ދިވެހި އަންހެން ކުދިން "ވިއްކަން" ޖަހާ ޓެލެގްރާމް ގްރޫޕެއްގެ މައްސަލަ ބޮޑުވެ، މީސް މީޑިއާގައި ކަންބޮޑުވުން ފާޅު ކުރަން ފަށައިފިއެވެ.

މީގެ ކުރިންވެސް މިފަދަ ޓެލެގްރާމް ގްރޫޕްތަކެއްގެ މައްސަލަ އޮތީ ބޮޑުވެފައެވެ. އެ ގްރޫޕްތަކުގައި ދިވެހި އަންހެން ކުދިންގެ ފޮޓޯތަކާއި، އެހެނިހެން މައުލޫމާތުތައް ހިއްސާ ކުރާ މައްސަލަ ފުލުހުންގެ ސަމާލުކަމަށްވެސް އައެވެ. އަދި މީގެ ކުރިން އެފެދަ ގްރޫޕްތަކެއް ޑައުންވެސް ކުރިއެވެ.

މިފަހަކުން ފެންމަތިވެގެން އުޅެނީ ދިވެހި އަންހެން ކުދިން ވިއްކަން ޖަހާ ގްރޫޕެކެވެ. އެ ގްރޫޕްގައި އަންހެން ކުދިންގެ ފޮޓޯތަކާއި، އެ ކުދިންނާއި ގުޅޭނެ ނަމްބަރު ހިމަނާފައި ހުންނަ ކަމަށް މީސް މީޑިއާގައި އެކަމުގެ ކަންބޮޑުވުން ފާޅުކޮށް މީހަކު ހިއްސާ ކުރި ޕޯސްޓުން ފެނެއެވެ.

އެ ޕޯސްޓުން ފެންނަ ގޮތުގައި އެ ގްރޫޕަށް 3000 އަށް ގިނަ މީހުން ސަބްސްކްރައިބްކޮޮށްފައިވެއެވެ. އަދި އެ ޕޯސްޓްގައި ވަނީ ޖިންސީ ކަންކަަމަށް ހިތްވަރުދޭގޮތަށް ވާހަކަ ދައްކާފައެވެ.

އެ ޕޯސްޓް އާއްމު ކުރުމާއެކު އެތައް ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދައްކާފައެވެ. އަދި އެ ޕޭޖް ފޮހެލުމަށްވެސް އެދެމުން ދެއެވެ.

އެ ޕޭޖްއާ ގުޅޭގޮތުން އިއްޔެ ފުލުހުންނަށް ގުޅާޅުމުން ވިދާޅުވީ، އެފަދަ މައްސަލައެއް ބަލަމުންދޭތޯ ބަލާނެ ކަމަށެވެ.

މީގެ ކުރިން ދިވެހިންގެ ބަރަހަނާ މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯ އާއްމު ކުރަމުން ގެންދިޔަ ގްރޫޕް އޮކްޓޯބަރ މަހު ޓެލެގްރާމް އިން ފޮހެލިއެވެ. ނަމަވެސް އޭގެ ފަހުންވެސް އެފަދަ ޕޭޖެއްގެ މައްސަލަ ބޮޑުވިއެވެ.

ބަރަހަނާ މަންޒަރު ފެތުރުމާއި، އެފަދަ މަންޒަރު އުފެއްދުމަކީ ރާއްޖޭގެ ޤާނޫނު އުޤޫބާތުގެ ދަށުން އަދަބު ކަނޑައެޅިފައިވާ ޖިނާއީ ކުށެކެވެެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ފަސްފަހެތިން ފަޑައި

  ކޮބާ ގްރޫޕް ލިންކް؟

  9
  12
  • ފ

   ޓެލެގްރާމްގަ ކޮންފެޝަންސް އޭ ކިޔާފަ މިހިންގާ ގުރޫޕްތަކުގަ ކުޑަ ކުދިންނާ އަދި ކީއްކުރަން އާއިލާ މެމްބަރުންނާ ގަދަކަމުން ބެހޭ މީހުން އެވާހަކަތަށް ޕޯސްޓް ކޮށްފަ ހުރޭ.... ޕޮލިހުން މިކަން ބަލަން ވެއްޖެ.... އައިލާ މެމްބަރުން އަދި އެހެން މީހުންނާ ގަދަކުމުން ބެހި ރޭޕް ކުރުމަކީ ވަރަށް އަނިޔާވެރި ހުތުރު އަމަލެއް... ފިޔަވަޅު އަޅަން ޖެހޭ....

   2
   1
 2. ހަނާ

  އެ ގުރޫޕުގަ އުޅޭ މީހުންގެ ފިރިންވެސް!

  11
 3. އެއްޗެއް

  މިފަދަ ގުރޫ÷ުތަކުގެ އެޑްމިންސް ތަކުގެ އައިޕީ ހޯދުމަށްފަހުގައި، އެމީހުން ޓުރެކް ކޮށް އެމީހުންނަށް ފިޔަވަޅު އަޅަން ޖެހޭ! ލަދެއްނެތް ބަޔެއް އެއީ!

  15
  1
 4. މަލީ

  ބޮޑުވުމުގެކުރިއްހޯދާ ހޯދާނީ ބޮޑުވީމަކާނޫ 😒

  2
  2
 5. ޤައުމީ ދަރިން

  މިވަރު ވަންދެން މިޤައުމުގައި ހިންގާ ޖަރީމާތަށް ކެނޑިނޭޅި ހިންގަމުން ދާއިރުވެސް ސަރުކާރުން މިކަން ކަން ނުހުއްޓުވާ ތިބެނީ ކީއްވެބާ؟ މިއީ މިހާރު ދިވެހިރާއްޖެއަށް ވެސް ޖެހިފައިއޮތް ވަރަށް ބޮޑު ވަބާއެއް، މި ޤައުމުގައެ ހަބަރުގައި ފާހަގަ ކޮށްފައިވާ އެޕްލިކޭޝަން ބޭނުން ކުރުމުގެ އެކްސެސް އޮތް ނަމަ އެފަދަ އެޕްލިކޭޝަން ތަކުން ދިވެހިން ނާއި ގުޅިގެން ހިންގާ މިފަދަ ގޯސް އަމަލު ތަށް ހުއްޓުވުމަށް ކޮންމެ ވެސް ހުއްދަ އެއް އޮންނަންވާނެ. ދިވެހި ސަރުކާރުން ބޭރުގެ އެކި ޤައުމު ތަކާއިގުޅުން ބާއްވަން ޖެހެނީ މިފަދަ މަޤްސަދު ތައް ހާސިލް ކުރުމަށް، އެހެން ނޫންނަމަ އެއީ ކީއްކުރަން ބާއްވާ ގުޅުމެއް ތޯ، ކީއްކުރާ އެމްބެސަޑަރުން ނެއްތޯ

  2
  1
 6. ދެރަވޭ

  ތީއަދި މީޑިޔާގެ ހާލަތު ހުރިގޮތް...ކޮބާ ރައްޓެހިވެގެން އުޅޭ މީހާއަށް ހިތުން ރުހުމުން އަމިއްލަ ހަށިގަނޑު ހިބައިން ދޭ މީހުން؟؟؟ މިމީހުންގެ ވާހަކަވެސް ދައްކަބަލަ..މިހުންނަނީ އިސްލާމީ މިޤައުމުގެ ހާލަތު؟؟މަކާރިމުލް އަޚްލާޤުގެ ކުޑަ މިންވަރެއްވެސް ނެތީމަ ދޯ މިދަރަޖައަށް ވެއްޓެނީ..

  4
  1
 7. އައިސްުތު

  ތިބާވަތުގެ ކަންކަމަކީ ރާޢްޖޭ ފަދަ 100 % މުސްލިމް ގައުމެއްގައި އެއްގޮތަކަށްވެސް ހިނގައިގެން ވާނޭ ކަންކަމެއްނޫން

  ފުލުހުން ނިކުމެ ތިކަން ހުއްޓުވަން ޖެހޭނެ
  ތިފަދަ ގްރޫޕް ތައް ބްލޮކް ކުރެވެން ޖެހޭނެ

  5
  1
 8. ޤައުމީ ދަރިން

  ޓެލެގްރާމް އިން މި ޤައުމުގައި ހިންގާ ޖަރީމާތައް ވަގުތުން ވަގުތަށް ހުއްޓުވުމަށް ޕޮލިސް އަށް ގޮވާލަން

  1
  1
 9. ކަނަމަނަ

  ބަރަހަނާ މަން ޒަރު ފެތުރުމާއި، އެފަދަ މަން ޒަރު އުފެއްދުމަކީ ރާއްޖޭގެ ޤާނޫނު އުޤޫބާތުގެ ދަށުން އަދަބު ކަނޑަ އެޅިފައިވާ އޮތް ތާކު އޮންނާނެ . ޢެކަ މުން ވާނެ ކަމެއްނޯންނާނެ . ފުލުހުން ބުނާނީ ތިޔަކަން އެނގިފަ ނެތޭ ނޫނީ ބަލަމުންދާ ވާހަކަ ނަތީޖާ އެއް ނުނެރެވޭނެ. ޢަނެއްކާ ހިސާނުގެ ބިލާ ގުޅިގެން ތިޔަފަދަ ސައިޓްތަކުގެ ވާހަކަ ދެއްކުމަކީ ކުށަކަށް ނުވާނެބާއޭ
  ޙިތަށްއަރަނީ

  1
  1