ޖެންޑާ މިނިސްޓްރީން ރާއްޖޭގެ ގިނަ މީޑިއާތަކަކަށް އިންޒާރުދީ ޖޫރިމަނާ ކުރަން ފަށާފައިވާއިރު، މީޑިއާތަކަށް ފިޔަވަޅު އެޅުމާއި ސަރުކާރުން ދެކޮޅުކަން ހާމަކޮށްފިއެވެ.

އުމުރުން 13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައާ ގުޅިގެން ބައެއް މީޑިއާތަކުން ހަބަރު ފަތުރަމުން އަންނަ ގޮތާ ގުޅިގެން އެ މިނިސްޓްރީން ދަަނީ އިންޒާރުދީ ސިޓީ ފޮނުވަމުންނެވެ. އެގޮތުން އެ މިނިސްޓްރީން ވަނީ ވަގުތު، އަދަދު، އަދި ވަން އޮންލައިނަށް އިންޒާރު ދީފައެވެ. އަދި އެ މިނިސްޓްރީން ވަނީ އެ މައްސަލާގައި އަވަސް ނޫސް 2000 ރުފިޔާއިން ޖޫރިމަނާވެސް ކޮށްފައެވެ. އަދި އެ ނޫހުން މައާފަށް އެދެންވެސް އަންގާފައި ވެއެވެ.

މި މައްސަލާގައި މީޑިއާ ކައުންސިލުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެފައެވެ.

މި މައްސަލައާ ގުޅިގެން ވޮއިސް ނޫހުން ވަނީ ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް އާ ސުވާލު ކޮށްފައެވެ. އެ ސުވާލުގައި ބުނެފައި ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ މީޑިއާ ރައްޓެހި، އަދި ފިޔަވަޅު ނާޅާނެ ކަމަށް ވިދާޅުވެފައިވަނިކޮށް މިނިސްޓްރީ ތަކުން މީޑިއާ ޖޫރިމަނާ ކުރާ މައްސަލާގައި ސަރުކާރުގެ ސްޓޭންޑަކީ ކޮބައިތޯއެވެ. އަދި މީޑިއާއާ ބެހޭ މުވައްސަސާތައް ހުރިއިރު، މިކަން އުސޫލުގެ ތެރެއިންނުކޮށް، މިނިސްޓްރީއަކުން މީޑިއާއަކަށް މިފަދަ ފިޔަވަޅު އެޅި އެޅުން ސަރުކާރުން ދެކޭ ގޮތާއި ގުޅޭގޮތުންވެސް ސުވާލުކޮށްފައި ވެއެވެ. އަދި މިއީ ސަރުކާރުގެ ސްޓޭންޑްތޯވެސް ސުވާލުކޮށްފައި ވެއެވެ.

އެ ސުވާލަށް ޖަވާބުދެމުން މަބްރޫކް ވިދާޅުވީ، މި މައްސަލާގައި މީޑީއާތަކުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަކީ ރަނގަޅު ކަންބޮޑުވުންތަކެއް ކަމަށެވެ.

މަބްރޫކް ވަނީ މި މައްސަލާގައި އެ މިނިސްޓްރީ އާއި މީޑިއާ ކައުންސިލާއެކު އިތުރަށް މަޝްވަރާ ކުރާނެކަމަށް ވިދާޅުވެފައެެވެ.

މީޑިއާތަކަށް އިންޒާރު ދީ ފިޔަވަޅު އެޅި، މައްސަލާގައި ދާއިރާގައި މަސައްކަތް ކުރަމުންދާ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

މިއީ ރާއްޖެ އަށް ޑިމޮކްރަސީ ގެނައި ފަހުން ސަރުކާރު މިނިސްޓްރީއަކުން މީޑިއާއެއް ޖޫރިމަނާ ކުރި ފެށި ފުރަތަަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ކިނބޫ

  ހުދުމުހްތާރުކަމުގެ އައްޕަ އިބޫ.

  15
 2. ހާރު

  ބަލަ މީޑިއާތަކާ ދެކޮޅަށް ފިޔަވަޅު އަޅަން ސަރުކާރުގެ މުއައްސަސާތަކުން ނިންމުމަށްފަހު ނޫސްވެރިން އެކަމާ އަނގަތަޅަން ފެށުމުން ބިރުން މަބުރޫކު ސަރުކާރޭކިޔައިގެން ދޮގުހަދަންފަށާނީ

  17
 3. އަހްމަދު

  ބަލަޖެންޑަރމިނިސްޓްރީއެއީ ސަރުކާރެއްނޫންތަ ކީކޭތިޔަކިޔަނީ

  20