ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށް ފަހު އިތުރު ފަރުވާ ހޯއްދަވަން ޖަރުމަންވިލާތުގައި ހުންނަވައިގެން ރަސްމީ މަސައްކަތްތައް އެމަނިކުފާނު މިއަދު ފައްޓަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މިރޭ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ނަޝީދު ޖަރުމަނުވިލާތުގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގެ ކަމަށްވާ ބުންޑެސްޓާގްގެ ރައީސް މރ.ވުއަލްފްގަންގް ޝުއައިބުލައާ މިއަދު ބައްދަލުކުރައްވާފައިވާ ކަމަށެވެ.

ޖަރުމަނުވިލާތުގައި ބޭއްވުނު މިބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދެއްކެވިކަމަށް މަޖިލީހުގެ އިދާރާ އިން މައުލޫމާތު ދެއްވައެވެ.

މީގެ އިތުރުން، ޖަރުމަނުވިލާތުގެ އިންސްޓިޓިއުޓެއް ކަމަށްވާ ޕްލޭންކް ފައުންޑޭޝަން ފޯރ އިންޓަރނޭޝަނަލް ޕީސް އެންޑް ދަ ރޫލް އޮފް ލޯ އިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި، މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށް ފޯރުކޮށްދެއްވަމުން ގެންދަވާ ތަމްރީނު ޕްރޮގްރާމްތައް ފާހަގަކުރައްވައި ނަޝީދު ވަނީ އެކަމަށް ޝުކުރުއަދާކުރައްވާފައި ކަމަށް ވެސް މަޖިލީހުގެ އިދާރާ އިން ވިދާޅުވިއެވެ.

ނަޝީދު އަވަހާރަކޮށްލަން މެއި މަހުގެ 06 ވަނަ ދުވަހު ހަމަލާގައި އެމަނިކުފާނަށް ބޮޑެތި ޒަހަމްތަކެއް ލިބުނެވެ. އެޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯއްދެވުމަށް ފަހު ނަޝީދު ޖަރުމަންވިލާތައް ވަޑައިގެންނެވީ ޖޫން 13 ވަނަ ދުވަހު އެވެ.

މިއަދު ހެނދުނު ނަޝީދުގެ އާއިލާ އިން ވިދާޅުވެފައި ވަނީ ނަޝީދުގެ ފައިގައި ހުރި އެންމެ ޒަހަމެއް ފިޔަވައި އެހެން ހުރިހާ ޒަހަމެއް މިހާރު ރަނގަޅު ވެފައިވާ ކަމަށެވެ.

ޖަރުމަންވިލާތުގައި ހުންނަވައިގެން ނަޝީދު ރަސްމީ ބައްދަލުވުންތަކުގައި ބައިވެރިވެ ވަޑައިގަންނަވަން ފެއްޓެވި ނަމަވެސް އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ދުވަހެއް އަދި އިއުލާނެއް ނުކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. ރެފްރީ

  ޖަ ރުމަނުގެބޮޑުވަޒީ ރުކަންލިބުނީތަ ؟
  މަ މިހެންބުނެގެން ޖަލަށްނުލާތި !!

  61
  5
 2. ސަޅިބެ

  މުސާ ރަ ނަގާންޖެހި މަޅިއެއް. އިއްޔެ ވިއްޔާ ބުނީ ފައިގެ އޮޕް ރޭސަނެއް ކު ރާވާހަކަ މިހާ ރު މަސައްކަތުގާ

  63
  5
 3. ކޮރަލް

  ދައްކާ ވާހަކަ އާއަމަލާ ދިމާ ނުވެ އެވެ.

  65
  5
 4. ކަހަނބު

  މަބުނީ، އާލިއާބަޓާއި ރަންބީރުކަޕޫރުގެ ކައިވެނި މިހާ ކައިރިވެފައޮތްއިރު އެހިސާބުގަނޑުގެ ހަބަރެއް ނެތްތަ.

  44
  3
 5. Anonymous

  އަނެއް ހަ ކަންތަކާ ތިޖެހުނީ

  41
  5
 6. Anonymous

  ސާބަހޭ ހިތްތަކުގެ ރައީސް.
  ތިވަރެއް ނެތް.
  އެއްގޮތަކަށްވެސް ރާއްޖެ ވަޑައިގަންނަވާނެ ކަމެއްނެތް. ތިޔަތާ ހުންނަވައިގެން މަޖްލިސް ކުރިއަށް ގެންދަވަންވީ. މިކޮޅަށް ވަޑައިގެން ފިއްޔާ އަނެއް ފަހަރު އަނެއް ބޮމެއް ގޮއްވާލަފާނެތީ ލޯބިވާ ރައްޔިތުން ވ. ކަންބޮޑުވޭ.

  12
  69
 7. އަހްމަދު

  ތިގޮތްމާރަގަޅޭ ތިތަނުގަހުރެގެން މަޖިލިސްވެސްހިންގޭނެ ރަސްމީކޮށްއެމަސައްކަތްވެސްފައްޓަވާ

  46
  6
 8. މަރީ

  ނަޝީދަކީ ހިތްވަރުގަދަ ބޭފުޅެއް އެމަނިކުފާނު ފަހަތަށް ޖެހިވަޑައިނުގަންނަވާނެ

  9
  85
  • ރަނާ

   ޙިތްވަ ރުގަދަ ކަމުގެ ކޮޅެއްވެސް ނެތް މަންޑޭލާ ހެދިފަ. މަންޑޭލާ ޖަލުދެކެ ބި ރެއް ނުގަނޭ އެތައް ޒަމާނަކު ޖަލުގައި އޮތް. މަމެންގެ މަންޑޭލާ ޖަލުދެކެ ބި ރުން ބް ރޯއާ ޑީލް ހަދާފަ މައިބަދައޭ ކިޔާފަ ފިލައިގެން ދިޔައީ. ޙިތްވަ ރު ގަދަ ވާނީ ދެން މިހާކަށްހާ ވަ ރަށް.

   22
   1
 9. ަަަަަަަަަައަބުދު

  މިދެން މާބޮޑުވެގެން އުޅޭ މީހެއް.!!!!!! ހަގީގަތުގަ އެއްވެސް ޒިއްމާއެއް ނުނެގޭ ސަރިއީ ނިޒާމް އިސްލާހު ކުރުމުގަވުސް ނަތޫޖާ 00000
  ކަރެޕސަން އިގުތިސާދު ރައީސްގެ އިތުބާރުނެތްކަމުގެ ވޯޓުނެގުން ! އެއްކަމެއްވެސް!!!!!!!!!! 000000000

  10
 10. ޑިޕޮލޮމެޓިކް ލޯޔަރ

  މިހާރު ތި އޮތީ ޗާރޓުން ބޭރު ވެފައި، ލޮލް

  13
  1
 11. ތެދު ބަސް

  ހިމާރުންނާ އެކުވެރި ހިޔަޅުންވެސް ތިބޭ ތޯޗެއް

  14
 12. އޭކުސަވާލް

  ޖަރުމަނު ވިލާތުންވެސް ރަސްމީ މަސައްކަތް ތަކެއް ހަވާލުކޮށްފައި އޮވޭތޯއެވެ؟

  15
 13. ތެދު ބަސް

  ކަތިވަޅި ވަނީ ގެއްލިފައެވެ. މަރިޔަނބުވެސް ވަނީ ގެއްލިފައެވެ. ކޮށިދަނޑުވެސް ގެއްލި ދަނީ އެވެ.

  17
 14. ނޫންތޯ ފަހެ؟

  ނަޝީދަކީ ހިތްވަރުގަދަ ބޭފުޅެއްވީމާ ފަހަތަށް ޖެހިވަޑައިނުގަންނަވާނެ އެކަމަކު ފެޔަށް ޖެހިވަޑައިގަތުމާ ދުރަށް ޖެހިވަޑައި ގަތުމަކީ އެމަނިކުފާނު ލޯބި ކުރައްވާ ކަންތައް

  7
  5
 15. އައްޑޫ މީހާ

  މިބަލާވެރިކަމުން މިގައުމު ސަލާމަތް ކުރައްވާށި އާމީން މިއެއްޗަކު މުޅިގައުމު ފަސާދަކޮށް މުޅި ގައުމު ނައްތާލައި ވިއްކާލައިފި މި ސުމްޕާ ކަލޭގެ ވަރުގެ މީހަކު ނެތިގެން ތެޅޭ ދިވެހިރައްޔިތުންނަށް ހެޔޮ ވިސްނުނަ ދެއްވާށި

  17
 16. ސލ

  ޖަ ރުމަނުގައި އަނެއްކާ ކޮންމަސައްތެއް ފެށީބާ! ތިޔައީ
  ރާއްޖޭގެ ރައްޔިތުން ކަންބޮޑުވާ ކަމެކެވެ ޖަ ރުމަނުގައި ކުރ ރާ
  ރަސްމީ މަސައްކަތީ ކޮބައިކަން ސާފްވާން ޖެހެއެވެ.

  16
 17. ޢބްދުއްﷲ

  ޖަރުމަންވިލާތުގައި ނަޝީދު ރަސްމީ މަސައްކަތްތައް ފައްޓަވައިފި

  13 ގަޑިއިރު ކުރިން ( ޖޫން 24, 2021 )

  ކޮންމެ ކަމެއްގަވެސް އިސްލާމް ދީން ގަބޫލް ނުކުރާ މީހުން މިވެރިންނަށް ލިބެނީ.