ސިމްބޮލިކްގެ ރެޕް އާޓިސްޓް އިސްމާއީލް އިފްހާމް މުހައްމަދު (ޕެސްޓް) ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި މިދިޔަ ފެބްރުއަރީ މަހު ހައްޔަރުކޮށް ޕެސްޓްގެ މައްޗަށް ފަސް ދައުވާއެއް އުފުލިއެވެ. މި މައްސަލާގައި އޭނާއާއެކު އިތުރު ހަތަރު މީހަކު ވެސް ހައްޔަރު ކުރިއެވެ.

ޕެސްޓަށް ދައުވާ ކުރުމަށް ފަހު މި މައްސަލަގާއި ބޭއްވި ފުރަތަމަ އަޑުއެހުމުގައި އޭނާގެ ބަންދުގެ މުއްދަތުގެ ގޮތުގައި ކްރިމިނަލް ކޯޓުން ދިނީ 10 ދުވަހުގެ މުއްދަތެކެވެ.

އެ މުއްދަތު ނިމުނު ފަހުން މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ ޕެސްޓުގެ މައްޗަށް ކުށް ސާބިތު ކުރުމުގެ ގޮތުން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުން ސީސީޓީވީ ފުޓޭޖަކާއި އެނާލިސިސް ރިޕޯޓެއް ހުށަހަޅައިފައެވެ.

އެ ހެކިތަކަށް ރިއާޔަތް ކުރުމަށް ފަހު މައްސަލަ ބައްލަވާ ގާޒީ ނިންމެވީ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކަނޑައެޅޭ ވަރަށް ދައުލަތުގެ ފަރާތުން ހެކި ހުށަހަޅާފައިވާ ކަމުގައެވެ. އެހެންވެ އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ގާޒީ އަމުރު ކުރެއްވިއެވެ.

މި މައްސަލާގައި ދެން ހައްޔަރު ކުރި މީހުންގެ ތެރެއިން ލ. ގަން ތުނޑި، އަބަދަށްއުފާ، މުހައްމަދު ސުއައިދު ވެސް ޝަރީއަތް ނިމެންދެން ބަންދުކުރަން ވެސް ގާޒީ ނިންމެވިއެވެ. އަހުމަދު ހުސާންގެ ބަންދަށް އިތުރު 30 ދުވަސް ދިނުމަށް ވެސް ނިންމެވިއެވެ.

ޕެސްޓާއި އިތުރު ހަތަރު މީހަކު މިދިޔަ ފެބްރުއަރީގައި ހައްޔަރުކުރީ، މަސްތުވާތަކައްޗާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނަކަށް ފަހުގައެވެ.

މި އޮޕަރޭޝަނުގައި މާލޭގެ ހަތަރު ގެއަކާއި ސައިކަލަކާއި މާލޭގެ އުތުރު ބަނދަރުގައި އޮތް ބޯޓެއް ބަލައިފާސްކޮށް ދެ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ހޯދައިފައެވެ.

ޕެސްޓްގެ މައްޗަށް އުފުލާފައިވާ ދައުވާތައް

  1. ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ
  2. ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ
  3. މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ
  4. ކެނެބިަސް ބޭނުން ކުރުމުގެ ކުށުގެ ދައުވާ
  5. ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުން ކުރުމާއި ސިއްރު ކުރުމުގެ ކުށުގެ ދައުވާ

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ރަދީފް

    ޕެސްޓޯ؟؟ މިދެން ކާކުތަ؟؟ އެއްވެސް ކަހަލަ އަގަލެއް ނެތް މީހެއް.ބަރާބަރު ، ގިނަ ދުވަސްވަންދެން ބަންދުގަ ބާއްވާ.ވަރަށް ރަނގަޅު ނިންމުމެއް.ވ.ވެދުން

    24
    3
  2. ދިދަ ދަނޑި

    ސަޅި...

    18
    2
  3. ބޮޑު ހަސަނު

    އުމުރަށް ޖަލަށްލާ މާ ރަނގަޅުވާނެ. ކޯވަރެއް ބޮވިފަ އޮންނާނީ އޭރުން

    19
    3
  4. ގައްޔޫމް

    މިކަހަލަ ސިކުނޑި ހަމަނުޖެހޭ ގޮތެއް ފޮތެއް ނެތް މީހުން މަގުބޫލުބަޔަކައް ހަދަން އެއްވެސް މީޑިޔާއަކުން ތަރުހީބު ނުދިނުމައް ގޮވާލަން. މި ފަދަ މީހުންނަކީ ޒުވާނުންނައް ހެޔޮ ނަމޫނާއެއް ނޫނެވެ. ޒުވާނުންނައް ހެޔޮ ނަމޫނާއެއް ދެއްކޭނީ ހަރުދަނާގޮތުގައި މަތީތައުލީމް އުނގެނި އަޚްލާގު ރަނގަޅު ތެދުވެރިކަމާއި ހިންމަތުން ވަޒީފާ އަދާކޮއް ދީންވެރި އަދި އާއިލާއަށާއި އަނބިދަރީންނައް ހެޔޮ އަގި ގައުމައް ޚިދުމަތްކުރާ މީހުންނަށެވެ. މެޑަލް ދޭންވީ އެފަދަ ޒުވާނުންނަށެވެ. މަގުމަތީގައި ލާޗާރު ބިޗާރުވެ އަޚްލާގެއް އުޅުމެއްނެތި ތައުލީމު އުނގެނުމާ ދުރައްގޮސް ކުށުގެ ވެށީގައި އުޅޭ މީހުން އެއްވެސް ވަރަކައް ބަލައި ނުގަތުމައް އެންމެހަ މީޑިޔާއަކާއި އަދި އިސްތިހާރު އުފައްދާކުންފުނިތަކާއި މާކެޓިންނައް ޚަރަދުކުރާފަރާތް ތަކައް ގޮވާލަމެވެ.

    22
    2
  5. Anonymous

    އައުގުރާނަ ގޮވައި މަސްތުވާތަކެތި ވިއްކާ ކަލޭގެ

    4
    1
  6. XD

    ސެލްޓެކްސް ޖެހީމަ ހުރިހާ ވައްތަރެއްގެ ޕެސްޓަކުން ސަލާމަތްވާނެ.

    5
    1
  7. މަންމަ

    ކޮން ޕެސްޓެއް، ޕެރެސައިޓެއް ތަ؟ ބޮލުގަ ރިއްސާ ހުވާ މި ބުނީ. މީނަގެ ޚަބަރު ކީއްކުރަންތަ ލިޔަނީ. އަހަރުންނަށް ހެޔޮ މީނަޔަށް ވާނުވާ ބަލާކަށް ބޭނުމެއް ނޫން.

    8
    1
  8. މަލީ

    ރަގަޅު ދެއް ޖަލުގައޮވެގެއް ތިކިޔާ ކޯވަރެއް ރަގަޅައް ދަމާތި😂🤣

    6
    1
  9. ވެއްޓުނަސް (ޝަނޫނޫ)

    ޕެސްޓަށް ކޯރެއް އަދި ކައިރީގައި ދަމާކަނޑަން ގެންގުޅުނު މީހުނަށް ކޯރެއްގެ ކޯވަރެއް ދޯ.. ލޮލް 😅

    4
    1
  10. ބޮސް

    މަ ބުރޯ

    2
    5
  11. ަބަބޫ

    ފަރިވަމުން ތިދުވީ ތިއީ ޑީލަރެއްހެ
    އަޅިތަކެއް ބުރުވަމުންދުވި ޑީލަރެއްހެ.
    އަދި ހިތްބަލިވެގެން ނުވެ ރޯވަރެއް
    ތި އަދި ފެންނަނީ ގާނޫނުގެ ކޯވަރެއް.

    މުޅި ރެޕް ގެ ކުރިމަގު ކަލޯ ތި ބަނަ ކޮށްލީ.