ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިތުރު ސިޔާސީ ޕާޓީއެއް ހައްދަވައިގެން ސިޔާސީ މަސައްކަތްޕުޅު ކުރެއްވުމުގެ ވިސްނުންފުޅު ނުގެންގުޅުއްވާ ކަމަށް ޕީޕީއެމްއާއި ޕީއެންސީގެ ކޯލިޝަނުން ބުނެފިއެވެ.

އެ ޕާޓީން މިގޮތަށް ބުނެފައި ވަނީ، ރައީސް ޔާމީންގެ ނަންފުޅު ބޭނުންކޮށްގެންް ސިޔާސީ މަންފާ ހޯދުމަށް ތަފާތު ފަރާތްތަކުން ކުރާ މަސައްކަތްތަކުގައި ބައިވެރިނުވުމަށް އިލްތިމާސްކޮށް ނެރުނު ނޫސް ބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ރައީސް ޔާމީން ސިޔާސީ މަސައްކަތް ކުރައްވާނީ ޕީޕީއެމް، ޕީއެންސީ އާއެ ކަމަށެވެ.

އަދި އެމަނިކުފާނުގެ ސިޔާސީ މަސައްކަތް އެހެން އެއްވެސް ޕާޓީއަކާއިއެކު ނުވަތަ އެހެން ބަޔަކާއެކު ނުކުރައްވާނެ ކަމަށް އެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ވަނީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކޮށްގެން، އިތުރު ސިޔާސީ ޕާޓީއެއް ހެދުމަށް ނުވަތަ ސިޔާސީ މަންފާ ހޯދުމަށް އެއްވެސް ފަރާތަކުން ކުރާ މަސައްކަތުގައި އެ ދެ ޕާޓީއަށް ނިސްބަތްވާ ފަރާތްތަކުން ބައިވެރިނުވުމަށް ނަސޭހަތްތެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަންޑުރާ

    ސޯލިހުގެ ސަރުކާރު ވެއްޓެން ކައިރިވާވަރަކަށް ރައީސް ޔާމީނޭކިޔައިގެން ދަށްކާވާހަކަ ގިނަވާނެ އެއީ އެވެރިން ބިރުންތެޅޭތެޅުން އަބަދުތިބޭނީ ވައިބުރޭޓުވެފަ..

    10
    2
    • ޙައްގުބަސް

      މިނާގާބިލް ސަރުކާރު ހިންގަން ތިބި މީހުން ގޮތް ހުސްވެ ހާސްކަން ވެރިވާ ވަރަކަށް އިސިކޮޅު ޕާޓީއާއި ގުޅޭގޮތުން ދޮގު މައުލޫމާތު ފަތުރާ ޕާޓީގެ އިސް ފަރާތްތަކާ ގުޅުވައިގެން އެިކިއެކި ވާހަކަތައް ދައްކާ ބަައިބައި ކުރެވޭތޯ މަސައްކަތްކުރާނެ! އަދި ޕާޓީގެ ޢާންމު މެމްބަރުންނާއި ހަމަޔަށް މުފަދަ ޕްރޮޕެގެންޑާތައް ގެންދާނެ! ޕާޓީގެ ތިބި ހަރުދަނާ މީހުންނަށް އެކިއެކި ބޮޑެތި ހުށަހެޅުންތަކާ ޕާޓީން އެހެން ދިމާތަކަށް ގެންދެވޭތޯ އުޅޭނެ! މިހުންނަނީ ހަތްތާވެސް ކުރާނެ ކަންކަން!! ބޭނުމަކަށްވާނީ އިދިކޮޅު ނިކަމެތިކޮށް ބައިބައި ކޮށްލުން!! 2023 ކައިރިވާ ވަރަކަށް މިކަންކަން އިތުރުކުރާނެ!! މިކަހަލަ މަޅިފަތި ތަކުގައި ގިނަފަހަރަށް ޖެހެނީ ގައުމީ މަސްލަޙަތައްވުރެން އަމިއްލަ މަސްލަހަތު މަދުން ނަމަވެސް އިސްކުރާ ފަރާތްތަކުން!! އިދިކޮޅުން ވަރަށްބޮޑަށް ވިސްނާ މިފަދަ މަޅިތަކުގައި ޕާޓީގެ އިސް ފަރާތްތަކާ އާންމު މެމްބަރުން ނުޖެހުމަށް ވިސްނާދީ އިލްތިމާސް ކުރަންވާނެ އަބަދުވެސް! ކަންކަން ހިނގާ މަގު އަބަދުވެސް ވިސްނޭ މީހުން ކިޔާދީ އޮޅުން ފިލުވަ ދޭން ވާނެ!!

  2. ރާއްޖެތެރެ

    ރައިސް ޔާމިން އަކީ ޤައުމު ދެކެ ލޯބިވާ މީހެއް. ދެންތިބީ އިންޑިޔާގެ ބިރިޔާނި ކޮތަޅައް ރައްޖެ ވިއްކާލިމީހުން