާއިޝަތު މުޙައްމަދުދީދީ އަކީ މައުމޫނު ގެ ދައުރު ގައި، މައުމޫނު ގެ މިނިސްޓަރެއް. އެކަން އިބޫ އަށް ހަމަ ކަނޑައެޅިގެން އިނގިހުރެ ކީއްކުރަން މީނާ އަށް ދޭންވީ ؟ ޢާއިޝަތު މުޙައްމަދުދީދީ އަކީ އޭރުވެސް ކަމެއް ނުވި މީހެއްކަން އިބޫ އަށް ރަނގަޅަށް އިނގިހުރެ ކީއްކުރަން އިބޫ މީނާ އަށް މި މަޤާމު ދޭންވީ؟ (4) އިބޫ ގެ ޖީބުން މުސާރަ ދޭންޖެހޭ ނަމަ ނުދޭނެ. ނިކަމެތިން ބަނޑަށް ތިބެގެން ދައްކާލާރިން މުސާރަ ދެނީ. (5) ކީއްކުރަން، "ގެރިއަކުން ގަދަކަމުން ކިރުފެލާހެން ފެލައިގެން" އަހަރުމެންގެ ޖީބުން ކޮންމެ މަހަކު ޢާއިޝަތު މުޙައްމަދުދީދީ ކަހަލަ ކަމެއް ނުކުރެވޭ މީހަކަށް ބޮޑު މުސާރަ ދޭންވީ ؟ އިބޫ ގެ ކްލާސްޓީޗަރު ވީމާ މަހަކު އެއްފަހަރު ލާރިގަނޑެއް އިބޫ ދޭން ބޭނުންނަމަ ދޭނީ އިބޫ ގެ ޖީބުން. އަހަރުމެންގެ ޖީބުން ދޭނެ ކަމެއް ނެތް.

 32. Anonymous

  އައިސާދީދިީ ވަ ރައް ހުދުމުހުތާރު ރު ވާނެ ބައްޕަ އަކީ 40 އަހަރު އަތޮޅު ވެރިކަންކޮއްފަހުރި މީހެއް

 33. ލލ

  ނޫސް މީޑިޔާ ތަކާއި މެދުގައި އިދާރީ ފިޔަވަޅު އަޅާނީ ކޮން އިދާރާ އަކުންބާ ؟