ރާއްޖޭގެ ސްކޫލެއްގައި ކިޔަވައިދެމުންދިޔަ ޓީޗަރުންތަކެއް ބަދުއަހުލާޤީ ޢަމަލު ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ލީކުވެ އެފަރާތްތަކާއި މެދު ފިޔަވަޅު އަޅައިފިއެވެ.
މި މައްސަލައިގައި ފިޔަވަޅު އަޅާފައިވަނީ ހދ އަތޮޅު ތައުލީމީ މަރުކަޒުގައި މަސައްކަތް ކުރާ ދެ ޓީޗަރަކަށެވެ. އޭގެތެރޭގައި ހިމެނެނީ އަރަބި މާއްދާ ކިޔަވައިދެމުންދިޔަ މިސްރަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ފިރިހެން ޓީޗަރަކާއި، އެ ސްކޫލުގައި ވަޒީފާ އަދާކުރާ ޒުވާން ދިވެހި އަންހެން ޓީޗަރެއް ކަމަށް މަޢުލޫމާތު ލިބެއެވެ.
މި ދެ ޓީޗަރުން ބަދުއަހުލާޤީ ޢަމަލު ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު މީސްމީޑީއާގައި ދައުރުވަމުންދާއިރު، ބަޔަކު ސިއްރުން ކޮށްފައިވާ މި ވީޑިއޯއަކީ ފިރިހެން ޓީޗަރު ދިރިއުޅެމުންދިޔަ ގޭގެ ތެރެއިން ނަގާފައިވާ ވީޑިއޯއެއް ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެފަރާތް ބުނެފައިވަނީ، ވީޑިއޯ އިން އެ ދެމީހުން ގައިގޯޅިވެ އުޅޭ މަންޒަރު ފެންނަ ކަމަށާއި، އަދި އަންހެން މީހާގެ ޖީބަށް ފިރިހެން މީހާ ފައިސާތަކެއް ލާ މަންޒަރުވެސް ވީޑިއޯއިން ފެންނަ ކަމަށެވެ.
މި ހާދިސާގައި ފިޔަވަޅު އެޅި އަންހެން ޓީޗަރަކީ، ކައިވެނިކޮށްގެން އުޅޭ މީހެކެވެ. އޭނާ ނިސްބަތްވަނީ ކޮން ރަށަކަށް ކަމެއް އަދި އެނގިފައެއް ނުވެއެވެ. މި ވީޑިއޯގެ މައްސަލަ ފެންމަތިވުމާއި ގުޅިގެން، ދެ ޓީޗަރުންނާއި މެދުވެސް ފިޔަވަޅު އަޅާފައިވާއިރު، ފިރިިހެން ޓީޗަރު މިހާރު ރަށުން ފުރުވާލާފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
މި މައްސަލައިގައި ފުރުވާލި ފިރިހެން ޓީޗަރަކީ، ނިމިދިޔަ ރޯދަމަހު ކުޅުދުއްފުށީ ހުކުރު މިސްކިތުގައި އިމާމުވެ ތަރާވީޙް ނަމާދާއި ދަމު ނަމާދުވެސް ކޮށްފައިވާ މީހެއް ކަމަށެވެ.
ޢަހުލާާގުު ގޯސްވުމަކީ ވަރައް ބޮޑު މައްސަލައެ އަދި އަންމުދުން އެންމެ ގެ ނަމޫނާ އަކަށް ވާންޖެހޭ ޓީޗަރުން ގެފަރާތުން އެފަދަ ކަމެއް ބަލައި ނުގަނެވޭނެ ޓީޗަރުންނަކީ ޅަޖީލުު ގެ ގައިގަ ރިވެތި ސިފަ ހަރުލައްވަން ޖހޭ އެންމެ އިސްފަރާތް ބެލެނިވެރިން ވަރައް އިތުބާރު ކޮށްްފަަ 8 ގަޑިއިރުވާދެން ޓީޗަރުން ނާއި ދަރިން ނުވަތަ ކުދިން ހަވާލުކުރަނީ
އެޅީކޮންް ފިޔަވަޅެއް ބާ
ގުނަވަންމަތީ ފިޔަވަޅު އެޅީ
ސުކޫލް ވަށާ ހިންގެވީ..
މުދިންކަލޭގެ އަވަދި...
ހަހަހަހަ
މިހާރު ހުންނާނެ މިސްރު ކަދުރު ކެވިފަ. އަންހެންވެރިންނަވެސް ހުރި ބޮޑު ލަދެއް
އިސްލާމް އެންމެ ފުރިހަމަ ގޮތުގައި
ލޮލް.
ކައިވެނިކޮށްގެން އުޅޭ އަންހެނެއް ..... ސަޅި
ދެންބުނޭ ފިރިމީހާ ގާތުން އުފާނުލިބޭތިއްޔޭ...
ރުފިޔާ ދިނީމާ ވަރަށް ފަސޭހައިން ރާއްޖޭގައި މިކަން ވާކަމަށް ވަރަށް ގިނަ ބިދޭސީންވެސް ބުނާ އަޑުއެހިން. މަރުހަބާ ދެމީހުންނަށްވެސް.....
އާނ ފައިސާ ދިނީމާ އެއީ ހިލޭ ހޯދާ އަންހެނުން ނޫނޭ
ކީސްޓޭޖެއް ނޫން. ފައުންޑޭޝަން ސްޓޭޖް
ޓީޗަރުން ތަކެއް ނޫން. 2 ޓީޗަރުން
1 އަށް ވުރެއް ގިނަވީމަ ދިވެހި ބަހުގެ ޤަވާއިދު ބުނާގޮތުން 'ތައް' ކިޔޭނެ.. އަރަބީގަ އެހެން ކިޔޭނި 2 އަށްވުރެއް ގިނަވީމަ.. އޮޅުވާނުލާ
8 ގަޑިއިރު ކުދިން ސްކޫލްގައި ހޭދަ ކުރޭތޯ.......35މ ގެ 7 ޕީރިއަޑު މިއޮންންނީ....
އެ ކަހަލަ މީހުން އެކަހަލަ ކަންތައް ގިނައިން ކުރާނީ ހިތުން ވ ސޯލިހުވާނެ މީ އަސްލު ވ ދެރަ މައްސަލައެއް ސަބަބަކީ ސުކޫލު ޓީޗަރުން ތަކަކަށް ވީމަ.
ޓީޗަރުން ތަކެއް ނޫންނަމަ އޯކޭ؟؟؟؟ ބޯހަލާކެއްނު!!!
ދަމުނަމާދާއި ތަރާވީސް ނަމާދު ކުރިއަށް ރަނގަޅެއް ނުވާނެ އެއްނުން ފަރުޟު ނަމާދު ނުކުރާ ތީ ވީ ގޮތް.....
ކުޅުދުއްފުށީ ޓީޗަރުން ތެރޭގައި އެބަތިބި ވަރަށް ކަމުނުދާ މީހުން. އެރަށު އެހެން ސުކޫލެއްގެ ދެ ޓީޗަރަކުވެސް މީގެ އަހަރެއް ވަރު ކުރިން ގޭތެރެއިން ނެރުނު. އެޅި ފިޔަވަޅެއްނެތް.
މި ފަދަ މީހުން ގެނައުމީ ދީނަށް ވެސް ހުތުރު އަރާ މީސްތަކުންގެ ހިތްތަކުން ދީނަށް ލޯބިކުޑަވެގެންދާބެކަމެކެވެ.
ހެހެހެ... ދެރަވަރު ކަމެެއްނުން! ވީޑިއޯކުރުން އެއީ ރަނގަޅު ކަމެއް ނޫން.. މިކަން ކުރި ބަޔަކަށްވެސް މިފަދަކަމެއް ދިމާވުމަކީ އެކަށީގެންވާކަމެއް!
ތިޔަހެން މީހުން ބޭޒާރުކުރުން އެއީ އެއްމެ ރަނގަޅު ގޮތް ނޫންކަން ވިސްނާލީމަ އެބަ އިގޭ.
އެމީހުނަށް އަޅާ ފިޔަވަޅެއް ނެތްއިރު ބޭޒާރު ކުރުންވެސް ރަނގަޅު ދޯ!
މިގައުމުގައި މިއޮތް ލާދީނީ ސަރުކާރުން ގެންގުޅޭނީވެސް ތިކަހަލަ މީހުންނެއްނު
ސުކޫލް ލައިބްރަރީ ގައި ވެސް ތިކަން ކުރޭ.
ލައިބްްރަރީގަ ވެސް ތިކަމެއް ކުރެޔޯ
ހުޅުމާލެ ހޮސްޕިޓަލްގައި އިން މިސްރު ޑޮކްޓަރެއް އޭނާއަކީ ލޮލުގެ ޑޮކްޓަރެއްކަމަށް ބުނާމީހެއް. އަހަރެން ލޯދައްކަން ދިޔަދުވަހު އެތަށްބައިވަރު ބަލިމީހުން ތިއްބާ ބްރޭކް ގަޑިއޭ ކިޔާފަ ދޮޅުގަޑިއިރު އެސިސްޓެންޓް ދިވެހި މަންޖެއަކާޢެކު ތަޅުލައިގެން. ޢަނެއް ދުވަހުވެސް ދަންނަ މީހެއް ފަރާތުން އެއަޑު އިވުނު. އޭނާ އަކީ އަހުލާގެއް ނެތް މީޙެއް. ސަބަބަކީ އޭނަ އަހަންނާ ދިމާލަށް ބުނީ ކަލޭ ކޮންމެ ގައުމަކަށް ދިޔަޔަސް ކަލޭ ލޯރަނގަޅެއްނުވާނެއޭ. މައްސަލަ ޖެއްސީމަ ވީކަމެއްވެސް ނެތް. އޭނަ ގެނެސްގެން އުޅުނީ ހޮސްޕިޓަލް އަންހެން ކުދިން އުފާކޮށްދޭން.
މަގޭ ދަރިޔާ ދިމާލަށް ތި ޑޮކްޓަރު ތިހެން ބުނެފިއްޔާ މުޅި ހޮސްޕިޓަލު އެލާޓަށް ގެންނާނަން. މީ ވަރަށް ވާހަކަ
لاحول ولاقوة إلا بالله ..
ކާކު ހިތައް އަރާނީ ފަހު ޕެރެގުރާފް ގަ އިންބައި ކިޔާފަ ތިވައްތަރު މީހެކޭވެސް
މިފަދަ ވާހަކަ ތަކަކީ ފާޅުކޮށް ޢާންމު ކުރަންވީ ވާހަކަތަކެއް ނޫން..
ޓީޗަރަކު ކުރީމަތަ މައްސަލަ އަކަށް ވަނީ؟ އަޅެ ހާދަ ގިނަ ދަރިވަރުންގެ މައިންބަފައިންވެސް މިހެން އުޅެއޭ. ބަލަ އެމީހުން އެހެން އުޅުނީމަ މާ ހަޑިއޭ !!!!!
ތި ވީޑިއޯ ދެންތީ ތިހާވަރު އެއްޗެއްތަ. ތި މަންޒަރުތައް ތީ މި މާލޭގެ މަގުމަތީ ޢާންމުކަމެއް