ޖަމިއްޔަތުލް ސައިފްގެ އިސް އިލްމުވެރިއެއް ފުުލުސް އޮފީހަށް ހާޒިރު ކޮށްފައި ވަނީ ޓްވީޓަކާއި ގުޅިގެން ކަަމަށާއި، މިކަމާ ސުވާލުކޮށް ބަޔާން ނެގުމަކީ ކަނޑައެޅިގެން ބިރުދެއްކުމުގެ އަމަލެއް ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.

ސަލަފް ޖަމިއްޔާގެ ދައުވާ ކޯޑިނޭޓަރު ޝައިޙް ހަމީދު މުޖުތަބާ ފުލުހަށް ހާޒިރު ކޮށްފައި ވަނީ މިއަދު މެންދުރު 2:00 ގައެވެ.

އޭނާ ފުލުހަށް ހާޒިރުކޮށްފައި ވަނީ މިހާރު މަޖިލީހަށް ހުށަހެޅިފައިވާ ގާނޫނުލް އުގޫބާތަށް އިސްލާހު ގެންނަ ބިލު ބޭރުކޮށްލަން ގޮވާލައި ކުރި ޓްވީޓަކާއި ގުޅުވައިގެންނެވެ

ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހަޅުއްވާފައިވާ އެ ބިލަކީ ނަފުރަތުގެ އަމަލުތައް ތަފްސީލްކޮށް ބަޔާން ކުރުމުގެ މަގްސަދުގައި ކަމަށް ވިދާޅުވެ ހުށަހަޅުއްވާފައިވާ ބިލެކެވެ.

އެ ބިލުގައި، އިސްލާމް ދީނާ ޚިލާފަށް މީހަކު އުޅޭ ކަމުގެ ތުހުމަތު ކުރުމަކީ ނަފުރަތުގެ އަމަލެއް ކަމާއި އެއީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަން އޮތުމުން ގިނަ ބަޔަކު އަންނަނީ އެ ކަމަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

"މަޖިލީހުގެ މެމްބަރުންނޭވެ! ތިޔަބޭފުޅުންގެ ކުރިމައްޗަށް ހުށަހެޅޭ ބިލަކީ އިސްލާމްދީނާއި އެދީނުގެ ހަމަތަކަށް ގޮންޖެހުން ކުރިމަތިކުރުވާ ފަދަ ބިލެއް ނަމަ އެފަދަ ބިލަކަށް ވޯޓުދީ ތާއިދު ކުރުމަކީ ތިޔަބޭފުޅުންގެ އިސްލާމްކަން ގެއްލިގެން ހިނގައިދާނެ ކަމެއްކަން ހަނދާން ކުރައްވާށެވެ."އޭނާ ކޮށްފައިވާ ޓްވީޓްގައި ވެއެވެ.

އެ ޖަމިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މިއަދުގެ 2:00 ޖަހާއިރު، ފުލުސްއޮފީހަށް ހާޒިރުކުރިކުރުން، އެ ޖަމިއްޔާއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އިންތިހާއަށް ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.

އަދި ސަބަބަކީ އެ ޓްވީޓަކީ ދީނީ އިލްމުވެރިއެއްގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ދީފައިވާ އާއްމު ނަސޭހަތަކަށްވެފައި، ދީނީ އިލްމުވެރިން ދައްކާ ވާހަކަތަކާމެދު ނުތަނަވަސްކަމެއް އުފެދިއްޖެނަމަ، އެމީހަކާ އެންމެ ފުރަތަމަ ސުވާލުކުރަންޖެހޭ ފަރާތަކީ އިސްލާމިކް މިނިސްޓްރީ ކަމަށްވާތީ ކަމަށެވެ.

"އެމިނިސްޓްރީގެ އެއްވެސް އިޝާރާތެއް ނެތި، ފުލުސްއޮފީހަށް ހާޒިރުކޮށް، މިކަމާ ސުވާލުކޮށް ބަޔާން ނެގުމަކީ ކަނޑައެޅިގެން ބިރުދެއްކުމުގެ އަމަލެއް ކަމަށް". ސަލަފްގެ ބަޔާނުގައި ވެއެވެ.

އެ ޖަމިއްޔާއިން ވަނީ ނަފްރަތުގެ ބިލް ބަލައި ނުގަތުމަށް އެ ޖަމިއްޔާއިން މިކުރަމުންދާ ކެމްޕޭންގައި ބައިވެރިވާ އެންމެހާ ފަރާތްތަކަށް، އެ ޖަމިއްޔާގެ ފަރާތްތަކުން ﷲ ނޫންފަރާތެއްގެ ބިރެއް ނުގަންނާނެކަމާއި، އިސްލާމްދީނަށް ގޮންޖެހުން ކުރިމަތިވެދާނެ ކޮންމެކަމަކާއި ކުރިމަތިލުމުގައި އެކަލާނގެ ވާގިފުޅާއެކު އަޅުގަނޑުމެން ސާބިތުވެތިބޭނެކަމުގެ ޔަގީންކަން ދީފައެވެ.

އަދި ހަމީދު ދީފައި ވަނީ އިލްމީގޮތުން ރަނގަޅު ނަސޭހަތެއްކަމަށާއި، އާއްމުކޮށް އިލްމުވެރިޔަކު ދޭ ހެޔޮ ނަސޭހަތަކީ ރާއްޖޭގައި ކުށްވެރިވެދާފަދަ ބަސްފުޅަކަށް ވާނަމަ، މިހާރު މިއޮތް ނަފުރަތުގެ ބިލު ފާސްވެއްޖެނަމަ، އިސްލާމީދައުވަތަށް ގޮންޖެހުން ކުރިމަތިވެ އިސްލާމްދީންވެސް ރާއްޖެއިން ފުހެވިގެން ހިނގައިދާނެ ކަަމަށް އެ ބަޔާނުގައި ވެއެވެ.

އަދި މިއީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ދަށުން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަންވެސް ނިގުޅައިގަތުންކަމުގެ އަމަލެއް ކަަމަށްވެސް ސަލަފުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ލލ

    ކާފަ ރެކޭ ގޮވައިފިނަމަ ކާފަ ރު ވެފަ ހު ރިތޯ ބަލަން ވެސްޖެހޭ އެގޮތަށް ބަލާފަ ކާފަ ރު ވެފަ ހު ރިއްޔާ ބުނިމީހާ ކުއްވެ ރި ނުވެ ކާފަ ރުވި މީހާ ކުއްވެ ރިވާންޖެހޭ !

    16
    1
  2. އަހުމަދު

    ރައްޔިތުންގެ މަޖިލިސް ދެކެ އަދި ދިވެހި ފުލުހުންދެކެ ބިރުން އިސްލާމް ދީނުގެ ދިފާއުގަ ބަސް ނުބުނެ ހުންނާނެ ކަމަށް ހީކުރުމީ ވަރަށް ބޮޑު ގޯހެއް. މާތްﷲ ފިޔަވާ ބިރުގަންނަ އެހެން ފަ ރާތެއް ނުވޭ......... ސަލަފް ޖަމިއްޔާ އިން ތިކު ރާ މަސައްކަތަށް މާތްﷲ ބަ ރަކާތް ލައްވާށި.. ަަަަަަ
    އާމީން

    45
    2
  3. އެމް ޑީ އެން

    އަދި އެހެން މީހުންވެސް ޙާޟިރޜުކުޜާނެ. އެމް ޑީ އެން ޙަމީދެއްނު ސީޕީ އަކަށްހުޜީ

    24
    1
  4. ކޮރަލް

    ބިރުވެސް ދައްކާނަން ފާޑުފާޑުގެ ވާހަކަ ދައްކަންޔާ. އެހެން ކަންކަންވެސް ވާނެ އަދި

    4
    39
  5. Anonymous

    އެމްޑީޕީއަށް ވެރިކަން ލިބިއްޖެނަމަ އަބަދުވެސް ދީނާކުޅޭތައް ފެންނަނީ. ހީވަނީ މިމީހުން ވެރިކަން މިހޯދަނީ ލާދީނީ އެޖެންޑާ ފެތުރުމަށް ހެން. ޔާﷲ އަޅަމެންގެ ވެރިންނަކީ އިސްލާމް ދީނަށް ނަޞްރު ދޭނެ ވެރިންކަމުގައި މިންވަރު ކުރައްވާށި އާމީން

    41
    2
  6. ޒާ

    ދިގު 30 އަހަރުގެ ވެރިކަމުގާ ކަންކުރި ގޮތަށް ކަންކަން ވެ ނިމިއްޖެ. ލަދުން ބޯހަލާކު ވަރަށް މިނިވަންވެއްޖެ.

  7. ރާއްޖެތެރެ

    އެމްޑީޕީ ވެރިކަމަ އަތުވެއްޖެ ނަމަ ރައްޖެއަ ބޮޑެތި ގެއްލުންދޭ

  8. ފަރިޔާލް

    މިކަމުންވެސް އެއްކަމެއް ވަރަށް ސާފުވެއްޖެ. މިއީ ބިލް ފާސްވުމުގެ ކުރިން ވާ ވަރު. އަދި ތިޔަ ބިލެއް ފާސްވެއްޖެއްޔާ ކޮބާބާ ހާލަކީ، ނަފްރަތު އުފެދޭ އެހެން ހުރިހާ ކަމެއް މަނާކިރާކަން ނޫޅޭ. މީހުންނާ ދިމާލަށް ސާބިތު ނުހިފޭ ބޮޑެތި ދޮގު އިލްޒާމު އެޅުވުމާއި، ހުތުރު ނަން ނަަމުން ގޮވުމާއި އެފަދަ އެތަށްކަމެއް.

    17
  9. އަބޫ

    ތިޔަ މަޖިލިސް ތެރޭގަ ތިތިބީ ހުސް ނަފްރަތު އުފައްދައިގެން ހޮވިފަ ތިބި މީހުން. މި މީހުންނަށް މީހަކު ނަޞޭޙަތަކަށްވެސް އެއްޗެއް ބުނެފި ނަމަ، ފިރުއައުން އެކޭ އެއްވެސް ތަފާތެއް ނެއް ރިއެކްޓު ކުރާގޮތް

    1
    1